ޚަބަރު

މުއިއްޒު ބައިވެރިވާ ނަމާދު ޓީވީން ލައިވް ކުރަނީ އެހެން ޖަމާއަތްތައް ލައިވް ކުރާ ގޮތާއި ޚިލާފަށް! މުޅި ތަރާވީސް ނަމާދުގަވެސް ލައިވް ކުރަނީ މުއިއްޒުގެ ހަރަކާތްތައް އެކަނި! މިއީ ދެއްކުންތެރިކަން ނޫން އެހެން ކޮންކަމެއް!

ދިޔަވަރު
މުއިއްޒު ބައިވެރިވާ ނަމާދު ޓީވީން ލައިވް ކުރަނީ އެހެން ޖަމާއަތްތައް ލައިވް ކުރާ ގޮތާއި ޚިލާފަށް! މުޅި ތަރާވީސް ނަމާދުގަވެސް ލައިވް ކުރަނީ މުއިއްޒުގެ ހަރަކާތްތައް އެކަނި! މިއީ ދެއްކުންތެރިކަން ނޫން އެހެން ކޮންކަމެއް!

މި ރަމަޝާންމަހު ކޮންމެ ރެއަކުވެސް ރައީސް މުއިއްޒު ކޮންމެ ރެއަކު އިޝާ ނަމާދަށާއި އަދި ތަރާވީސް ނަމާދު ކުރައްވާ މަންޒަރު ޓީވީން ލައިވް ކުރަމުން ދަނީ މުޅިންވެސް ތަފާތުކޮށް, މުއިއްޒު ނަމާދު ކުރައްވާ މަންޒަރު އެކަނި ރައްޔިތުންނަށް ދެކުމުގެ ގޮތުންކަން ހާމަ ވެއްޖެއެވެ.

މިކަން ހާމަވެފައިވަނީ, މުއިއްޒު ވަޑައިގަންނަވާ އިޝާ ނަމާދާއި ތަރާވީސް ނަމާދު ލައިވް ކުރަމުންދާއިރު, ނަމާދުގެ އެހެން ޖަމާއަތްތައް ލައިވް ކުރާ ގޮތާއި ޚިލާފަށް ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވާ ނަމާދުތައް ޓީވީން ލައިވް ކުރަމުންދާ ފެށުމާއި ގުޅިގެންނެވެ.

ރޯދަ މަސް ފެށުނު ފަހުން ރައީސް މުއިއްޒު އިޝާ ނަމާދަށް ވަޑައިގަންނަވަނީ އިސްލާމީ މަރުކަޒަށެވެ. އަދި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވާ އިޝާ ނަމާދާއި އަދި ތަރާވީސް ނަމާދު ކޮންމެ ރެއަކުވެސް ޓީވީން ދަނީ ލައިވް ކުރަމުންނެވެ. އެގޮތުން އެހެން ނަމާދުތައް ލައިވް ކުތާ ގޮތާއި ޚިލާފަށް މި ނަމާދުތައް ލައިވް ކުރަމުން ދަނީ, މުއިއްޒު ސަޖިދައަށް ދާ މަންޒަރު ޓީވީގެ ލައިވް ފީޑަށް އަރާގޮތަށް ކެމެރާ ބަހައްޓައިގެންނެވެ.

އެހެންނަމަވެސް މިފަދަ އެހެން ޖަމާއަތްތައް ލައިވް ކުރަނީ އޯޑިއަންސްވެސް ފެންނަ ގޮތަށް އެކި އޭންގަލްތަކުން މަންޒަރުތައް ކަޓް ކޮށްގެންނެވެ.

އެހެންނަމަވެސް މުއިއްޒު ތަރާވީސް ކުރައްވާ މަންޒަރު ލައިވް ކުރަމުންދާއިރު, ޓީވީ ކެމެރާއިން އެހެން އެއްވެސް މަންޒަރެއް ނުދައްކައެވެ. ހަމައެކަނެ ކެމެރާ ފޭސް ކޮށްފައި ހުންނަނީ ނަމާދުގައި މުއިއްޒު ކުރާ ހަރަކާތްތަކަށް އެކަންޏެވެ. އަދި މި ލައިވް ފީޑަށް ބަލާލުމުން, މި އިޝާ ނަމާދާއި ތަރާވީސް ނަމާދަކީ ހަމައެކަނި މުއިއްޒު ނަމާދު ކުރާ މަންޒަރު އާންމުންނަށް ދެއްކުމަށް ލައިވް ކުރަމުންދާ މަންޒަރުތަކެއްކަން ވަރަށްވެސް ސާފުކޮށް ފެންނާން ހުރެއެވެ.

މުއިއްޒުއަކީ ޓީވީތަކުން އިސްތިހާރުވާގޮތަށް ނަމާދު ކުރެއްވުން އާންމު ބޭފުޅެކެވެ. އެގޮތުން ވެރިކަމުގެ ހުވާ ކުރެއްވުމަށްފަހުވެސް މުއިއްޒު އަވަސްވެ ވަޑައިގަތީ ހުރިހާ މީޑިއާތެއް އެއްކޮށް, ލައިވް ކޮށްގެން އެދުވަހުގެ މަޢުރިބް ނަމާދު ކުރެއްވުމަށެވެ. އަދި އެއަށްފަހު, ޕީއެންސީގެ އެކްޓިވިސްޓުންލައްވާ ދުރާލާ އިސްތިހާރު ކޮށްގެން އޭރު, ދިމްޔާތު ކައިރީގައި ހުންނަ މިސްކިތަށް މުއިއްޒު މޮންމެ ރެއަކުވެސް ވަނީ ފަތިސްނަމާދަށް ގޮސްފައެވެ. އެއަށްފަހު, ޕީއެންސީގެ އެކްޓިވިސްޓުންވަނީ މުއިއްޒު ފަތިސް ނަމާދުގައި އޮންނަވާ މަންޒަރުގެ ފޮޓޯތައް އެކްސްގައި ޕޯސްޓުކޮށް ހަދާފައެވެ.

އެހެންނަމަވެސް ފަހަކަށް އައިސް މުއިއްޒު ފަތިސްނަމާދަށް ވަޑައިގެންނެވުން ވަނީ ހުއްޓަވާލައްވާފައެވެ.

ދެއްކުންތެރިކަމުގެ ގޮތުން ނަމާދު ކުރުމަކީ ވަަރަށް ބޮޑު ފާފައެކެވެ. އެހެންނަމަވެސް ޝެއިޚް ޒައިދު ވިދާޅުވެފައިވަނީ ރައީސް މުއިއްޒު ނަމާދު ކުރައްވާތަން ލައިވް ކުރަންޖެހޭ ކަމަށާއި, އެއީ ގައުމަށް ވަރަށް މުހިންމު ކަމެެއްކަމުގައެވެ. އެހެންނަމަވެސް ދެއްކުންތެރިކަމުގެ ގޮތުން ނަމާދު ކުރުމުގެ ހުކުމަކީ ކޮބައިކަމެއް އަދި އެކަމުގެ ހުރި ގެއްލުމާއ ހަލާކުގެ ވާހަކައެއް ޒައިދު ނުދައްކަވައެވެ.