ޚަބަރު

މަސްވެރިންނަށް ދޭންޖެހޭ ފައިސާ ދީ ނިންމާފައިވާކަމަށް ވިދާޅުވެ މުއިއްޒު ހެއްދެވީ ދޮގު! އަދިވެސް ބައެއް މަސްވެރިންނަށް ލިބެންޖެހޭ ފައިސާ ދީ ޚަލާސްކޮށްފައެއް ނުވޭ!

ދިޔަވަރު
މަސްވެރިންނަށް ދޭންޖެހޭ ފައިސާ ދީ ނިންމާފައިވާކަމަށް ވިދާޅުވެ މުއިއްޒު ހެއްދެވީ ދޮގު! އަދިވެސް ބައެއް މަސްވެރިންނަށް ލިބެންޖެހޭ ފައިސާ ދީ ޚަލާސްކޮށްފައެއް ނުވޭ!

ދިވެހި މަސްވެރިންނަަށް ދޭންހުރި ހުރިހާ ފައިސާއެއް ދީ ނިންމާލެވިފައިވާކަމަށް ވިދާޅުވެ ރައީސް މުއިއްޒު ހެއްދެވީ "ރޯ ބުހުތާނު ދޮގު" ކަމަށް ބައެއް މަސްވެރިން ބުނެފިއެވެ.

މަސްވެރިންނަށް ދޭންޖެހޭ 300 މިލިއަން ރުފިޔާ މިސަރުކާރުން ނުދީގެން, މަސްވެރިން މުޒާހިރާކުރާތާއް އެތައް ދުވަސްތަކެއް ފާއިތުވެފައި ވަނިކޮށް, ރޭ ދަންވަރު ރައީސް މުއިއްޒު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ މަސްވެރިން ފާއިތުވީ މިހާތަނަށް މަސްވެރިން ބޭނި ހަމައަށް ދޭންޖެހޭ ހުރިހާ ފައިސާއެއް ދީ, މަސްވެރިންގެ ބެކްލޮގ ކުލިއަރ ކުރެވިއްޖެ (ނިންމާލެވިއްޖެ) ކަމުގައެވެ.

އެއާއެކު ފިޝަރީޒް މިނިސްޓަރު ޝިޔާމް ވިދާޅުވެފައިވަނީ މި ސަރުކާރުން މިހާތަނަސް މަސްވެރިންނަށް 787 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށެވެ.

އެހެންނަމަވެސް "ދިޔަވަރު އޮންލައިން"އާއި މައުލޫމާތު ހިއްސާކުރިން ބައެއް މަސްދޯނިތަކުން ބުނެފައިވަނި އެއީ ރައީސް މުއިއްޒު ކަނޑައެޅިގެން ހެއްދެވި ބޮޑު ދޮގެއް ކަމަށާއި, ވަރަށް ގިނަ ދޯނިތަކަށް އަދިވެސް ހަމަޔަށް ފައިސާ ލިބިފައި ނުވާކަމަށެވެ.

މި ދޯންޏަށްވެސް ލިބެންޖެހޭ 5 މިލިއަން ރުފިޔާ އެބަހުރި ނުލިބި. ލިބުނު ބަޔަކަށް ލިބުނީ. މި ދޯންޏަށް ފައިސާ ދީ ޚަލާސް ކޮށްފައެއް ނެތް.

އޮޑިވެރިޔަކު "ދިޔަވަރު އޮންލައިން"އާއި ވާހަކަ ދައްކަމުން ބުންޏެވެ.

މަސްވެރިންނަށް ފައިސާ ދީ ޚަލާސް ކޮށްފައިވާކަމަށް ރައީސް މުއިއްޒު ވިދާޅުވިއިރި, މަސްވެރިންނަށް ލިބެންޖެހޭ ފައިސާ ދީން ނިންމާނެކަމަށް އެތައް ތާރީޚެއް ފާއިތުވެ ދިޔައީ މަސްވެރިންނަށް ހައްގުވާ ފައިސާ ސަރުކާރުން ނުދީ ހިފަހައްޓާފައި ވަނިކޮށެވެ.

ފާއިތުވި ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒުވަނީ, މަސްކިރާތާ 48 ގަޑިއިރުތެރޭ މަސްވެރިންނަށް ދޭންޖެހޭ ފައިސާ ހަމަޔަށް ދޭނެކަމަށް ވިދާޅުވެ, ދޮގު ވައުދުވެފައެވެ. ފިޝަރީޒް މިނިސްޓަރ ޝިޔާމް ފަހުން ވިދާޅުވެފައިވަނީ ރައީސް މުއިއްޒުގެ އެ ވައުދު ފުއްދޭނޭ ގޮތެއް މިހާރު ނެތްކަމުގައެވެ.

ރައީސް މުއިއްޒުއަކީ އޭގެ އިތުރަށްވެސް, ރައީސް ޔާމިން މިވަންކުރާނޭކަމަށް ދޮގު ވައުދުވެ, ރައީސް ޔާމިންގެ ނަންޖެހި ހުސް ގޮނޑި ދައްކައިގެން, މަކަރާއި ހީލަތުން ވެރިކަމަށް ވަޑައިގެންނެވި ބޭފުޅެކެވެ.