ބަރަކާތްތެރި ރަމަޟާން މަހު ޔާމީން ޖަލަށް އަނބުރާ ގެންދިޔުމަށް މުއިއްޒު މަޝްވަރާ ކުރަން ފަށާފައިވާކަން ދިޔަވަރަށް އެނގިއްޖެއެވެ. މި ގޮތުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (ކަރެކްޝަންސް) އާއެކު އެކުލަވާލި އިގުރާރާ ތަކުރާރުކޮށް ހިލާފުވެވަޑައިގެންފައި ވާތީ ކަމަށް ބުނެ، ރައީސް ޔާމީނަށް ދީފައިވާ ލުއި މުރާޖައާކުރުމުގެ މަސައްކަތް މުއިއްޒު އަންގައިގެން ކުރިއަށް ދާ ކަން ދިޔަވަރު ނޫހަށް ވަނީ އެނގިފައެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރެއްވިތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް ޔާމީން ވަނީ ޕީޕީއެމްއާ ފެއަށް ޖެހިވަޑައިގެން އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފައްޓަވާފައި ވަނީ ޔާމީން މިނިވަން ކުރުމަށް މުއިއްޒު ވެފައިވާ ވައުދު ނުފުއްދައި ކޯޓުތަކުގެ ތެރެއަށް އަތް ބާނައިގެންނެވެ. އެ ޕާޓީގެ އޮފީހުގައި ބާއްވާ ސިޔާސީ ޖަލްސާތަކުގައި ޔާމީން ގެންދެވީ ބައިވެރިވެ ވަޑައިގަންނަވަމުންނެވެ.
މިކަމާއި ގުޅިގެން ހައްޔަރު ކުރުމަށް ކުރި މަޝްވަރާތަކުގައި ރޯދަ މަސް ނިމެންދެން މަޑު ކޮށްލަން ޖެހޭ ކަމަށް މުއިއްޒުގެ އަރިސް ފަރާތްތަކުން މުއިއްޒަށް ލަފާ އަރުވާފައިވާއިރު، ޔާމީން ހައްޔަރު ކުރުމަށް ނިންމާނީ، މަޖިލީސް އިންތިހާބަށް އެއިން ކުރާނެ އަސަރަކަށް ބެލުމަށް ފަހުގައި ކަމަށް މި މަޝްވަރާތަކުގައި ވާހަކަ ދެކެވިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.