ޚަބަރު

ހަގީގަތް ހާމަކުރުމުން ޗައިނާ ސަފީރަށް ހަޖަމެއް ނުވި, ޗައިނާގައި މުސްލިމުންނަށް ދޭ އަނިޔާގެ ވާހަކަ ދައްކާ ކޮންމެ މީހަކު ސަފީރު ދަނީ ސޯޝަލް މީޑިއާގައި ބްލޮކް ކުރަމުން!

ދިޔަވަރު
ހަގީގަތް ހާމަކުރުމުން ޗައިނާ ސަފީރަށް ހަޖަމެއް ނުވި, ޗައިނާގައި މުސްލިމުންނަށް ދޭ އަނިޔާގެ ވާހަކަ ދައްކާ ކޮންމެ މީހަކު ސަފީރު ދަނީ ސޯޝަލް މީޑިއާގައި ބްލޮކް ކުރަމުން!

ޗައިނާގައި މުސްލިމުންނަށް ދޭ އަނިޔާގެ ވާހަކަ ސޯޝަލް މީޑިއާގައި ދެއްކުމުން, ރާއްޖޭގައި ހުންނަވާ ސަފީރަށް އެވާހަކަތައް ހަޖަމް ނުވެގެން ސޯޝަލް މީޑިއާގައި އެވާހަކަ ދައްކާ މީހުން ބްލޮކް ކުރަން ފަށައިފިއެވެ.

ޗައިނާގައި މުސްލިމުންނަށް އަނިޔާ ކުރާވާހަކަ ދެއްކުން ހުއްޓުވުމަށް, ޗައިނާ ސަފީރު އެވާހަކަ ދައްކާ މީހުން ސޯޝަލް މީޑިއާގައި ބްލޮކް ކުރަމުންދާކަން ހާމަވީ, އިސްލާމިކް މިނިސްޓަރަށް ރޯދަމަހުގެ ތަހުޔާ ކިޔާފައި ފޮނުވި އެކްސް ޕޯސްޓަށް ކޮމެންޓް ކުރަމުން, "އެގައުމުގަ ތިބޭ މުސްލިލުންނާ ދޭތެރޭ ޗައިނާއިން ކަން ކުރަނީ ކިހިނެއްތޯ?" ސުވާލު ކުރި މީހާ, ޗައިނާ ސަފީރު އެކްގައި ބްލޮކް ކުރުމުންނެވެ.

ޗައިނާގެ ސަރުކާރުން ދަނީ މުސްލިމް ކުޑަކުދިން އެންމެ 3 އަހަރު ގައި، މައިންބަފައިންނާއި ވަކި ކޮށް ޔަތީމް ހާނާ ތަކަށް ފޮނުވަމުންނެވެ. އެތައް މިލިއަން މުސްލިމް ކުޑަ ކުދިންތައް ޗައިނާގައި އުޅެނީ މިހާލުގައެވެ. ޔަތީމް ހާނާއަށް ފޮނުވަނީ، މައިން ބަފައިން ކައިރީ އެކުދިން ބޮޑު ވެއްޖެ ނަމަ އިސްލާމުންނަށް އެކުދިން ބަދަލު ވެދާނެތީއެވެ. މި ޔަތީމް ހާނާތަކުގައި އެކުދިންނަށް ދަސްކޮށްދެނީ ޗައިނާ ސަރުކާރުގެ ހައްދުފަހަނަ އެޅި ޤައުމިއްޔަތެވެ. ޗައިނާގެ ވެރިޔާއަށް ހުޝާމަތުކޮށް ހަދާފައި ހުންނަ ލަވަތައް މި ކުދިން ލައްވައި ކިޔުވައި، ޗައިނާ ސަރުކާރުން ބޭނުން ގޮތަކަށް މިކުދިން ބައްޓަން ކުރައެވެ. މިއީ ޗައިނާ ސަރުކާރުން އިސްނަގައިގެން މުޅި އިސްލާމީ އުންމަތާއި އަދި ދުނިޔެއާއި ދެކޮޅަށް ހިންގާ އިންސާނިއްޔައްތާއި ޚިލާފު ބޮޑެތި ކުށްތަކެވެ.

ނަމަވެސް ރައީސް މުއިއްޒު ދަނީ ފައިސާގެ ދަހިވެތިކަމުގައި ޗައިނާއާއި ގުޅުން ބަދަހިކޮށް, އެގައުމާއެކީ ސިއްރު އަަސްކަރީ އެއްބަސްވުންތަކުގައި ސޮއި ކުރަމުންނެވެ. އެގޮތުން މުއިއްޒުވަނީ ރާއްޖޭގެ މަކުނުދޫގައި ޗައިނާގެ އަސްކަރީ ސިއްރު މަޒުކަޒެއް އަޅަން ހުއްދަދީ, ރައްޖޭގެ ކަޑު ޗައިނާގެ ޖާސޫސީ އުޅަނދުތަކުން މެޕްކުރުމަށް ހުއްދަވެސް ދީފައެވެ.