ޚަބަރު

މި ސަރުކާރަށް 4 މަސް, 8 މަސްތެރޭ ހިއްކާ ނިންމާނެކަމަށް ބުނި ފުށިދިއްގަރު ފަޅުން އެންމެ 8 ހެކްޓަރު ހިއްކި ގޮތަށް މަޝްރޫޢު އޮތީ ހުއްޓިފަ! ބާކީ 4 މަސްތެރޭ 1،153 ހެކްޓަރުގެ ބިމެއް ހިއްކާ ނިންމާނެ ގޮތް ސަރުކާރުން ބުނެދޭން ޖެހޭ!

ދިޔަވަރު
މި ސަރުކާރަށް 4 މަސް, 8 މަސްތެރޭ ހިއްކާ ނިންމާނެކަމަށް ބުނި ފުށިދިއްގަރު ފަޅުން އެންމެ 8 ހެކްޓަރު ހިއްކި ގޮތަށް މަޝްރޫޢު އޮތީ ހުއްޓިފަ! ބާކީ 4 މަސްތެރޭ  1،153 ހެކްޓަރުގެ ބިމެއް ހިއްކާ ނިންމާނެ ގޮތް ސަރުކާރުން ބުނެދޭން ޖެހޭ!

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވިތާ މާދަމާ 4 މަސް ފުރިގެންދާއިރު, ރައީސް މުއްޒު ވެވަޑައިފައިވަނީ ރައްޔިތުން ގުބޯ ހެއްދުމަށްޓަކާ އެންމެ ގިނަ ވައުދުތައް ވީ ރައީސްގެ ގޮތުގައެވެ.

އެހެންނަމަވެސް ހިތާމައަކީ, ރައްޔިތުން ގޮބޯ ހެއްދުމަށްޓަކާ ވީވައުދުތައް ރައްޔިތުންގެ އެންމެ އަސާސީ ވަސީލަތްތަކާއި ގުޅުވާ, ރައްޔިތު މީހާގެ ނިކަމެތިކަމުގެ ނާޖާއިޒު ފައިދާ ރައީސް މުއިއްޒު ނަންގަވަމުން ގެންދަވާތީއެވެ.

އެގޮތުން މި ސަރުކާރަށް މާދަމައަށް 4 މަސް ފުރިގެންދާއިރު, 8 މަސްތެރޭ ހިއްކާ ނިންމާނެކަމަށް ބުނި ފުށިދިއްގަރު ފަޅު ހިއްކުމުގެ މަޝްރޫޢު އަދިވެސް އޮތީ ހުއްޓިފައެވެ. މަޝްރޫޢު ފެށިގޮތަށް ފުށިދިއްގަރު ފަޅުން ކުޑަތަންކޮޅެއް ހިއްކާފައިވާއިރު, ކުރިޔަށް އޮތް 4 މަސްތެރޭ 1،153 ހެކްޓަރުގެ ބޮޑު ބިމެއް ރައީސް މުއިއްޒުގެ ވައުދާއެއްގޮތަށް ހިއްކާނޭ ގޮތަކީ ކޮބައިތޯ މިއީ މިސަރުކާރުން މިއަދު ސާފުކޮށްދޭން ޖެހިފައިވާ ކަމެކެވެ.

"ދިޔަވަރު އޮންލައިން"އަށް މައުލުމާތު ދިން އެޗްޑީސީގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި, ޑރ. މުއިއްޒުގެ ސަރުކާރުން ކުރިއަށް ގެންދާ ފްލެގްޝިޕް ޕްރޮޖެކްޓްގެ ގޮތުގައި ދައްކަމުން އަންނަ ރަސް މާލޭ ހިއްކުން މިހާރުވެސް އޮތީ ހުއްޓިފައެވެ. އަދި މަސައްކަތް ފެށޭނެ ދުވަހެއް އަދިވެސް އެޗްޑީސީން ނިންމާފައެއް ނުވެއެވެ.

