ޚަބަރު

37 މިލިއަން ޑޮލަރަށް ގަތް ޑްރޯން އެއްބަސްވުން ހާމަ ކުރަން ސަރުކާރުން ދެކޮޅު ހަދައި، އެއްބަސްވުން ސިއްރު ކޮށްފި! ތުރުކީ ސަރުކާރުން ޑްރޯން ނުގަނެ، ތުރުކީގެ ކުންފުންޏެއް މެދުވެރިކޮށް ޑްރޯން ގަތީ ކޮރަޕްޝަންގެ ތެރެއިން!

ދިޔަވަރު
37 މިލިއަން ޑޮލަރަށް ގަތް ޑްރޯން އެއްބަސްވުން ހާމަ ކުރަން ސަރުކާރުން ދެކޮޅު ހަދައި، އެއްބަސްވުން ސިއްރު ކޮށްފި! ތުރުކީ ސަރުކާރުން ޑްރޯން ނުގަނެ، ތުރުކީގެ ކުންފުންޏެއް މެދުވެރިކޮށް ޑްރޯން ގަތީ ކޮރަޕްޝަންގެ ތެރެއިން!

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި އަސްކަރީ ޑްރޯންތަކެއް ގަތުމަށް ތުރުކީގެ ކުންފުންޏަކާއެކު ސޮއި ކުރި 560 މިލިއަން ރުފިޔާގެ އެއްބަސްވުމުގެ ދަށުން ގެނައި ޑްރޯންތަކުގެ ތަފުސީލު ދޭން ޑިފެންސް މިނިސްޓްރީން ދެކޮޅު ހަދައިފި އެވެ.

ތުރުކީއިން ގެނައި ޑްރޯންތައް މިހާރު ހުރީ މާފަރު އެއާޕޯޓުގަ އެވެ. އެ އުޅަނދުތަކުގެ ޓެސްޓު ފްލައިޓުތަކެއް އިއްޔެ ކުރިއަށް ގެންދިޔަ މަންޒަރު ފެންނަ ވީޑިއޯތަކެއް ވެސް ވަނީ އާންމުވެފަ އެވެ. ޑްރޯން އޮޕަރޭޝަނަށް ބޭނުންވާ ބޭސް މާފަރުގައި ހެދުމަށް އެ ރަށުގައި ހުންނަ މޯލްޑިވިއަންގެ އެއާކްރާފްޓު ހޭންގަރު ވެސް މިހާރު ވަނީ ސިފައިންނާ ހަވާލުކޮށްފަ އެވެ.

ތުރުކީގެ ކުންފުންޏަކުން ޑްރޯން ގަތުމަށް ސަރުކާރުން އެއްބަސްވީ ދައުލަތުގެ ކޮންޓިންޖެންސީ ބަޖެޓުން 37 މިލިއަން ޑޮލަރު (569.8 މިލިއަން ރުފިޔާ) އެ ކަމަށް ހަމަޖައްސައިގެންނެވެ.

ތުރުކީ ސަރުކާރުން ޑްރޯން ނުގަނެ، ތުރުކީގެ ޕްރައިވެޓް ކުންފުންޏެއް މެދުވެރިކޮށް ޑްރޯން ގަތީ ކޮރަޕްޝަންގެ ތެރެއިންނެވެ. 2 މިލިއަން ޑޮލަރަށް ލިބޭ ޑްރޯންއެއް 5 މިލިއަން ޑޮލަރަށް ގަނެފައިވުމަކީ މުއިއްޒު ހިންގާފައިވާ ކޮރަޕްޝަނެކެވެ.

މި އެއްބަސްވުމުގެ ތަފުސީލުތައް ހޯދުމަށް، މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ރާއްޖޭގެ އެންމެ ގިނަބަޔަކު ކިޔާ އެއް ނޫސް ކަމަށް ވާ "އަދަދު" އިން އެދުމުން ޑިފެންސް މިނިސްޓްރީން ވަނީ އެކަމާ ދެކޮޅު ހަދާފަ އެވެ.

އެ މިނިސްޓްރީން ދިން ޖަވާބުގައި ބުނެފައިވަނީ "ދިފާއީ ބާރަށް އިތުރުކުރެވޭ މިފަދަ އާލަތްތަކުގެ ތަފްސީލުތައް ހާމަކުރުމަކީ ދިވެހި ސިފައިންނާއި ހަވާލުކުރެވިފައިވާ މިދެންނެވި މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސް އެޅިދާނެ ކަމަށްވާތީ، އެ މައުލޫމާތު ހާމަކުރެވެން ނެތް ވާހަކަ ދަންނަވަން" މިފަދައިންނެވެ.