ޚަބަރު

ރޯދަމަހަށް އެއް ދުވަހަށް ވެފައި ވަނިކޮށް ފެނަކާގައި 8 އަހަރުވެފައިވާ ފަރާތެއް ވަޒީފާއިން ކަނޑާލީ މުއިއްޒުގެ ކޮއްކޮ އާއި ދެކޮޅަށް ކެމްޕެއިން ކުރި ކަމުގެ ތުހުމަތުގައި ސީދާ މުއިއްޒުގެ އެންގުމަށް ކަން އެނގިއްޖެ!

ދިޔަވަރު
ރޯދަމަހަށް އެއް ދުވަހަށް ވެފައި ވަނިކޮށް ފެނަކާގައި 8 އަހަރުވެފައިވާ ފަރާތެއް ވަޒީފާއިން ކަނޑާލީ މުއިއްޒުގެ ކޮއްކޮ އާއި ދެކޮޅަށް ކެމްޕެއިން ކުރި ކަމުގެ ތުހުމަތުގައި ސީދާ މުއިއްޒުގެ އެންގުމަށް ކަން އެނގިއްޖެ!

ރޯދަމަހަށް އެއް ދުވަހަށް ވެފައި ވަނިކޮށް ފެނަކާގައި 8 އަހަރުވެފައިވާ ފަރާތެއް ވަޒީފާއިން ކަނޑާލީ ސީދާ މުއިއްޒުގެ އެންގުމަށް ކަން އެނގިއްޖެއެވެ.

އޭނާ ވަޒީފާއިން ވަކި ކޮށްފައިވަނީ ފ. އަތޮޅު ނިލަންދޫ ދާއިރާ އަށް ކުރިމަތި ލާފައިވާ މުއިއްޒުގެ ކޮއްކޮއާއި ދެކޮޅަށް ކެމްޕެއިން ކުރި ކަމުގެ ތުހުމަތުގައެވެ. މިކަން މުއިއްޒުގެ އަންހެން ކޮއްކޮ މުއިއްޒަށް އެންގުމުން، ފެނަކައިގެ އެމްޑީއަށް ވަގުތުން މިކަން އަންގައިގެން އޭނާ މަގާމުން ވަކި ކޮށްފައިވާ ކަން ދިޔަވަރު ނޫހަށް ވަނީ ޔަގީން ކުރެވިފައެވެ.

މިނިވަން ކަމާއި އެކު ރާއްޖޭގެ އެއްވެސް ދާއިރާއެއްގައި އެއްވެސް އިނދިކޮޅު ކެނޑިޑޭޓަކަށް ސަޕޯޓް ކުރުމަށް އެއްވެސް މީހަކަށް މިވަގުތު ނުކެރެއެވެ. ވަޒީފާގެ ބިރު ދެއްކުމާއި، މީހުންނަށް އަނިޔާވެރި ވުމުގައި މުއިއްޒުގެ ސަރުކާރު ވަނީ ހައްދުފަހަނަ އަޅާފައެވެ.

ރަމަޟާން މަސް ފެށެން އެއް ދުވަހަށް ވެފައިވަނިކޮށް ފެނަކަ ކުންފުނީގެ މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފިއެވެ.

ފެނަކައިން ވަޒީފާއިން ވަކިކޮށްފައިވަނީ 3 އޯގަސްޓު 2015ން ފެށިގެން އެ ކުންފުނީގައި ވަޒީފާ އަދާކުރަމުން ދިޔަ ސާއިދާ ޙަސަން (ރަތްވިލާގެ، ފ ފީއަލީ) އެވެ.

އޭނާ ފެނަކަ ކުންފުނީގައި ވަޒީފާ އަދާކުރަމުންދާތާ 8 އަހަރަށްވުރެ ގިނަ ދުވަސް ވަނީ ވެފައެވެ.

އޭނާ މިހާރު ހުރީ ފެނަކަ ކުންފުނީގެ ފ ފީއަލީ ބްރާންޗުގެ ޑެޕިއުޓީ މެނޭޖަރެއްގެ މަޤާމުގައެވެ.

ވަޒީފާއިން ވަކިކުރި ސަބަބެއްގެ ގޮތުގައި ވަޒީފާއިން ވަކިކުރި ކަމުގެ ލިޔުމުގައި ބުނެފައިވަނީ، އޭނާ ވަޒީފާގައި އިތުރަށް ބަހައްޓައިފިނަމަ ކުންފުންޏަށް ގެއްލުންތަކެއް ވެދާނެކަމަށް ބުނެއެވެ.

ވަޒީފާއިން ވަކިކުރި ކަމުގެ ލިޔުން މީސްމީޑިއާގައި ހިއްސާކޮށް އޭނާ ވަނީ ފެނަަކަ އެ ކޯޕަރޭޝަނުން ދިން ރޯދަ ހަދިޔާއަށް ޝުކުރު އަދާކުރާކަމަށް ބުނެފައެވެ. އަދި ވަޒީފާގެ ބިރުދެއްކުމާއި އަނިޔާވެރިކަން ހުއްޓާލުމަށް ވެސް އޭނާ ވަނީ ގޮވާލާފައެވެ.