އެޗްޑީސީގެ އެމްޑީ ފަޒުލް ރަޝީދުގެ އަންހެނުންނަށް ހުޅުމާލެއިން ނުއަގުގަ, ނުހައްގުން ބިން ދިންކަން ލީކްވި ގޮތް ހޯދުމަށް އެޗްޑީސީގަ ފަޒުލްގެ އެންގުމަށް ބޮޑު ތަހުގީގެއް ފަށައިފިއެވެ.
"ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދިން އެޗްޑީސީގެ އޮފިޝަލަކު ވިދާޅުވީ, އެމްޑީކަމާއި ހަވާލުވުމާއެކު ފަޒުލްގެ އަންހެނުންނަށް ނުއަގުގައި ހުޅުމާލެއިން ބިން ދިންކަން ސޯޝަލް މީޑިއާއަށް ލީލުވިގޮތް ތަހުގީގުކުރުމަށް އަމުރުކުރުމަށްފަހު, މުވައްޒަފުންނަށް ބިރުދައްކާ, ފަޒުން ގެންދަނީ އެތައް މުވައްޒަފުންނެއް ވަކިވަކި ގެންގޮސް ތަހުގީގު ކުރަމުން ކަމުގައެވެ.
ތަހުގީގު ކުރަމުންދަނީ އޭނާގެ އަންހެނުންނަށް ވަގަށް ބޮޑު ބިމެއް ދިންކަން ލީކްވި ގޮތް ހޯދުމަށް.
އޮފިޝަލް ވިދާޅުވިއެވެ.
"ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދިން އޮފިޝަލް ވިދާޅުވީ ފަޒުލް ދަނީ, ބައެއް މުވައްޒަފުންގެ މަގާމް ދަށްކުރަން އެޗްއާރަށް އަންގާ, މުވައްޒަފުންނަށް ބިރުވެސް ދައްކަމުން ކަމުގައެވެ.
އަދި އެކުންފުނީގެ ފައިނޭންސް ޑިޕާޓްމަންޓުގެ ވަކިވަކި މުވައްޒަފުން ތަކުރާރުކޮށް އެކި ފަހަރުމަތިން ހާޒިރުކޮށް, ސުވާލުކޮށް ބިރުދައްކާ, ކުންފުނީގެ ހުރިހާ މުވައްޒަފުންވެސް މިހާރުވަނީ ބިރުވެރިކަމަށް ވައްޓާލާފައި ކަަމުގައިވެސް އޮފިޝަލް ވިދާޅުވިއެވެ.
ސީދާ ކަންކުރި މުވައްޒަފު ނޭގުނީމަ އެކްސެސް އޮންނަ ހުރިހާ މުވައްޒަފުންނަށް މިކަމުގެ ތުހުމަތުކޮށް އެބަ ދަމާ އެޗްއާރުއަށް. ހުރިހާ މުވައްޒަފުން ތިބީ ބިރުވެރިކަމެއްގަ.
"ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދެމުން އޮފިޝަލް ވިދާޅުވިއެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ލިޔެކިޔުންތަކުން އެނގެންހުރި ގޮތުގައި ފަޒުލް އޭނާގެ އަންހެނުން ޒުލްފީނާ ރަޝީދަށް ދީފައިވަނީ 2,146 އަކަފޫޓުގެ ބޮޑު ބިމެކެވެ.
މި ބިމުގެ އަސްލު އަގަށް ބަލާއިރު 5 އަހަރު ދުވަހުގެ ތެރޭގައި 11،705،442.84 ރުފިޔާ ފަޒުލްގެ އަންހެނުން އެޗްޑީސީއަށް ދައްކަން ޖެހޭނެއެވެ. އެގޮތުން 60 މަހަށް (5 އަހަރަށް) ބަހާލުމުން މަހަކަށް އެޗްޑިސީއަށް ދައްކަން ޖެހޭ އަދަދުގެ ގޮތުގައި ޖެހޭނީ މަހަކަށް 242،977 ރުފިޔާއެވެ.
އެހެންނަމަވެސް ފަޒުލްވަނީ މިއަގުން %20 އުނިކޮށް, އޭނާގެ އަންހެނުން މަހަކަށް އެޗްޑީސީއަށް ދައްކަންޖެހޭ އަދަދަކީ 185،336.18 ރުފިޔާ ކަމުގައި ހަމަޖައްސާ ދީފައެވެ.
