ޚަބަރު

ރައީސް ސާލިހުގެ ސަރުކާރުން ހެދި ޕިކްނިކް އައިލޭންޑް, ކުޑަ ގިރީގެ ބޮޑުބައި ގިރައިގެން ހިގައްޖެ, ދައުލަތުން އެތައް މިލިއަން ރުފިޔާއެއް ޚަރަދު ކުރި މިރަށް ބެލެހެއްޓުމުގައި އެޗްޑީސީން ދަނީ އިހުމާލު ވަމުން!

ދިޔަވަރު
ރައީސް ސާލިހުގެ ސަރުކާރުން ހެދި ޕިކްނިކް އައިލޭންޑް, ކުޑަ ގިރީގެ ބޮޑުބައި ގިރައިގެން ހިގައްޖެ, ދައުލަތުން އެތައް މިލިއަން ރުފިޔާއެއް ޚަރަދު ކުރި މިރަށް ބެލެހެއްޓުމުގައި އެޗްޑީސީން ދަނީ އިހުމާލު ވަމުން!

ކުރީގެ ރައީސް ސާލިހުގެ ސަރުކާރުން އެތައް މިލިއަން ރުފިޔާއެއް ޚަރަދު ކޮށްގެން, ހިއްކާފައިވާ, މާލޭގެ ރައްޔިތުން ޕިކްނިކް ދިއުމަށް އުފެއްދި ރަށް, ކުޑަގިރި މިހާރުގެ އެޗްޑީސީން އެކަށީގެންވާ ގޮތުގައި ނުބެލެހެއްޓުމުގެ ސަބަބުން ރަށުގެ ބޮޑު ބައެއް ގިރައިގެން ގޮސްފިއެވެ.

މާލޭގެ ރައްޔިތުން ޕިކްނިކް ދިއުމަށް ޚާއްސަކޮށްގެ ހަދާފައިވާ މިރަށް އޭރު ހަދާފައިވަނީ ރަށުގެ ކައިރީގައި ޔޮޓް މެރީނާއަކާއި އަދި އާގު ބޯޓުފަހަރުތަކަށް ތެޔޮ އޭޅޭނެ އިންތިޒާމްތައްވެސް ފަހުން ޑިވެލޮޕްކުރާ ގޮތަށެވެ.

"ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދިން, ޕިކްނިކް އައިލެންޑުގެ މުވައްޒަފަކު ކިޔައިދިން ގޮތުގައި ރައީސް މުއިއްޒު ވެރިކަމާ ހަވާލުވުމަށްފަހު, މިހާރު ވަނީ ކުރީ ސަރުކާރުން ކުރި ހުރިހާ ޕްލޭންތަކެެއް ކެންސަލްކޮށް, މަސައްކަތް ހަވާލު ކުރި ފަރާތްތަކުން ކުރަމުން އައި މަސައްކަތްތައްވެސް ހުއްޓުވާފައި ކަމުގައެވެ.

އޭނާ ކިޔައިދިން ގޮތުގައި އެރަށް ގިރަމުންގޮސް, ރަށުގެ އެއްފަޅި ބޭނުން ކުރަން އުދަނގޫވާވަރަށް މިހާރު ގިރާފައިވާ ކަމުގައެވެ. ކުޑަގިރީގައި އެންމެ ބޮޑަށް ގިރަމުންދަނީ ވޯޓަރ ސްޕޯޓްސްގެ ޚިދުމަތް ދެމުންދާ ސަރަހައްދުންނެވެ. އެދިމާލުން ރަށުން ބޮޑުބައެއް ގިރަމުންދާއިރު, އެޚިދުމަތް ދިނުމަށް ތައްޔާރުކޮށްފައިވާ ހަޓާއި ހަމައަށް މިހާރުވަނީ ގިރައިގެން ގޮސްފައެވެ.

އެޗްޑީސީގެ އެމްޑީ ފަޒުލް އެކުންފުނި ހިންގުމާއި ހަވާލުވުމަށްފަހު އޭނާގެ މައްޗަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތު ކުރެވެމުންދާއިރު, މައުލުމާތު ލިބިފައިވާ ގޮތުގައި އެޗްޑީސީން މިހާރު ޕްލޭން ކުރަމުންދަނީ ފަޒުލްއާއި ގުޅުންހުރި ފަރާތަކަށް ކުޑަގިރި ރިސޯޓެއް ޑިވެލޮޕްކުރުމަށް ދޫކޮށްލުމަށެވެ.