ޚަބަރު

ފާއިތުވި އަހަރު، އޭސީސީ އަށް އެންމެ %29 މައްސަލަ ތަހުގީގު ކުރެވުމުން، ހާމަ ވަނީ، އޭސީސީގެ ވެރިންގެ ކޮރަޕްޝަނާއި، ނާގާބިލް ކަން! އެންމެން އިސްތިއުފާ ދޭން ޖެހޭ!

ދިޔަވަރު
ފާއިތުވި އަހަރު، އޭސީސީ އަށް އެންމެ %29 މައްސަލަ ތަހުގީގު ކުރެވުމުން، ހާމަ ވަނީ، އޭސީސީގެ ވެރިންގެ ކޮރަޕްޝަނާއި، ނާގާބިލް ކަން! އެންމެން އިސްތިއުފާ ދޭން ޖެހޭ!

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ނިމިދިޔަ އަހަރު ހުށަހެޅި މައްސަލަތަކުގެ ތެރެއިން ތަހުގީގު ނިމުނީ 29 ޕަސެންޓު މައްސަލަ ކަމާއި އަދި ދައުލަތަށް އަނބުރާ ހޯދުމަށް އެންގި ފައިސާގެ ތެރެއިން ލިބިފައިވަނީ ދެ ލައްކައެއްހާ ރުފިޔާކަން އެ ކޮމިޝަނުގެ އަހަރީ ރިޕޯޓުން ހާމަވެއްޖެ އެވެ.

އޭސީސީގެ އަހަރީ ރިޕޯޓުގައިވާ ތަފާސްހިސާބުން އެނގޭ ގޮތުގައި އެ ކޮމިޝަނަށް މިދިޔަ އަހަރު 1,151 ޝަކުވާ ހުށަހެޅިއިރު އޭގެ ތެރެއިން މައްސަލަތަކުގެ ގޮތުގައި ރިކޯޑުކުރީ 742 މައްސަލަ އެވެ. އޭގެ ތެރެއިން 16 މައްސަލައަކީ ކޮމިޝަނުގެ އަމިއްލަ އިސްނެގުމަށް ބަލަން ފެށި މައްސަލަތަކެވެ.

މިހާ ބޮޑަށް އޭސީސީގެ ޕާފޯމަންސް ދަށް ވެފައިވަނީ އެތަނުގެ ތިބި އިސްވެރިންގެ ކޮރަޕްޝަނާއި، އެތާގެ މައްޗަށް އޮތް ނުފޫޒާއި، އޭސީސީގައި ތިބި މީހުންގެ ނާގާބިލް ކަމުންނެވެ. މުއިއްޒުގެ އެތައް ކޮރަޕްޝަންގެ މައްސަލަ އެއް ރައްޔިތުން ހުށައެޅި އިރުވެސް އެއްވެސް މައްސަލަ މުއިއްޒާއި ދެކޮޅަށް ނިންމުމުގެ ގާބިލް ކަން އޭސީސީ އަށް ނުލިބުނީ، މުއިއްޒު އާއި އެކު އޭސީސީގެ ވެރިން ހަދާފައިވާ ކޮރަޕްޓް ޑީލްތަކުން ނޫން ކޮން ކަމަކުންތޯއެވެ.

މިދިޔަ އަހަރު އެ ކޮމިޝަނުން 74,159,720.53ރ. (ހަތްދިހަ ހަތަރު މިލިއަން އެއް ލައްކަ ފަންސާސް ނުވަ ހާސް ހަތް ސަތޭކަ ވިހި ރުފިޔާ ފަންސާސް ތިން ލާރި) ދައުލަތަށް އަނބުރާ ހޯދުމަށް ނިންމި އެވެ. އޭގެ ތެރެއިން ލިބުނީ 234,531.57 (ދެ ލައްކަ ތިރީސް ހަތަރު ހާސް ފަސް ސަތޭކަ އެއް ތިރީސް ރުފިޔާ ފަންސާސް ހަތް ލާރި) އެވެ. އެއީ ގާތްގަނޑަކަށް ދައުލަތަށް ލިބެން ޖެހޭ ކަމަށް މިދިޔަ އަހަރު ކަނޑައެޅި ފައިސާގެ 0.3 ޕަސެންޓެވެ.

މި މައްސަލަތަކުގެ ތެރެއިން 365 މައްސަލައަކާ މެދު ޕްރިލިމިނަރީ ތަހުގީގު މަރުހަލާގައި ގޮތް ނިންމިއިރު 138 މައްސަލައެއްގައި ކޮރަޕްޝަންގެ އަމަލެއް ނެތް ކަމަށް ނިންމާފައިވެ އެވެ.

ޖުމުލަ 786 މައްސަލައެއް ޕްރިލިމިނަރީ ތަހުގީގު މަރުހަލާގައި މިވަގުތު ވެސް އޮތް ކަމަށާއި 220 މައްސަލައެއްގެ ތަހުގީގު ނިންމާފައިވާކަން ވެސް މި ރިޕޯޓުން އެނގެ އެވެ. އޭގެ ތެރެއިން 40 މައްސަލައެއް ވަނީ ޑިއުޓީ ޕްރޮސެކިއުޝަނަށް ހުށަހަޅާފަ އެވެ.

އޭސީސީން މުޅި ޖުމުލަ ނިންމިފައިވަނީ 358 މައްސަލަ ކަމަށްވާއިރު ތަހުގީގު މަރުހަލާގައި ނުނިމި ހުރި މައްސަލަތަކުގެ އަދަދު އުޅެނީ 999 ގަ އެވެ.