ޚަބަރު

ޔަޒީދުއަކީ މީރާގައި ހުރެ ކޮރަޕްޓް އެތައް މުއާމަލާތެއް ހިންގާފައިވާ މީހެއް! އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގައިވެސް އޭނާގެ ދައުރު އެބައޮތް! އޭނާ މީރާއަށް ގެނައުމަކީ ވިޔަފާރިވެރިންނަށާއި އިގްތިސާދަށް ހުރި ބޮޑު ނުރައްކަލެއް!

ދިޔަވަރު
ޔަޒީދުއަކީ މީރާގައި ހުރެ ކޮރަޕްޓް އެތައް މުއާމަލާތެއް ހިންގާފައިވާ މީހެއް! އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގައިވެސް އޭނާގެ ދައުރު އެބައޮތް! އޭނާ މީރާއަށް ގެނައުމަކީ ވިޔަފާރިވެރިންނަށާއި އިގްތިސާދަށް ހުރި ބޮޑު ނުރައްކަލެއް!

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމުގައި ހުންނެވި ޔަޒީދު މުހައްމަދު، ވައިޖެހޭގެ، ގއ. ވިލިނގިލި އަލުން އެ މަގާމަށް އައްޔަންކުރައްވަން ރައްޔިތުންގެ މަޖިލީހަށް ރައީސް މުއިއްޒު ވަނީ ނަން ފޮނުއްވާފައެވެ.

ޓެކްސް ކޮމިޝަނަރުގެ މަގާމު ހުސްވީ، އެ މަގާމުގައި ކުރިން ހުންނެވި ފަތުހުﷲ ޖަމީލް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އޭނާ އިސްތިއުފާ ދެއްވީ މިދިޔަ މަހުގެ އެއްވަނަ ދުވަހުއެވެ.

ޔާމީންގެ ވެރިކަމުގައި މީރާ ހިންގަން ތިބި ދެ ބޭފުޅުންގެ މަގާމު ގެއްލުނީ ސެޕްޓެމްބަރު 3، 2019 ގައި ރައްޔިތުންގެ މަޖިލީހުން ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް ގެނައި އިސްލާހާ އެކުގައެވެ. އެ އިސްލާހު ފާސްވުމާ އެކު އޭރު މީރާގެ ވެރިންގެ ގޮތުގައި ތިއްބެވި ޔަޒީދާއި ޒަރީރުގެ މަގާމު ވަނީ ގެއްލިފައެވެ.

ރައީސް މުއިއްޒު އަލުން އޭނާ މީރާގެ ކޮމިޝަނަރ ޖެނެރަލްކަމަށް އައްޔަން ކުރުމަށް ނަން ފޮނުވާފައިވާއިރު, ޔަޒީދުއަކީ އޭނާ ކޮމިޝަނަރ ޖެނެރަލް ކުރެއްވިއިރު ނުހައްގުން ރާއްޖޭގެ ކުދި އަދު މެދުފަންތީގެ އެތައް ވިޔަފާރިއެއް ޖޫރިމާނާކޮށް, އެތައް ވިޔަފާރިއެއް ފުނޑާލި މީހެކެވެ. އަދި އޭނާއަކީ ޓެކްސް މާފްކޮށްދީ މުއްސަދި މަހުޖަނުންގެ ޖީބަށް ވެއްޓި, އެއް ކަމެއްގައި ޓެކްސް ދައްކާ ފަރާރްތަކާމެދު އަތަކެއް ތަފާތުކުރުންތައް ގެންގުޅެފައިވާ, ރާއްޖޭގެ ޓެކްސްގެ ނިޒާމަށް ހުރި ބޮޑު ބިރެކެވެ.

ޔަޒީދު ކޮމިޝަނަރ ޖެނެރަލްގެ މަގާމްގައިހުރެ އޭނާވަނީ ބައެއް ބޮޑެތި ވިޔަފާރިތަކުގެ (މަސީ ޖަނާގެ) އޮޑިޓަށްފަހު ދައްކަން ޖެހޭކަމަށް ކަނޑައެޅި ޓެކްސްގެ އަދަދު, އޮޑިޓަރުންގެ ލަފަޔާ ޚިލާފަށް ކޮމިޝަނަރ ނުފޫޒު ފޯރުވައިގެން އޮބްޖެކްޝަންއިން ބަދަލުކޮށް ދީފައިވާކަންވެސް ފަހުން ހާމަވެފައިވާ ފަރާތެއްކަންވެސް ފާހަގަ ކޮށްލެވެއެވެ.

އޭގެ އިތުރުންވެސް ބައެއް ބޮޑެތި ވިޔަފާރިތަކުން އެދިގެން އެފަރާތްތަކަށް ލުއި ލިބޭގޮތަށް ޓެކްސް ރޫލިންގ މެދުވެރިކޮށް ޓެކްސްގެ ގަވާއިތަކަށް އޭނާ ބަދަލުގެނެސް ފައިވާކަންވެސް ފަހުން އެނގި ހާމަވެފައި ވެއެވެ.