އެގޮތުން, އަވަސް އަރުވާލައިގެން ލަންކާގެ މަހުޖަނެއް ކަމަށްވާ ރާޖޫގެ ކުންފުންޏަށް މާލެ އަށް ވުރެ އެތައް ގުނައެއް ބޮޑު ބިމެއް ހިލޭ ދޫކޮށްލާ ގޮތަށް ހިއްކަން ފެށި ރަސްމާލޭގެ މިހާތަނަށް ހިއްކިފައި ވަނީ އަށް ހެކްޓަރު ވަރުގެ ތަންކޮޅެއްކަމަށް އޮފިޝަލް ވިދާޅުވިއެވެ. އޭގެ ފަހުން މިހާރު އެ ތަނުގައި އެއްވެސް މަސައްކަތެއް ނުކޮށް, ޕްރޮޖެކްޓް ހުއްޓިފައި އޮންނަތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ.

ހަމަ ދައްކާލަން ވެގެން ހިއްކާލި ތަންކޮޅެއް. މިހާރު އެ ހިއްކި ތަނުން ބައެއް ގިރާލައިގެން ވެސް ގޮސްފަ އޮތީ. ޕްރޮޖެކްޓަކީ އިގްތިސާދީ ހާލަތާ ނުބައްދަލު ޕްރޮޖެކްޓެއް.

އޮފިޝަލް ވިދާޅުވިއެވެ.

ފާއިތުވި ޑިސެމްބަރުމަހުގެ 18 ވަނަ ދުވަހު ފުށި ދިއްގަރު ފަޅި ހިއްކުމުގެ މަޝްރޫޢު ފައްޓަވާ ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ އެފަޅުން ހިއްކަން ފެށީ 1،153 ހެކްޓަރުގެ ބިމެއް ކަމަށެވެ. އަދި ހިއްކުމުގެ މަޝްރޫޢު 8 މަސްތެރޭ ހިއްކާ ނިމާނެކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވެފައި ވެއެވެ.

މިއަދު މި ފަށާ ގޮތަށް... 8 މަސް ތެރޭ އަޅުގަނޑުމެންނަށް ހިއްކާ ނިންމާލެވޭނެ މި ދެންނެވި ވަރުގެ ސަރަހައްދެއް.

ރައީސް މުއިއްޒު ވިދާޅުވެފައިވެ އެވެ.

މާލެ ސަރަޙައްދުގެ ތޮއްޖެހުމާއި، މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަން ޙައްލުކުރުމަކީ މި ސަރުކާރުގެ އެންމެ މުހިންމު އެއް ވަޢުދެވެ. މިކަމުގައި މުއިއްޒު ގެންގުޅުއްވާ އެންމެ ބޮޑު ތަޞައްވުރަކީ މާލޭ ކައިރީގައި އޮތް ފުށިދިއްގަރު ފަޅު ހިއްކައި އާބާދުކުރުމެވެ.

މިގޮތުން، 1153 ހެކްޓަރުގެ ބިން (ހުޅުމާލޭގެ ގާތްގަޑަކަށް ތިން ގުނަ ބޮޑު ސަރަޙައްދެއް) ފުށިދިއްގަރު ފަޅުން ހިއްކާނެކަމަށް މުއިއްޒު ވިދާޅުވެފައި ވެއެވެ. މިއީ މިހާތަނަށް ރާއްޖޭގައި ހިންގާ އެންމެ ބޮޑު ބިން ހިއްކުމުގެ މަޝްރޫޢެވެ. އަދި މި މަޝްރޫޢު ނިމިގެން ދާއިރު ގޯއްޗާއި ފްލެޓް ހިމެނޭގޮތަށް 65,000 ހައުސިންގ ޔުނިޓް ތަރައްޤީ ކުރުމަށް ސަރުކާރުން ރާވާފައިވެއެވެ.

އެހެންނަމަވެސް މިމަސައްކަތް ކުރިޔަށް ގެންދިއުމަށް ރާވާފައިވަނީ، ހުޅުމާލޭން 10 ހެކްޓަރުގެ ބިމާއި ފުށިދިއްގަރުފަޅުން ހިއްކާ ބިމުން 60 ހެކްޓަރު ސްރީލަންކާގެ ސީއެމްސީއަށް 99 އަހަރަށް ދީގެން ކަމަށް އެޗްޑީސީން ބުނެފައި ވެއެވެ.