ޚަބަރު

ހުޅުމާލޭއިން އަނބި މީހާއަށް ނުއަގުގައި, ވަގަށް ބޮޑު ބިމެއް ދިން ފަޒުލް ރަޝީދުގެ ދައްތަ, ފަޒީނާ ރަޝީދު ހައުސިން ކޮމިޓީއަށް އައްޔަން ކޮށްފި, މުއިއްޒު ވިދާޅުވަނީ މި ކޮމިޓީއަށް އައްޔަން ކުރަނީ "ކަމުވޮށިގެންވާ" މީހުންކަމަށް!

ދިޔަވަރު
ހުޅުމާލޭއިން އަނބި މީހާއަށް ނުއަގުގައި, ވަގަށް ބޮޑު ބިމެއް ދިން ފަޒުލް ރަޝީދުގެ ދައްތަ, ފަޒީނާ ރަޝީދު ހައުސިން ކޮމިޓީއަށް އައްޔަން ކޮށްފި, މުއިއްޒު ވިދާޅުވަނީ މި ކޮމިޓީއަށް އައްޔަން ކުރަނީ "ކަމުވޮށިގެންވާ" މީހުންކަމަށް!

‏ބިންވެރިޔ ސްކީމްއާއި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ގޯއްޗާއި ފްލެޓް ދިނުމަށްޓަކާ ލަފާދޭނެ, "ކަމުވޮށިގެންވާ" މީހުންގެ ކޮމިޓީއެއް އެކުލަވާލައްވާނެކަމަށް ވިދާޅުވެ, އެ ކޮމިޓީގެ މެމްބަރެއްގެ ގޮތުގައި, ދައުލަތުގެ ކުންފުނިތަކުގެ އެމްޑީންގެ ތެރެއިން އެންމެ ކޮރަޕްޓް އެމްޑީގެ ދައްތަ ރައީސް މުއިއްޒު ހައުސިންގ ކޮމިޓީއަށް ހަމަޖައްވައިފިއެވެ.

ހައުސިން މިނިސްޓްރީން މިހާރު އިއުލާން ކޮށްފައިވާ މިކޮމިޓީގެ އެއް މެމްބަރުގެ ގޮތުގައި ރައީސް މުއިއްޒު ހަމަޖައްސަވާފައިވާ އެއް މެމްބަރަކީ އެޗްޑީސީގެ އެމްޑީ ފަޒުލް ރަޝީދުގެ ދައްތަ ފަޒީނާ ރަޝީދެވެ. ފަޒުލް ރަޝީދަކީ އެޗްޑީސީގެ އެމްޑީކަމާއި ހަވާލުވުމަށްފަހު, އެންމެ ފުރަތަމަވެސް އަމިއްލަ އަނބިމީހާއަށް, ނުއަގުގައި ވަގަށް, 2,000 އަހަ ފޫޓުގެ ބޮޑު ބިމެއް ހުޅުމާލެއިން ދީފައިވާ މީހެކެވެ.

ރައީސް މުއިއްޒު ހައުސިން ކޮމިޓީއަށް އައްޔަން ކުރެއްވި ފަޒީނާ ރަޝީދުވަނީ ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ ޕީޕީއެމް ޕީއެންސީގެ ޕްރައިމަރީގައި ވާދަކޮށް ބަލިވެފައެވެ. އެހެންނަމަވެސް އޭނާއަށް ޕްރައިމަރީ ކާމިޔާބު ކޮށްދިނުމަށްޓަކާ އެދައިރާއަށް ނިސްބަތްވާ 83 ފަރާތަކަށް އެޗްޑީސީންނާއި، އެމްޑަބްލިއުއެސްސީ ކޮރަޕްޝަންގެ އުސޫލުން ވަޒީފާ ހަމަޖައްސައިދީފައިވެސް ވެއެވެ.

‏އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރަކަށް ހަމަޖައްސާފައިވަނީ ފަޒީނާގެ ކޮއްކޮ މުހައްމަދު ފަޒީލް ރަޝީދުއެވެ. އޭނާވަނީ އެ ކުންފުނިން ގިނަ އަދަދެއްގެ ވަޒީފާއާއި އެކި ޕްރޮޖެކްޓްތައް ފަޒީނާއަށް ވޯޓް ދިނުމަށް ޝަރުތުކޮށް, މާފަންނު ދެކުނު ދާއިރާއަށް ނިސްބަތްވާ ފަރާތްތަކަށް ފާއިތުވި ޕްރައިމަރީ ތެރޭގައި ދީފައި ވެއެވެ.

އަދި އޭރު, ދައްތަ ފަޒީނާގެ ކެމްޕޭނަށް ފަންޑު ހޯދުމަށްޓަކައި މަހެއްހާ ދުވަހުގެ ތެރޭގައި ފެން ކުންފުނިން ގިނަ އަދަދެއްގެ ޕްރޮޖެކްޓްތައް ދީގެންނާއި، ހުޅުމާލެއާއި ތިލަފުށިން ގިނަ ބިންތަކެއް ދީގެން ދެބެއިން 18 މިލިއަން ރުފިޔާ ރެއިޒްކޮށްފައި ވެސް ވެއެވެ.

އެޗްޑިސީގެ އެމްޑީ ފަޒުލް ރަޝީދު ފާހަގަވެގެން ގޮސްފައިވަނީ, ރައީސް މުއިއްޒުގެ ސަރުކާރުގެ އެމްޑީންގެ ތެރެއިން އެންމެ ކޮރަޕްޓް އެމްޑީގެ ގޮތުގައެވެ.