އޭގެ އިތުރުން އޭނާއަކީ އެމްއެޕީއާރުސީގެ ކޮރަޕްޝަންގެ މޭސްތިރި ކަމުގައިވާ ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބާއިވެސް "ވަގު" ޑީލްތައް ހެދުމުގައި އޭރު މުއާމަލާތް ކޮށްފައިވާ ފަރާތެއްކަންވެސް ވަނީ ފަހުން ހާމަ ވެފައެވެ. އެގޮތުން ޔަޒީދު ކޮރަޕްޝަންގެ ޑީލްތައް ހެދުމަށް އަދީބުއާއި ވަޓްސްއަޕް މެދުވެރިކޮށް ކޮށްފައިވާ މުއާމަލާތުތަކުގެ ޗެތްލޮގްތައް ސޯޝަލް މީޑިއާގައި މިހާރުވެސް ފެންނާން އެބަހުއްޓެވެ.

އެގޮތުން ޔަޒީދުވަނީ އަދީބު ބޭނުންވާ ފަރާތްތަކަށް ޓެކްސް މާފް ކޮށްދިނުމަށާއި, އަދީބު ބޭނުންވާ ފަރާތްތަކަށް ވަޒީފާތައް ދިނުމަށާއި, އެނާގެ ނަން ބައެއް ޓެކްނިކަލް ކޮމިޓީތަކުގައި ހިމެނުމަށްވެސް އަދީބުގެ ގާތުން އެދި, ކޮރަޕްޓް އެތައް ޑީލްތަކެއް ހެދުމަށް އަދީބުއާއި މުއާމަލާތު ކޮށްފައެވެ.

އޭގެ އިތުރުންވެސް އެމްއެމްޕީއާރުސީގެ ޚިޔާނާތް ހިނގަމުންދިޔަ އިރު, އެމްއެމްޕިއާރުސީއާއި ގުޅޭގޮތުން އޭރު މީރާއިން ހީދުމަށް އޮޑިޓް އޮފީހުން އެދެމުންދިޔަ މައުލޫމާތުތައް އޮޑިޓް އޮފީހަށް ފޯރުކޮށް ދިނުމުގެ ކުރިން އެކަންކަމުގެ ލަފާވެސް އަދީބި ގާތުން އަހާ, އެކަންކަމުގެ މައުލޫމާތު ވަގުތުން ވަގުތަށް ޔަޒީދު އާދީބުއާއި ހިއްސާ ކޮށްފައިވާކަމަށް އެމްއެމްޕީއާރުސީގެ ތަހުގީގުން ފަހުން އެނގިފައިވެސް ވެއެވެ.

އަދި އޭނާވަނީ ގާނޫނު އަސާސީގެ 102 ވަނަ މާއްދާއާއި ޚިލާފަށް, މިނިވަން މުވައްސަސާއެއްގެ ވެރިއަކަށްހުރެ, ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ މުސާރައާއި އިނާޔަތްތަކުގެ ބޭރުން, އޭރުގެ ސަރުކާރުން މުވައްސަސާތަކުގެ ވެރިންނަށް ނުފޫޒު ފޯރުވުމުގެ ބޭނުމަށް ދިން ރެހެންދި ފްލެޓްތަކުގެ ތެރެއިން ފްލެޓެއް ގަބޫކޮށް އެފްލެޓްވެސް ބަލައިގެންފައެވެ.

ޔަޒީދުއަކީ މި ނޫނަސް ސުލުކީ އެތައް މައްސަލަތަކެއް ސާބިތުވާ މިންވަރަށް ފާހަގަކުރެވި, ދައުލަތުގެ މުވައްސަސާތަކުންވެސް އެކަން ފާހަގަކޮށްފައިވާ ފަރާތެކެވެ. މި ދަރަޖައަށް ކޮރަޕްޓްވެފައި ހުރި ފަރާތެއް, ދައުލަތުގެ މާލިއްޔަތާއި ގުޅުންހުރި އެންމެ މުހިންމު މުވައްސަސާއަށް އައްޔަން ކުރަން މުއިއްޒު ނަން ފޮނުއްވުމުން, މުއިއްޒުގެ ހަގީގީ މަގްސަދުވެސް ވަރަށްވެސް ރަގަޅަށް ސާފުވާން އެބަ އޮތެވެ.

އެހެންނަމަވެސް ރައްޔިތުންގެ މަޖިލިހުގައި މިއަދު އެމްޑީޕީގެ މެޖޯރިޓީ އޮވެ, ދައުލަތުގެ މުހިންމު މުވައްސަސާއެއްގެ އިސްވެރިއަކަށް ކޮޕަޝަންގެ ލަށްތަކުން ފަސްބައި ކިލަނބުވެފައި ހުރި މީހަކު އައްޔަން ކުރުމަށް ރުހުން ނުދިނުމަކީ ވަރަށްވެސް ގިނަ ބައެއްގެ ވަރަށްބޮޑު އެދުމަކަށް ވާނޭކަމީ ކަށަވަރުވެ ޔަގީންވާކަމެކެވެ.