ރައްޔިތުންގެ ނިކަމެތިކަން ދައްކައި، މީހުންގެ ހިތްދަތި ދިރިއުޅުމުން، ފައިސާއާއި މަޝްހޫރުކަން ހޯދަން، ނަމްޒާ ބާއްވާ އިހްސާސް ޝޯގައި، ޒާތީ އަދި އިންސާނިއްޔަތާއި ޚިލާފު ސުވާލުކޮށް ހައްދުފަހަނައަޅާ ދާތީ، ފާޑު ކިޔުން އަމާޒު ވާން ފަށައިފިއެވެ. މި ޝޯއަކީ އިންސާނީ ކަރާމާތް ނަގާލުމަށް ހިންގާ ބަލަން އުނދަގޫ ލަދުވެތި ޝޯއެކެވެ. އަދި ޝޯގައި ބައިވެރި ކުރާ އެއާއިލާތަކަށް އެދެވޭ އެއްވެސް ފައިދާއެއް މި ޝޯތަކުން ނުކުރާއިރު، ނަމްޒާ ދަނީ މީހުން ފަލީހަތްކޮށް ނިކަމެތިކަން އެމީހުންނަށް ނިކަން ބޮޑަށް އިހްސާސް ކުރުވުމަށް، އިންސާނީ ކަރާމާތް ގެއްލޭ ވަރުގެ ސުވާލު ކުރަމުންނެވެ.
މިއީ ދުނިޔޭގެ އެއްވެސް ތަނެއްގައި މިކަން ހިނގާ އުސޫލެއް ނޫނެވެ. މީހުންގެ ހާލު ބަލާ މިފަދަ ޝޯ ތަކުގައި، ވަކި ހަމަ ތަކެއް ގެންގުޅެއެވެ. އަދު ހާލުގައި ޖެހޭ ފަރާތްތަކަށް ބޮޑުކޮށް އެހީތެރިކަން ފޯރު ކޮށްދެއެވެ. މި ގޮތުން ގެދޮރު ހެދޭނެ ފެންވަރެއް ނެތް އާއިލާއެއް ނަމަ، ގެދޮރު ހަދާދެއެވެ. ނަމަވެސް ނަމްޒާ ގެނެސްދޭ އިހްސާސް ޕްރޮގްރާމުގައި ނިކަމެތިން ފަޟީހަތް ކުރުން ނޫން ކަމެއް ނުކުރެއެވެ.
ދާދި ފަހުން ބޭއްވި "އިހްސާސް" ޕްރޮގްރާމުގައި ނަމްޒާ ވަނީ "އިންޓަރވިއު އަށް އަރާ ހުރި މީހާގެ ނުކުޅެދޭ ދަރިފުޅަކީ ދުވަހަކުވެސް، މަންމަ އާއި ނުލާ އުޅޭވޭނެ ކުއްޖެއް ނޫން" ކަމަށް ބުނެފައެވެ. މިއީ އެއްވެސް ހަމަ އަކުން، އިންސާނަކާއި ދިމާލަށް އެހެން އިންސާނަކަށް ބުނެވިގެން ވާނެ ފަދަ އެއްޗެއް ނޫނެވެ. މިކަމާއި ގުޅިގެން ސޯޝަލް މީޑިޔާގައި ނަމްޒާ އަށް ފާޑު ކިޔުން އިތުރުވުމުން، ނަމްޒާގެ ޓްވިޓަރ (އެކްސް) އެކައުން ވަނީ މިހާރު އަމިއްލައަށް ޑީއެކްޓިވޭޓް ކޮށްލާފައެވެ.
ނަމްޒާއަކީ މޭކަޕްކޮށްގެން ފޭކް ކޮށް މި ޝޯތަކުގައި ކަރުނަ ގެންނަ އެކްޓަރެކެވެ.
ނަމްޒާއަކީ ޖެންޑަރ މިނިސްޓްރީގައި ސިޔާސީ ބޮޑު މަގާމެއްގައި ރައްޔިތުން އަތުން ކޮންމެ މަހަކު 35،000 އާއި 45،000 ރުފިޔާއާއި ދެމެދު ބޮޑު މުސާރައެއް ނަގައިގެން ހުރި މީހެކެވެ. މިފަދައިން މީހުންގެ ކަރާމާތް ނަގާލަން ކެރޭނީ، އެއްވެސް ހައްދެއް ނެތް، ތައުލީމެއް ނެތް، ދުނިޔޭގެ ތަހުޒީބު ނުދަންނަ މީހުންނެވެ. މިއީ މުއިއްޒުގެ ވެރިކަމުގައި ޤައުމުގައި ތިބި އެންމެ ގާބިލު މީހުންގެ ފެންވަރެވެ.