ރޯދަ މަހަކީ ބަރަކާތްތެރި މައްސަރަކެވެ. އެއީ ޖިންނީން ތެރޭ ވާ ޝައިތޯނުން ތައް ކަސްތަޅު އެޅުވޭ މަސްކަމުގައި ބުނެ އުޅެއެވެ. ކުޑަ ކުދިންނާއި ބެހުމަކީ ޝައިތޯނީ ނުބައިކަން ބޮޑު އަމަލެކެވެ. ނަމަވެސް ދިޔަވަރަށް މައުލޫމާތު ލިބޭ ގޮތުގައި ޒަމްޒަމް ފާރީޝް ހުރީ މި ބަރަކާތްތެރި ރޯދަމަހުވެސް މުއިއްޒު އަންގައިގެން ދޫ ކޮށްލާފައެވެ.
އެ މައްސަލައިގެ ރިޕޯޓް ފުލުހުން އެޑިއުކޭޝަން މިނިސްޓްރީ އަށް ހުށަހެޅީ 2023 ވަނަ އަހަރު ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހު އެވެ. ކުރީގެ ސަރުކާރުގެ މުއްދަތު މި މަހުގެ 17 އަށް ހަމަވެ، މިހާރުގެ ސަރުކާރުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއުގެ ސަމާލުކަމަށް އެ މައްސަލަ ގެނައީ އޭގެ ތިން ދުވަސް ފަހުން މި މަހުގެ 19 ގަ އެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއުގެ މި މައްސަލާގައި ސްކޫލް ކުދިންގެ ހައްޤުގައި މަސައްކަތް ކުރަމުންދާ ކަމެއް އެއްވެސް ފަރާތަކަށް ޝަފީއު ޔަގީން ކަމެއް ދީފައެއް ނުވެއެވެ.
މިކަހަލަ ގިނަ މައްސަލަތަކަކީ ޕީޕީއެމް/ޕީއެންސީ ސަރުކާރުތަކުގައި އިންސާފު ނުލިބި، މިފަދަ ޝައިތޯނުން އަބަދުވެސް މިނިވަންވެގެންދާ ނުބައި ސަރުކާރެކެވެ. އަދި މި މައްސަލާގައި ޒަމްޒަމް ފާރިޝްގެ ފަރާތުން އެކުދިންނަށް ބިރު ދެއްކުމަށް، ފުރުޞަތު ދިނުމަށް އާ އެޑިއުކޭޝަން މިނިސްޓަރ އޭނާ ސަސްޕެންޑް ނުކޮށް ހުރިކަމަށް ދިޔަވަރު ނޫހަށް ވަނީ މައުލޫމާތު ލިބިފައެވެ.
ފުލުހަށް ހުށަހެޅި މި މައްސަލައިގެ ތަހުގީގު އަންނަނީ ހިންގަމުންނެވެ. ބައެއް ދަރިވަރުންގެ ބަޔާންތައް ނަގާފައިވާއިރު، ޒަމްޒަމް ފާރިޝް އަށް އެ ދަރިވަރުން ވަނީ ބޮޑެތި ތުހުމަތުތަކެއް ކޮށްފަ އެވެ. ނަމަވެސް ބައެއް ފަހަރު ފުލުހުންވެސް ދަރިވަރުން ދޭ ބަޔާން ތަކުގެ ބައެއް ލަފްޒުތައް ބަދަލުކޮށް، ޤާނޫނީ ގޮޅިއަކަށް މީހާ ނުފެތޭގޮތަށް ބަޔާން ބައްޓަންކޮށް ވިކްޓިމުން ލައްވާ ސޮއެކޮށް މިފަދަ މައްސަލަތަކުގައި ޝައިތޯނީ އަމަލު ހިންގާ ފަރާތްތައް ސަލާމަތް ކުރުމަށް މަސައްކަތް ކޮށްފައި ހުރުމުން، މި ކުދިންތަކަށް އިންސާފު ހޯދުމުގައި ދަތިތައް ގޮން ޖެހުންތައް ހުރިހާ ދިމާލެއްގައިވެސް ޕީޕީއެމް ޕީއެންސީ ސަރުކާރުގައި ހުންނާނެއެވެ.
އެނގިފައިވާ ގޮތުގައި ޒަމްޒަމް ފާރިޝް އަށް ތުހުމަތު ކުރަނީ އަންހެން އަދި ފިރިހެން ދަރިވަރުންނަށް އެކި ކަހަލަ ޖިންސީ ފުރައްސާރައަށްވާ ގޮތަށް އެކި ވާހަކަތައް ދައްކައި ގުޅުން ބަދަހިކުރަން އެކި ގޮތްގޮތުން މުއާމަލާތްކުރުމުގެ ތުހުމަތެވެ. ކުޑަ އަންހެން އަދި ކުޑަ ފިރިހެން ކުދިންނާއި ބެހުމަށް މަސައްކަތް ކޮށްފައިވާ ޒަމްޒަމް ފާރިޝްގެ ހިމާޔަތުގައި، އަރަބިއްޔާ ސްކޫލް ނޭޅިގެން ބޮލަށް ވެއްޓެނީ ކަމަށް ބުނެ، ރައީސް ސޯލިހްގެ ސަރުކާރާއި ދެކޮޅަށް ނުކުތް "އަރަބިއްޔާ ފެމެލީ" ވަނީ ނުކުމެފައެވެ. ގިނަ ބަޔަކު ސޯޝަލް މީޑިޔާގައި އެކަން ސިފަ ކޮށްފައި ވަނީ ޝައިތޯނުން ޝައިތޯނުންނާއި ގުޅޭނެ ކަމަށެވެ.