ޚަބަރު

30 ސިޔާސީ ވަޒީފާ ދީފައިވާ، ލަންކާ އެމްބަސީއިން ދިވެހިންނަށް އެއްވެސް ޚިދުމަތެއް ނުލިބޭ! ވިސާ އާކުރަން ހަދަންވީ ގޮތް އަހާލުމުން، އާ ކުއްޖެއް ކަމަށާއި، ނޭނގޭ ކަމަށް ބުނެ އެމްބަސީއިން ފޯނު ކަނޑާލާ!

ދިޔަވަރު
30 ސިޔާސީ ވަޒީފާ ދީފައިވާ، ލަންކާ އެމްބަސީއިން ދިވެހިންނަށް އެއްވެސް ޚިދުމަތެއް ނުލިބޭ! ވިސާ އާކުރަން ހަދަންވީ ގޮތް އަހާލުމުން، އާ ކުއްޖެއް ކަމަށާއި، ނޭނގޭ ކަމަށް ބުނެ އެމްބަސީއިން ފޯނު ކަނޑާލާ!

މަޝްހޫރު ލަވަ ކިޔުން ތެރިއާ، ޝާނީ ފޭސްބުކް ގައި ލިޔެފައިވާ ޕޯސްޓުގައި ވާ ގޮތުން، އޭނާ އެއް ލަންކާ އެމްބަސީ އިން އެންމެ ފަހުން މެސެޖެއް ލިބިފައި ވަނީ ރައީސް ސޯލިހް ގެ ދައުރުގައި ސެޕްޓެމްބަރ 2023 ގައި ކަމަށާއި އޭގެ ފަހުން އެމްބަސީ އިން އެއްވެސް ހަބަރެއް ނުވެ، ރަމަޟާން މަސް ފެށުމުން، މެސެޖެއް ލިބުނު ކަމަށް އޭނާ ފޭސް ބުކް ގައި ޕޯސްޓް ކޮށްފައިވެއެވެ.

ލަންކާގެ އިޤްތިޞާދީ ހާލަތު އޮތް ގޮތުން، ރައީސް ސޯލިހްގެ ދައުރުގައި، ލަންކާގައި ދިރިއުޅެމުން ދިޔަ ރައްޔިތުންގެ ކަންކަން ކައިރިން ބައްލަވަމުން ލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އިން ބަލަމުން ދިޔަ ކަމުގައި ވީނަމަވެސް، މި ސަރުކާރު އައި ފަހުން އަދި ކުރިހާވެސް ކަމަކީ ސިޔާސީ މަގާމްތައް އެމްބަސީގައި އުފެއްދުމެވެ.

ޝާނީގެ ޕޯސްޓުގައި އިތުރަށް ހާމަ ކޮށްފައި ވަނީ، ބޮޑު މުސާރައިން ޑޮލަރު ނަގައިގެން ގައުމުތަކުގެ، އެމްބަސީ ތަކުގައި އެތައް ބަޔަކު ވަޒީފާގައި ތިބޭ ކަމަށާއި، ކުރާ ކަމެއް ނޭނގޭ ކަމަށެވެ. މުއިއްޒުގެ ސަރުކާރު އައި ފަހުން، އެމްބަސީ ތަކުގައި ވަޒީފާގައި ތިބި ފަރާތްތަކުގެ އަދަދު ވަނީ 3 ގުނަ އަށް އިތުރު ކޮށްފައެވެ. އަދި ވަޒީފާތައް އިތުރު ކޮށްފައިވާ މިންވަރުން ސަރުކާރުގެ ބަޖެޓަށް ބުރެވެ، ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތައް މިހާރު ވަނީ ހުއްޓުމަކަށް އައިސްފައެވެ.

ސޯޝަލް މީޑިޔާގައި ދައުރުވަމުންދާ އެފްބީ ޕޯސްޓް!

ޝާނީ އަށް ޖަވާބު ދީފައިވާ މުހައްމަދު ނިޔާޒު ކިޔާ ދިވެއްސެއް، އޭނާ ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް ވިސާ އާ ކުރާނެ ގޮތް ދެނެގަތުމަށް 13 މާރޗް 2023 ގައި ފޯނު ކުރި ކަމަށާއި، ނަމަވެސް ހަދަންވީ ގޮތް އަހާލައިގެން އެގުނު އެއްޗެއް ހަރާމުން ހަރާން ކަމަށާއި، އެންމެފަހުން، އާ ސްޓާފުން ވީމާ، އެހާ ބޮޑަށް ނޭނގޭ ކަމަށް ބުނެ އެމްބަސީ އިން ފޯނު ބޭއްވީ ކަމަށެވެ.

އެއަށް ޖަވާބު ދެމުން ޝާނީ ލިޔެފައި ވަނީ މިއީ ގިނަ އެމްބަސީ ތަކުގައި މިހާތު އާންމު ކަމެއް ކަމަށާއި، ކަންކަން އޮޅުން ފިލުވާދެވޭ ވަރުގެ މީހުން އެމްބަސީ ތަކުގައި ތިބެން ޖެހޭ ކަމަށެވެ. އަދި ރާއްޖޭގައި ގާބިލު މީހުން ބައިވަރު ތިބި ކަމަށާއި، ނަމަވެސް، މިއީ ޕާޓީ(ޕީޕީއެމް/ޕީއެންސ) ގެ އުސޫލު ހުންނަ ގޮތްކަމަށް ޝާނީ ކުރި ޕޯސްޓުގައި ލިޔެފައިވެއެވެ.

ލަންކާ އެމްބަސީ ގައި އެކަނި 30 އަށް ވުރެ ގިނަ ސިޔާސީ ވަޒީފާ އުފައްދައި، މީހުން ފޮނުވުމަށް ކިއު ޖައްސާފައި ވާއިރު، ފޮރިންގ މިނިސްޓްރީގައި މި މީހުން ތިބޭ ތަނެއް ނެތިގެން ގިނަ ވެގެން އުޅުނެވެ.

ވަގުތީ ގޮތުން ލަންކާ އެމްބަސީއާއި ހަވާލުވެ ހުރީ، ގްރޭޑް 4ގެ ފެންވަރު ނެތް، އިނގިރޭސީ ނޭނގޭ، ފިލްމު ކުޅޭ، އަދި ޒިނޭ ކުރަނިކޮށް ފެނި ހައްދު ޖަހާފައިވާ ސީޒަން ކަމަށް ލަންކާ ތެރޭގައި ދިވެހިން މުއިއްޒަށް މަލާމާތްކޮށް ކިޔައި އުޅެއެވެ.