ކޮންމެ ދާއިރެއްގައިވެސް، ޕީއެންސީގެ އެތައް ކެންޑިޑޭޓުންނެއް ތިބެގެން ރައްޔިތުންނަށް، އަސްލު ޕީއެންސީ ކެންޑިޑޭޓަކީ ކޮބައިކަން ނޭނގި، އޮޅުން އަރާތީ، ޕީއެންސީ ކެންޑިޑަސީ ލެޓަރ އަސްލު ކެންޑިޑޭޓުންނަށް މުއިއްޒު ސޮއެ ކުރައްވާ ދޭން ފަށައިފިއެވެ.
ބައެއް ދާއިރާ ތަކުގައި ސަރުކާރު ކެންޑިޑޭޓް ކަމަށް ބުނާ 5 ވަރަކަށް ކެންޑިޑޭޓުން އެބަ ތިއްބެވެ. އެގޮތުން، ޕީއެންސީއިން ޖެނުއަރީ މަހު ބޭއްވި ޕްރައިމަރީ ކާމިޔާބު ކުރި ފަރާތްތަކާއި އިސް ވަޒީރު އަބްދުއްރަހީމް އަބްދުﷲ ގެ ކެންޑިޑޭޓުންނާއި ރައީސް މުއިއްޒުގެ ކެންޑިޑޭޓުން އަދި މިހާރު ޕީއެންސީ ކޯލިޝަނުން ވަކިވެވަޑައިގެންފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ކެންޑިޑޭޓުން އެބަ ތިއްބެވެ. މީގެ އިތުރުން ނައިބް ރައިސް ސެމްބެ ނެރެފައިވާ 10 ވަރަކަށް ކެންޑިޑޭޓުންވެސް އެބަ ތިއްބެވެ.
މިހެންވެ، ޕީއެންސީ އިން މަޝްވަރާކޮށް، ކެންޑިޑޭޓުންނަށް ސިޓީ ދޫކުރަން ވަނީ ފަށާފައެވެ. ދިޔަވަރު ނޫހަށް މީގެ ސިޓީއެއްގެ ކޮޕީއެއް މިހާރު ލިބިފައިވާއިރު، މިއަދުގެ ނިޔަލަށް ސިޓީ ނުލިބޭ ފަރާތްތަކަކީ އަސްލު ކެންޑިޑޭޓުންނެއް ނޫނެވެ.