ޚަބަރު

ޗަޕާނުން ހަދިޔާ ކުރި އަގު ބޮޑު ކާރެއް އިމިޤްރޭޝަނުގެ ވެރިއަކު ވަގަށް ނަގައިފި

ދިޔަވަރު
ޗަޕާނުން ހަދިޔާ ކުރި އަގު ބޮޑު ކާރެއް އިމިޤްރޭޝަނުގެ ވެރިއަކު ވަގަށް ނަގައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް މޯލްޑިވްސް އިމިގްރޭޝަނުން ކަނޑައަޅާފައިވާ އިސްވެރިޔާއާ ހަވާލުކޮށްފައިވާ އަގުބޮޑު ކާރެއް ވީނުވީއެއް ނޭނގި ގެއްލިއްޖެ ކަމަށް އިމިގްރޭޝަނުން ހަދައިފިއެވެ. ނަމަވެސް މި ކާރު ވަނީ އިމިގްރޭޝަން ކޮންޓްރޯލާ ހިމެނޭ ގޮތަށް އިމިގްރޭޝަން ކޮންޓްރޯލާގެ ގާތް ފަރާތަކަށް ދީފައި ކަމަށް އިމިގްރޭޝަނުން ދިޔަވަރު ނޫހަށް މައުލޫމާތް ދިން ފަރާތުން ކިޔައި ދިނެވެ. މިކާރު ވަގަށް ނަގާފައި ވާކަމަށް ބެލެވެނީ އޭރުގެ ޒިންމާދާރު ވެރިޔާ މާޖިދާއެވެ. ނަމަވެސް މިއީ ސިއްރުން ހިނގާފައިވާ ކަމެއް ކަމަށް ވާތީ މި ވައްކަމުގެ ހެއްކެއް ދިޔަވަރަށް ލިބިފައި ނުވާތީ މިކަން 100 އިންސައްތަ ޔަގީން ކުރެވޭގޮތެއް ނެތެވެ.

ދިޔަވަރަށް މައުލޫމާތް ދިން ފަރާތުން ހާމަ ކޮށްފައިވާ ގޮތުގައި މިކާރު ތަޅު ދަނޑިއާއި އެކު ހަވާލު ކޮށްފައިވަނީ މަޖިދާއާއިއެވެ. އަދި މިކަން ހިނގި ގޮތް ޝައްމާނު އާއި މާޖިދާ ދެމީހުން ވެގެން ވަނީ ސިއްރު ކޮށްފައެވެ.

އިމިގްރޭޝަންގެ އެހެން މަސްދަރަކުން މައުލޫމާތު ލބިފައިވާ ގޮތުގައި، މި ކާރު ހަވާލު ކޮށްފައި ވަނީ އިމިގްރޭޝަންގެ އެއަރޕޯޓްގެ އެންމެ އިސް ވެރިޔާއެވެ. އިމިގްރޭޝަންގެ އޮފިޝަލަކު ވިދާޅުވީ ޖަޕާނުން ހަދިޔާކުރި މަޒްޑާ ބްރޭންޑްގެ އެންމެ ފަހުގެ އެ ކާރު ގެއްލިގެން އިމިގްރޭޝަންގެ އެއަރޕޯޓްގެ އެންމެ އިސް ވެރިޔާއާއި ސުވާލުކުރުމުން ކާރަށް ވީގޮތެއް ނޭނގޭ ކަމަށް ބުނެފައިވާ ކަމަށެވެ. "އެއާޕޯޓް އިމިގްރޭޝަންގެ އިސްވެރިޔާއާ ސުވާލުކުރުމުން އޭނާ ބުނީ ތިމަންނާއަކަށް ނޭނގެއޭ އެ ކާރަށް ވީގޮތެއް. އެ ކާރަކީ މަގާމުގެ ހައިސިއްޔަތުން ބޭނުންކުރުމަށް ރަސްމީކޮށް އޭނައާ ހަވާލުކޮށްފައިވާ ކާރެއް،" އޮފިޝަލް ވިދާޅުވި އެވެ.

އެހެން ކަމުން، މި ވައްކަން ކޮށްފައި ވަނީ ޒިންމާދާރު ވެރިޔާ މާޖިދާ ކަމެއް، ނުވަތަ އިމިގްރޭޝަންގެ އެއަރޕޯޓްގެ އެންމެ އިސް ވެރިޔާ ކަމެއް ސާފެއް ނުވެއެވެ. ނަމަވެސް ސާފުކޮށް އެނގޭ ކަމަކީ މި ކާރު ވަގަށް ނަގާފައި ވަނީ އިމިގްރޭޝަންގެ އިސްވެރިއެއް ކަމެވެ.

އެ ކާރު ގެއްލުނު މައްސަލަ އިމިގްރޭޝަނުން މިހާރު ވަނީ ފުލުހުންނަށް ހުށަހަޅާފަ އެވެ. އެނގިފައިވާގޮތުގައި ޕޮލިސް ޓޯޔާޑްގައި ޓޯކޮށްފައިވާ ވެހިކަލްތަކުގެ ތެރޭގައި ވެސް އެ ކާރު ހުރިތޯ ބެލި އެވެ. ނަމަވެސް އެ ކާރު ޓޯކޮށްފައެއް ނެތެވެ.

ފުލުހުން ވަނީ އެ ކާރު ހޯދުމަށްޓަކައި ރާއްޖޭގެ އާބާދީ ބޮޑެތި ރަށްތައް ވެސް ބަލައިފަ އެވެ. ނަމަވެސް އެއިން އެއްވެސް ރަށަކުން އެ ކާރު ފެނިފައެއްނުވެ އެވެ.

މުއިއްޒުގެ ސަރުކާރު ފެށުމާއި އެކު، އެމީހަކަށް ކުރެވުނު ވައްކަމެއް ރައްޔިތުންގެ މުދަލުން ދަނީ ކުރަމުންނެވެ.