އެޗްޑީސީގެ ބައެއް މުވައްޒަފުން ”ދިޔަވަރު އޮންލައިން“އަށް ކިޔައިދިން ގޮތުގައި, ބޯޑަށް ހުށަހެޅުމަށް, %20ގެ ޑިސްކައުންޓުގައި ޕޭމަންޓް ޕްލޭން ހެދުމަށް އެޗްޑީސީގެ މުވައްޒަފުންނަށް ފަޒުލްވަނީ މަޖުބޫރު ކޮށްފައެވެ. މުވައްޒަފުންނަށް ފަޒުލް މަޖުބޫރުކޮށްފައިވަނީ އެގޮތަށް ޕޭމަންޓް ޕްލޭން ތައްޔާރު ނުކޮށްފިނަމަ, އެ މުވައްޒަފުން ސިޓީ ކައުންސިލަސް ބަދަލުކުރާނެކަމުގެ އިންޒާރު ދީގެންކަމަށްވެސް އެޗްޑީސީގެ ކަމާއި ގުޅުންހުރި މުވައްޒަފުން ”ދިޔަވަރު އޮންލައިން“އަށް ކިޔައިދީފައި ވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަގުހެޔޮކޮށް ފަޒުލްގެ އަނބިކަބަލުންނަށް ބިން ދިނުމަށް, އެޗްޑީސީގެ މުވައްޒަފުންނަށް މަޖުބޫރުކޮށްގެން ހެދި ޕޭމަންޓް ޕްލޭން މިހާރު އެޗްޑީސީގެ ބޯޑުންވަނީ ފާސްވެސް ކޮށްފައެވެ. އަދި މި ޕޭމަންޓް ޕްލޭންގެ އެއްބަސްވުމުގައި ފަޒުލްގެ އަނބިކަބަލުން ވަނީ ސޮއިވެސް ކޮށްފައެވެ.
ފަޒުލްގެ އަނިކަނބަލުންނަށް ބިމެއް ދޫކޮށްފައިވަނީ ސިވިލް ކޯޓުން ނިންމާފައިވާ ނިންމުމަކާއި ގުޅުވައިގެންނެވެ. އެހެންނަމަވެސް ސިވިލް ކޯޓުގެ ހުކުމުގައި, ނުއަގުގައި އެޗްޑީސީން ބިމެއް ދޭންޖެހޭނެކަމަށް ބަޔާން ކޮށްފައެއް ނުވެއެވެ.
އަދި ދައުލަތާ ދެކޮޅަށް ކޯޓުން ނިންމާ ނިންމުންތަކަށް ދައުލަތުން އަމަލުކުރަންޖެހޭ އުސޫލަކީ އިސްތިއުނާފީ ހުރިހާ މަރުހަލާތަކެއް ކަޑައްތު ކުރުމުންކަމަށް ވީނަމަވެސް, ފަޒުލްވަނީ މިމައްސަލަ އިސްތިއުނާފީ ކޯޓުތަކަށް އެޗްޑީސީން ގެންދިއުން މަނާކޮށްފައެވެ.
ފަޒުލް އެޗްޑީސީގެ ލޯޔަރުންނަށް މަޖުބޫރުކޮށްގެން, މައްސަލަ އިސްތިއުފް ވިޔަނުދިނީ, އޭނާގެ އަންހެނުންނަށް ނުއަގުގައި, ދައުލަތަށް ގެއްލުންވާގޮތަށް ބިން ދިނުމުގެ ބޭނުމުގައިކަމަށް ”ދިޔަވަރު އޮންލައިން“އާއި ވާހަކަ ދެއްކެވި އެޗްޑީސީގެ އޮފިޝަލް ވިދާޅުވިއެވެ.
އެޗްޑީސީގެ އެމްޑީކަމަށް ރައީސް މުއިއްޒު އައްޔަން ކޮށްފައިވާ ފަޒުލް ރަޝީދަކީ ދައުލަތުގެ ކުންފުނިތަކުގެ އެމްޑީންގެ ތެރެއިން އެންމެ ކޮރަޕްޓް އެމްޑީއެެވެ. އެގޮތުން އޭނާވަނީ ދާދިފަހުން ބޭއްވުނު ޕީއެންސީގެ ޕްރައިމަރީގައި އޭނާގެ ދައްތައަށް ޕްރައިމަރީ ކާމިޔާބުކޮށްދިނުމަށް އެޗްޑީސީން ގިނަ އަދަދެއްގެ ވަޒީފާތައްވެސް ދީފައެވެ.
އަދި އޭނާ ގެންދަވަނީ އެޗްޑީސީގެ އެމްޑީގެ މަގާމުގެ ހައިސިއްޔަތުން ރައީސުލްޖުމޫރިއްޔާއަށް ލިބޭ މުސާރައަށްވުރެ ބޮޑު މުސާރައެއް ނަގަމުންނެވެ.