ރަމަޟާން މަހު 4 ވަނަ ދުވަހު، ލ. ގަމު ފެނަކައިން 17 މުއައްޒަފުން ވަކި ކޮށް 17 އާއިލާ މުއިއްޒުގެ އަމުރަށް ހާލުގައި ޖައްސައި ބިކަ ކޮށްލައިފިއެވެ. ސިޔާސީ ވަޒީފާތައް ފިޔަވައި އެހެން މަގާމުތަކުގައި ތިބި ފަރާތްތައް ފިޔަވައި އިތުރު އެއްވެސް މީހަކު ވަޒީފާއިން ވަކި ނުކުރާނެ ކަމަށް ރައްޔިތުންނަށް ވައުދުވެ ވެރިކަމަށް އައިސް، މުއިއްޒު ދައްކަމުން ދަނީ ޖައްބާރުކަމާއި އަނިޔާވެރި ކަމެވެ. ހެދީ ދޮގެވެ.
މީގެ އިތުރުން އުސޫލުން ބޭރުން އިއުލާން ކުރުމެއް ނެތި، މަސައްކަތަށް ނާގާބިލު މީހުން މުއިއްޒު ދަނީ ތަންތަނަށް ނަގައި، ޤައުމު ފުން ވަޅުގަނޑަކަށް ވައްޓާލާފައެވެ. ސަރުކާރު އިދާރާތަކުންނާއި އެމްބަސީ ތަކުން މިހާރު އެއްވެސް ޚިދުމަތެއް ދިވެހިންނަށް ނުލިބެއެވެ.
ބަރަކާތްތެރި ރަމަޟާން މަހަކު، އެތައް އާއިލާއެއް މިފަދައިން ބިކަ ކޮށްލަން މުއިއްޒަށް ކެރޭނީ، އިންސާނިއްޔަތު ކަމެއް ނެތްތާގައި މާތް ރަސްކަލާންގެ މުއިއްޒުގެ އަނިޔާ ބައްލަވައި ވޮޑިގެން ނުވާކަމަށް ދެކިގެން ތޯއެވެ؟