މުއިއްޒު 37 މިލިއަން ޑޮލަރަށް ބޮޑު އަގުގައި ގަނެފައިވާ ޑްރޯން ތަކަކީ މިދިޔަ ސަރުކާރުން ހިލޭ ހޯދުމަށް ނިންމާފައިވާ ޑްރޯންތަކެއް ކަމަށް، އެމްޑީޕީގެ މަޖިލިސް 20 ގެ ސްޕޯކްސް ޕާރސަން ރޭގައި ޕްރެސް އާއި ވާހަކަ ދައްކަމުން ހާމަ ކުރެއްވިއެވެ.
އަޅުގަނޑުމެންނަށް ރަހުމަތްތެރި ގައުމަކުން ހިލޭ އެ ޓެކްނޮލޮޖީ މިގައުމަށް ފޯރުކޮށްދިނުމާ ގުޅޭ ގޮތުން ދެފަރާތުގެ އެކަމާ ގުޅުން ހުރި އިސްބޭފުޅުން މަޝްވަރާކުރަމުން ދަނިކޮށް ސަރުކާރު ބަދަލުވީ!
އެމްޑީގެ މަޖިލިސް 20 ގެ ސްޕޯކްސް ޕާރސަން އީސަ ވިދާޅުވިއެވެ.
ދިޔަވަރު ނޫހުން އިތުރަށް ހޯދި މައުލޫމާތުން މުއިއްޒު ތުރުކީއިން ޑްރޯން ގަނެފައިވަނީ އެ ގައުމުން Baykar TB2 drones ވިއްކާ އަގަށް ވުރެ ބޮޑު ކޮށެވެ. ރާއްޖެއިން މި ގަތް Baykar TB2 drones ޑްރޯން އާންމުކޮށް ވިއްކާ އަގަގީ 2 މިލިއަން ޑޮލަރެވެ. މިފޮތުން ތުރުކީއިން ވަނީ، މޮރޮކޯ، ޔޫކްރެއިން، ސޯމާލިޔާ، ޕާކިސްތާން، އަދި ކޮސޯވޯ ފަދަ ޤައުމުތަކަށް 2 މިލިއަން ޑޮލަރަށް Baykar TB2 drones މަރުކާގެ ޑްރޯންތައް ވިއްކާފައެވެ.
ރާއްޖެއިން އަވަސް އަރުވާލައިގެން 7 ޑްރޯން ކޮންމެ ޑްރޯންއެއް 5 މިލިއަން ޑޮލަރު ދީގެން ގަތުމުން އިތުރަށް ސަރުކާރުން މިއިން ކޮންމެ ޑްރޯން އަކަށް 3 މިލިއަން ޑޮލަރު ވަނީ ޚަރަދު ކޮށްފައެވެ. އެއީ ދިވެހި ފައިސާއިން ޖުމްލަ 324 މިލިއަން ރުފިޔާއެވެ. މި ފައިސާ އަކީ ސީދާ މުއިއްޒަށް ލިބޭ ފައިސާއެވެ. މި ފައިސާއިން ބައެއް މި ޑީލް ކުރިއަށް ގެންދިއުމަށް، ތުރިކީއިން މެދުވެރިއެއްގެ ބައި ކުޅުނު، ޕްރައިވެޓް ޑިފެންސް ކޮންޓްރަކްޓަރަށް ދީފައިވާ ކަމަށް ވެސް ބެލެވެއެވެ.
ޑްރޯންގަތުމަށް ޓަކައި 30 މިލިޔަން ޑޮލަރަށް ވުރެ ގިނަ ފައިސާ ސަރުކާރުން ހަރަދުކުރި އިރު އެއަށް ވުރެ އިސްކަން ދޭން ޖެހޭ އެތައް ކަމެއް އެބަހުރި ކަމަށް ވެސް އީސަ ރޭގެ ޕްރެސްގައި ވިދާޅުވި އެވެ.
"ރާއްޖޭގެ ރައްޔިތުންނަށް ދުޅަހެޔޮ ދިރިއުޅުމަކަށް ޓަކައި އެއަށް ވުރެ މާ މުހިއްމު ކަންކަން ސަރުކާރުުން ކުރައްވަން އެބަހުރި. ވެރިކަމަށް ވަޑައިގެން ތިކަން ކުރުމުގެ [ޑްރޯން ގަތުމުގެ ކުުރިން] ފުރަތަމަ ކުރެއްވި ކަމަކީ ކުރީ ސަރުކާރުން ފަށާފައި ހުރި 1،720 ޕްރޮޖެކްޓް ހުއްޓައިލެއްވީ،" އޭނާ ވިދާޅުވި އެވެ.