ޗައިނާގައި އުޅޭ މުސްލިމުންގެ ހާލު، މިއަދު އަހާލި ކަމަށްޓަކައި، ޗައިނާ އެމްބަސަޑަރ ވަނީ ޑރ. އިޝާގް ޝަފީގް ޓްވިޓަރ އިން ބްލޮކް ކޮށްފައެވެ. ޑރ. އިޝާގް ޝަފީގް އެ ސުވާލު ކޮށްފައި ވަނީ، ޗައިނާ އެމްބަސަޑަރު ރާއްޖޭގައި ތިބި އެކުވެރިންނަށް ރަމަޟާން މުބާރިކް ކިޔުމުންނެވެ. އެ ޕޯސްޓާއި ގުޅިގެން ޑރ. އިޝާގް ޝަފީގް އަހާފައި ވަނީ What about Muslims in your country? މިހެންނެވެ. ތިގައުމުގައި ތިބި މުސްލިމުން ކިހިނެއް ހެއްޔެވެ. އެ ސުވާލު ކުރުމާއި އެކު ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ އެމްބަސަޑަރ ވަނީ ވަގުތުން ޑރ. އިޝާގް ޝަފީގް ބްލޮކް ކޮށްފައެވެ. މިއީ ވަރަށް އަންޕްރޮފެޝަނަލް ކަމެކެވެ.
ޗައިނާ އެމްބަސަޑަރ ރަމަޟާން މުބާރިކް ކިޔާފައި ވަނީ ވެސް، މުސްލިމް މި ބަސް ބޭނުން ނުކޮށެވެ. ވިދާޅުވެފައި ވަނީ ރާއްޖޭގައި ތިބި އެކުވެރިންނަށް ރަމަޟާން މުބާރިކް ކިޔާ ކަމަށެވެ. ޗައިނާ ސަރުކާރުން ދެކޭ ގޮތުގައި އިސްލާމް ދީނަކީ ނަފްސާނީ ބައެއްޔެކެވެ. އަދި މުސްލިމުންނަކީ ދުނިޔޭގައި އުޅެން ޖެހޭ ބައެއް ކަމަށް ޗައިނާ ސަރުކާރުން ނުދެކެއެވެ.
ތިރީގައި މިވާ ލިޔުމުގައި ޗައިނާގައި މުސްލިމުން ރޯދަ ހިފުން މަނާކޮށް ކުރަމުންދާ އަނިޔާތައް ކިޔާ ދީފައި ވާނެއެވެ. ޗައިނާގައި އުޅޭ މުސްލިމުން އެންމެ ފަހުން ރޯދަ ހިފާފައި ވަނީ 2015 ވަނަ އަހަރުއެވެ. އޭގެ ފަހުން ކޮންމެ އަހަރަކު، ރޯދަ ހިފާ މުސްލިމުންނަށް ބޮޑެތި އަނިޔާތައް ޗައިނާ ސަރުކާރުން ދަނީ ކުރަމުންނެވެ.
ޗައިނާގެ ސަރުކާރުން ދަނީ މުސްލިމް ކުޑަކުދިން އެންމެ 3 އަހަރު ގައި، މައިންބަފައިންނާއި ވަކި ކޮށް ޔަތީމް ހާނާ ތަކަށް ފޮނުވަމުންނެވެ. އެތައް މިލިއަން މުސްލިމް ކުޑަ ކުދިންތައް ޗައިނާގައި އުޅެނީ މިހާލުގައެވެ. ޔަތީމް ހާނާއަށް ފޮނުވަނީ، މައިން ބަފައިން ކައިރީ އެކުދިން ބޮޑު ވެއްޖެ ނަމަ އިސްލާމުންނަށް އެކުދިން ބަދަލު ވެދާނެތީއެވެ. މި ޔަތީމް ހާނާތަކުގައި އެކުދިންނަށް ދަސްކޮށްދެނީ ޗައިނާ ސަރުކާރުގެ ހައްދުފަހަނަ އެޅި ޤައުމިއްޔަތެވެ. ޗައިނާގެ ވެރިޔާއަށް ހުޝާމަތުކޮށް ހަދާފައި ހުންނަ ލަވަތައް މި ކުދިން ލައްވައި ކިޔުވައި، ޗައިނާ ސަރުކާރުން ބޭނުން ގޮތަކަށް މިކުދިން ބައްޓަން ކުރައެވެ. މިއީ ޗައިނާ ސަރުކާރުން އިސްނަގައިގެން މުޅި އިސްލާމީ އުންމަތާއި އަދި ދުނިޔެއާއި ދެކޮޅަށް ހިންގާ އިންސާނިއްޔައްތާއި ޚިލާފު ބޮޑެތި ކުށްތަކެވެ. ނަމަވެސް މުއިއްޒު ފަދަ އިސްލާމީ ޤައުމުތަކުގެ ބައެއް ލީޑަރުން ދަނީ ޗައިނާގެ ދެފައިގައި ދޫލަމުންނެވެ.