ޚަބަރު

ނުކުޅެދޭ ކުއްޖަކަށް މަލާމާތް ރައްދުކޮށް ވާހަކަ ދެއްކި ނަމްޒާ ޕްރެޒެންޓް ކޮށްދޭ "އިހުސާސް" ޕްރޮގްރާމް ދެން އިތުރަށް ކުރިޔަށް ނުގެންދަން ޕީއެސްއެމްއިން ނިންމައިފި

ދިޔަވަރު
ނުކުޅެދޭ ކުއްޖަކަށް މަލާމާތް ރައްދުކޮށް ވާހަކަ ދެއްކި ނަމްޒާ ޕްރެޒެންޓް ކޮށްދޭ "އިހުސާސް" ޕްރޮގްރާމް ދެން އިތުރަށް ކުރިޔަށް ނުގެންދަން ޕީއެސްއެމްއިން ނިންމައިފި

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަކޮށްގެން ދައުލަތުގެ މީޑިއާ ''ޕީއެސްއެމް'' އިން ގެނެސްދޭ، ''އިހުސާސް'' ޕްރޮގްރާމްއާ ގުޅިގެން އަމާޒުވި ފާޑުކިޔުންތަކާއި ހެދި އެ ޕްރޮގްރާމް ދެން އިތުރަށް ކުރިޔަށް ނުގެންދިއުމަށް ޕީއެސްއެމްއިން ނިންމައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ ޕީއެސްއެމްގެ އެމްޑީ ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުންނެވެ.

''މިހާރު ވަނީ އަންގާފައި ސެންސިޓިވް ކޮންޓެންޓް ހިމެނޭ ޕްރޮގްރާމްތައް ކޮންޓެންޓު ކޮމިޓީން ވަރަށް ރަނގަޅަށް ބެލުމަށް ފަހު އޮންއެއާ ކުރަން'' ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ޒީނާ ވިދާޅުވެފައިއެވެ.

ކޮންމެ އަހަރެއްގެ ރަމަޝާން މަހު ޕީއެސްއެމްއިން ސިލްސިލާކޮށް ކުރިއަށްގެންދާ އިހުސާސް ޕްރޮގްރާމް ކުރިއަށް ގެންދާތާ މިއީ ހަތަރު ވަނަ އަހަރެވެ. އެ ޕްރޮގްރާމް ހުށަހަޅައިދެނީ ޓީވީ ހޮސްޓު އަދި މި ސަރުކާރުގެ ޖެންޑާ މިނިސްޓްރީގެ ނައިބު މަރިޔަމް ނަމްޒާއެވެ.

މި ރޯދަ މަހުގެ ފުރަތަމަ އެޕިސޯޑުގައި ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކާއި ނަމްޒާ ކުރި ސުވާލުތަކާއި ގުޅިގެން އާއްމުންގެ ފާޑުކިޔުން ވަނީ އޭނާއަށް އަމާޒުވެފައެވެ. ނަމްޒާގެ ބަސްމަގު ހުންނަނީ ނުކުޅެދުންތެރިކަން ހުންނަ މީހުން ''ހިތުގައި ޖައްސާ'' އަދި މަލާމާތް ރައްދުވާ ގޮތަށް ކަމަށް ޝޯޝަލް މީޑިއާގެ ޕޯސްޓުތަކުގައި ކޮމެންޓުކުރި މީހުން ބުނެފައިވެއެވެ.

ޚާއްސަ އެހީއަށް ބޭނުންވާ ކުއްޖެއްގެ ނުކުޅެދުންތެރިކަމަށް މަލާމާތް ރައްދުކޮށް ވާހަކަ ދެއްކި ޓީވީ ޕްރެޒެންޓަރ ނަމްޒާ ވަނީ, އޭނާ ދެއްކި ވާހަކަތަކަށް ފާޑުކިޔުން އަމާޒު ވުމުން އަމިއްލަ ޓުވިޓަރ ހޭންޑްލް ޑީއެކްޓިވޭޓްވެސް ކޮށްފައެވެ.

