ޚަބަރު

"ދޮން އަދާރަ ހިނގުން" ކިޔާ މަގެއް ހުޅުވުމަށް، ބޭއްވި ހަފްލާއަށް ބައި މިލިއަން ރުފިޔާ މުއިއްޒު-ސަރުކާރުން ޚަރަދުކޮށްފި

ދިޔަވަރު
"ދޮން އަދާރަ ހިނގުން" ކިޔާ މަގެއް ހުޅުވުމަށް، ބޭއްވި ހަފްލާއަށް ބައި މިލިއަން ރުފިޔާ މުއިއްޒު-ސަރުކާރުން ޚަރަދުކޮށްފި

"ދޮން އަދާރަ ހިނގުން" ކިޔާ މަގެއް ހުޅުވުމަށް، ބައި މިލިއަން ރުފިޔާ ޚަރަދުކޮށް ބޮޑު ހަފްލާއެއް ސަރުކާރުން ބާއްވައިފިއެވެ. ރާއްޖޭގެ ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެފައިވާ މި ދަނޑިވަޅުގައި، ސަރުކާރުން ދަނީ ދައުލަތުގެ މާލިއްޔާތުން މިފަދަ ބޮޑެތި އިސްރާފުތައް އިންތިހާއަށް ކުރަމުންނެވެ. ރަށްރަށަށް މަޖިލިސް އިންތިހާބަށް މުއިއްޒު ދަތުރު ކުރަމުން ދަނީ ރަސްމީ ދަތުރުތައް ކަމަށް ބުނެ، އެތައް ބަޔަކު ގޮވައިގެންނެވެ.

މި މަގު ހުޅުވުމުގެ ރަސްމިއްޔާތަށް ބައި މިލިއަން ރުފިޔާ ސަރުކާރުން ހަރަދު ކުރި އިރު، މި ފައިސާ އިސްރާފް ކޮށް ބޭއްވި ހަފްލާ ޝަރަފުވެރި ކުރުމަށް ވަޑައިގަތީ ޓްރާންސްޕޯޓް މިނިސްޓަރ އަމީން އެވެ.

މަގެއް ހުޅުވުމަކީ ރިބަން ކަނޑައި ބައި މިލިއަން ރުފިޔާ ހަރަދު ކުރަންވީ ވަރުގެ ކަމެއް ނޫނެވެ. މުއިއްޒު ހައުސިންގ މިނިސްޓަރު ކަމުގައި ހުރެ މާލެތެރޭގެ އެތައް މަގެއް ބަންދުކުރި ކުރުން ވެގެން ދިޔައީ މާލެ ތޮއްޖެހި ދުއްވާ ތަކެއްޗަށާއި އާންމުންނަށް ކުރިމަތިވި ދައްޗަކަށެވެ. ރައީސް ސޯލިހްގެ ސަރުކާރުން އެ މަގުތައް އަލުން ހުޅުވައި، ޓްރަފިކަށް ފަސޭހަ ކޮށްދިނެވެ. ބައިމިލިއަން ރުފިޔާއާއި، ރިބަން ކަނޑައި ޝަރަފްވެރި މެހެމާން ހެދިގެން ޗަރުކޭހެއް ނުކުޅެއެވެ. ރައްޔިތުން ދަތި ހާލުގައި އުޅޭ އިރު، ދައުލަތުން ޚަރަދު ކުރާ ބައި މިލިއަން ރުފިޔާވެސް އެއީ ބޮޑު އެއްޗެކެވެ. މި ހަފްލާ ބާއްވައި ބައި މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވަނީ ސަރުކާރުން، މި ފަދަ ޚަރަދު ނުކުރާނެ ކަމަށް މުއިއްޒު ތަފާތު އެކި ރަށްރަށުގައި ދޮގު ހަދައިގެން ވާހަކަ ދައްކާފައި ވަނިކޮށެވެ.

ސޯޝަލް މީޑިޔާގައި މުއިއްޒަށް ދަނީ މިކަމުގެ ސަބަބުން މަލާމާތް ރައްދުވަމުންނެވެ.