ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު 80 އިން ގުނާ ގޮތަށް މަޖިލީހުން އަނެއްކާ ވެސް ފާސްކޮށްފި އެވެ.
މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ގުނުމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ހުކުމެއްކޮށްފައި ވަނިކޮށް، ޖުމްލަ އަދަދު 89 އިން ގުނާގޮތަށް ފާސްވީ، މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ވޯޓުގައި ބެއިވެރިވެވަޑައިގެންނެވި 25 މެބްންބަރުންގެ ތެރެއިން 23 މެންބަރުންގެ ތާއީދާ އެކު އެވެ. ދެކޮޅަށް ވޯޓު ދެއްވީ، ދެ މެންބަރުންނެވެ.
އެއާ އެކު ރިޔާސަތުގައި އިންނެވި މަޖިލިހުގެ ރައީސް މުހައްމަދު އަސްލަމް އިއުލާން ކުރެއްވީ، ޖުމްލަ އަދަދު ގުނާނީ 80އިން ކަމަށެވެ.