ރައްޔިތުންގެ ނިކަމެތިކަން ދައްކައި، މީހުންގެ ހިތްދަތި ދިރިއުޅުމުން، ފައިސާއާއި މަޝްހޫރުކަން ހޯދަން، ނަމްޒާ ބާއްވާ އިހްސާސް ޝޯގައި، ޒާތީ އަދި އިންސާނިއްޔަތާއި ޚިލާފު ސުވާލުކޮށް ހައްދުފަހަނައަޅާ ދާތީ، ސޯޝަލް މީޑިއާގައި އޭނާއަށް ދަނީ ފާޑު ކިޔުން އަމާޒު ވަމުންނެވެ.

މި ޝޯއަކީ އިންސާނީ ކަރާމާތް ނަގާލުމަށް ހިންގާ ބަލަން އުނދަގޫ ލަދުވެތި ޝޯއެކެވެ. އަދި ޝޯގައި ބައިވެރި ކުރާ އެއާއިލާތަކަށް އެދެވޭ އެއްވެސް ފައިދާއެއް މި ޝޯތަކުން ނުކުރާއިރު، ނަމްޒާ ދަނީ މީހުން ފަލީހަތްކޮށް ނިކަމެތިކަން އެމީހުންނަށް ނިކަން ބޮޑަށް އިހްސާސް ކުރުވުމަށް، އިންސާނީ ކަރާމާތް ގެއްލޭ ވަރުގެ ސުވާލު ކުރަމުންނެވެ. 

މިއީ ދުނިޔޭގެ އެއްވެސް ތަނެއްގައި މިކަން ހިނގާ އުސޫލެއް ނޫނެވެ. މީހުންގެ ހާލު ބަލާ މިފަދަ ޝޯ ތަކުގައި، ވަކި ހަމަ ތަކެއް ގެންގުޅެއެވެ. އަދު ހާލުގައި ޖެހޭ ފަރާތްތަކަށް ބޮޑުކޮށް އެހީތެރިކަން ފޯރު ކޮށްދެއެވެ. މި ގޮތުން ގެދޮރު ހެދޭނެ ފެންވަރެއް ނެތް އާއިލާއެއް ނަމަ، ގެދޮރު ހަދާދެއެވެ. ނަމަވެސް ނަމްޒާ ގެނެސްދޭ އިހްސާސް ޕްރޮގްރާމުގައި ނިކަމެތިން ފަޟީހަތް ކުރުން ނޫން ކަމެއް ނުކުރެއެވެ.

ދާދި ފަހުން ބޭއްވި “އިހްސާސް” ޕްރޮގްރާމުގައި ނަމްޒާ ވަނީ “އިންޓަރވިއު އަށް އަރާ ހުރި މީހާގެ ނުކުޅެދޭ ދަރިފުޅަކީ ދުވަހަކުވެސް، މަންމަ އާއި ނުލާ އުޅޭވޭނެ ކުއްޖެއް ނޫން” ކަމަށް ބުނެފައެވެ. މިއީ އެއްވެސް ހަމަ އަކުން، އިންސާނަކާއި ދިމާލަށް އެހެން އިންސާނަކަށް ބުނެވިގެން ވާނެ ފަދަ އެއްޗެއް ނޫނެވެ.

ނަމްޒާއަކީ މޭކަޕްކޮށްގެން ފޭކް ކޮށް މި ޝޯތަކުގައި ކަރުނަ ގެންނަ އެކްޓަރެކެވެ. 

ނަމްޒާއަކީ ޖެންޑަރ މިނިސްޓްރީގައި ސިޔާސީ ބޮޑު މަގާމެއްގައި ރައްޔިތުން އަތުން ކޮންމެ މަހަކު 35،000 އާއި 45،000 ރުފިޔާއާއި ދެމެދު ބޮޑު މުސާރައެއް ނަގައިގެން ހުރި މީހެކެވެ. މިފަދައިން މީހުންގެ ކަރާމާތް ނަގާލަން ކެރޭނީ، އެއްވެސް ހައްދެއް ނެތް، ތައުލީމެއް ނެތް، ދުނިޔޭގެ ތަހުޒީބު ނުދަންނަ މީހުންނެވެ. މިއީ މުއިއްޒުގެ ވެރިކަމުގައި ޤައުމުގައި ތިބި އެންމެ ގާބިލު މީހުންގެ ފެންވަރެވެ.