ޚަބަރު

ރޭ އެކަނި 40 އުޅަނދު ޓޯކޮށްފި، އިސްޓިކާގެ ބަދަލުގައި ޓޯ ކުރުމުން އުޅަނދު ލިބެނީ 15 ދުވަސް ފަހުން. ޓޯ ކުރުމުން އަރާ ޖޫރީމަނާ އިސްޓިކާ އަށް ވުރެ ދެގުނަ ބޮޑު! ޝުކުރިއްޔާ މުއިއްޒު!

ދިޔަވަރު
ރޭ އެކަނި 40 އުޅަނދު ޓޯކޮށްފި، އިސްޓިކާގެ ބަދަލުގައި ޓޯ ކުރުމުން އުޅަނދު ލިބެނީ 15 ދުވަސް ފަހުން. ޓޯ ކުރުމުން އަރާ ޖޫރީމަނާ އިސްޓިކާ އަށް ވުރެ ދެގުނަ ބޮޑު! ޝުކުރިއްޔާ މުއިއްޒު!

ޕާކް ކުރާނެ ތަން ދައްކާފައި ނޫނީ، އިސްޓިކާ ނުޖަހާނަ ކަމަށް ބުނެ، ވައުދުވެގެން ވެރިކަމަށް ވަޑައިގެން، އިސްޓިކާ ޖެހުމުގެ ބަދަލުގައި، ސަރުކާރުން ދަނީ ވެހިކަލް ތައް ޓޯ ކުރަން ފަށާފައެވެ. މުއިއްޒު ވެރިކަމަށް އައުމަށް ފައިސާ ހޯދުމަށް، ޓެކްސީ ކުރާ ފަރާތްތައް ޕާކް ކުރުމަށް މާލޭގެ އެކި ސަރަހައްދުގައި ހުރި ޕާކިންގ ތަންތަން މުއިއްޒު ވަނީ އަމިއްލަ ޖީބަށް އެތައް މިލިއަން ރުފިޔާއެއް ލައި، ވިއްކާލާފައެވެ. މިފަދަ މީހަކު ތިމަންނާ ޕާކް ކުރާނެ ތަންތަން އާންމުންނަށް އަޅާ ދޭނެ ކަމަށް ވައުދުވުމުން، އެކަމަށް ހެއްލިގެން ދިވެހިންގެ ބަޔަކު ވޯޓުދީ މީނާ ހޮވުމުގެ ނަތީޖާ މިދަނީ ފެންނަމުންނެވެ.

އުޅަނދު ތައް ޓޯ ކުރުމުން، އެމީހަކަށް އެ އުޅަނދެއް ލިބެނީ 15 ދުވަސް ފަހުންނެވެ. ރާއްޖޭގައި މީހަކު ދުއްވާ ސައިކަލެއް މި ގޮތަށް ޓޯ ކޮށްލުމުން އެމީހާ 15 ދުވަސް ވަންދެން އޮފީހަށާއި ޒަރޫރީ ބޭނުންތަކަށް ބޭނުން ކުރަން ޖެހެނީ ޓެކްސީއެވެ. އެއީ ސްޓިކާ އަށް ވުރެ އެތައް ގުނަ އެއް ބޮޑު ހަރަދެކެވެ.

ޓެކްސީ އެއް 15 ދުވަހަށް ޓޯ ކޮށްލުމުން އެ ގެއްލުނީ އެ ގޭބިސީ އަށް ވަންނަ އާމްދަނީއެވެ. 20 ހާސް ރުފިހާ ޓެކްސީ ކޮށްގެން މަހަކަށް ހޯދާ މީހާ އަށް ޓެކްސީ ނަގައިގެން ދެން ދުއްވައިގެން 8 ހާސް ރުފިޔާވެސް ހަމަ ކުރަން ދަތި ވާނެއެވެ. އެމީހާ އަށް ކުލި ދައްކަން ދަތިވެ، ބިލްތައް ނުދެއްކި ހާލުގައި ޖެހެއެވެ. ނަމަވެސް މުއިއްޒު ހިތަކަށް ކަހަރު ވަކެކޭވެސް ނާރައެވެ.

ޖުރީމަނާ އަށް ބަލާލާއިރު، އިސްޓިކާ ޖަހާފި ނަމަ ޖޫރީމަނާގެ ގޮތުގައި 250ރ ދައްކަން ޖެހޭއިރު، 750ރ ޓޯ ކުރުމުން ދައްކަން ޖެހެއެވެ. ސަރުކާރުގައި ފައިސާ ނެތިގެން އާންމު ރައްޔިތުން އަތުން މި ފަދަ ނިކަމެތި ގޮތަކަށް މި ބަރަކާތްތެރި ރަމަޟާން މަހު ތަކެތި އަގު ބޮޑުވެފައި ވަނިކޮށް، މިއީ ކުރަން ހެޔޮވާ ވަރު ކަމެއް ނޫނެވެ. އަދި ކާރު ނޫނީ ސައިކަލް ނެގެން އޮންނަނީ މި ޖޫރީމަނާ ދެއްކުމުންނެވެ.

ރައްޔިތުންގެ އިހްސާސްތައް ނުބަލައި، މި ފަށަނީ އަނިޔާވެރި ވެރިކަމެވެ. ރާއްޖޭގެ މަގުތަކުގައި ހިނގާފައި އުޅޭ ކޮންމެ އާންމު މީހެއްގެ މައްޗަށް ބަލަދު އަރާ، ނުވަތަ އެ ހިނގާފައި އުޅޭ މީހާއަށް މާލީ ތަނަވަސްކަން ފޯރުކޮށް ނުދޭ މީހަކު ރާއްޖޭގައި ސައިކަލް ނުވަތަ ކާރު ނުދުއްވައެވެ. ހިނގާ ބިނގާ އުޅޭ މީހުންނަށް ފަސޭހައަށް ކަމަށް ބުނެ، ދުއްވާ އެއްޗެހި ޓޯ ކުރީމާ، ހަމަ ގެއްލިގެން އެ ދަނީ ހިނގާފައި އުޅޭ މީހާއަށް ހަރަދު ކުރަން ހުންނަ ފަރާތުގެ އާމްދަނީއެވެ. މިވަރު ނުވިސްނޭ ވެރިއަކު ވެރިކަމަށް އައިސް ރައްޔިތުން ބަރަކާތްތެރި ރޯދަ މަހެއްގައި ހަނާ ކުރަމުން މި ދަނީ ކޮންކަމަކާތޯއެވެ؟ ރައްޔިތުން މީނާ އަށް ކުރީ ކޮން ގޯނާއެއް ތޯއެވެ؟