ޚަބަރު

މަސްވެރިންގެ ފައިސާ އަނެއްކާވެސް ހިފަހައްޓައިފި, 1 ހަފްތާވެގެން ދިޔައިރުވެސް އެއްވެސް ދޯންޏަކަށް ފައިސާ ދުލެއް ނުކުރި, މަސްވެރިން އަނެއްކާވެސް މުޒާހިރާއަށް ތައްޔާރު ވަނީ!

ދިޔަވަރު
މަސްވެރިންގެ ފައިސާ އަނެއްކާވެސް ހިފަހައްޓައިފި, 1 ހަފްތާވެގެން ދިޔައިރުވެސް އެއްވެސް ދޯންޏަކަށް ފައިސާ ދުލެއް ނުކުރި, މަސްވެރިން އަނެއްކާވެސް މުޒާހިރާއަށް ތައްޔާރު ވަނީ!

މަސްވެރިން ކިޔާމަހަށް 48 ގަޑިއިރުތެރޭ ފައިސާ ޖަމާކުރާނެކަމަށް ވިދާޅުވެ ރައީސް މުއިއްޒު ފައިތުވި ރިޔާސީ އިންތިޚާބުގައި ދޮގު ވައުދުވެ, މަސްވެރިންނަށް ދޭންޖެހޭ 300 މިލިއަން ރުފިޔާ އެތައް ހަފްތާއެއް ވަންދެން ހިފެހެއްޓުމަށްފަހު އެފައިސާ މި ރޯދަމަސް ފެށުމާއެކު މަސްވެރިންނަށް ދޫކުރުމަށްފަހު މިފްކޯއިން މަސްވެރިންނަށް ވައުދު ވެފައިވަނީ ކުރިޔަށް އޮތްތަނުގައި އެންމެ ގިނަވެގެންވެސް 1 ފަހްތާ ތެރޭގައި މަސްވެރިން ކިރާމަހަށް ފައިސާ ދޫކުރާނެ ކަމުގައެވެ.

އެހެންނަމަވެސް "ދިޔަވަރު އޮންލައިން" އަށް މައުލޫމާތު ދެމުން ކޫއްޑުގައި ތިބި ބައެއް މަސްވެރިން މިއަދު އިރުއޮއްސުނުފަހުން ކިޔައިދީފައިވާ ގޮތުގައި އެންމެ ފަހުން މަސްވެރިންްނަށް ފައިސާ ދޫކުރިތާ އެއް ހަފްތާވެގެން ދިޔައިރުވެސް އަނެއްކާވެސް އެއްވެސް ދޯންޏަކަށް ފައިސާ ދޫކޮށްފައި ނުވާކަމުގައެވެ.

މަސްވެރިން "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދެމުން ބުނެފައިވަނީ, ކުރިޔަށް 3 ދުވަހުގެ ތެރޭގައި މަސްވެރިންނަށް ދޭންޖެހޭ ފައިސާ ސަރުކާރުން ދޫ ނުކޮށްފިނަމަ އަނެއްކާވެސް މުޒާހިރާކޮށް, ކޫއްޑޫ ހުއްޓުމަކަށް ގެންނާނެ ކަމުގައެވެ.

މީގެ ހަފްތާއެއް ކުރިން މަސްވެރިންނަށް ދޭންޖެހޭ ފައިސާ ސަރުކާރުން ދިނީ އެފައިސާ އެތައް މަހެއްވަންދެން ހިފެހެއްޓުމަށްފަހު މަސްވެރިން މުޒާހިރާކޮށް މުޅި ކޫއްޑޫ ހުއްޓުމަކަށް ގެނައުމާއި ގުޅިގެންނެވެ. ސަރުކާރުން މަސްވެރިނަށް އެފައިސާ ދޫކުރިއިރު އެތައް މަސްވެރިންނެއް ތިބީ ދަރަނިވެރިވެ އާއިލާތައް ބަނޑަށް ޖެހިފައެވެ.

ފާއިތުވި ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒުވަނީ, މަސްކިރާތާ 48 ގަޑިއިރުތެރޭ މަސްވެރިންނަށް ދޭންޖެހޭ ފައިސާ ހަމަޔަށް ދޭނެކަމަށް ވިދާޅުވެ, ދޮގު ވައުދުވެފައެވެ. އެހެންނަމަވެސް ފިޝަރީޒް މިނިސްޓަރ ޝިޔާމް ފަހުން ވިދާޅުވެފައިވަނީ ރައީސް މުއިއްޒުގެ އެ ވައުދު ފުއްދޭނޭ ގޮތެއް މިހާރު ނެތްކަމުގައެވެ.

ރައީސް މުއިއްޒުއަކީ އޭގެ އިތުރަށްވެސް, ރައީސް ޔާމިން މިވަންކުރާނޭކަމަށް ދޮގު ވައުދުވެ, ރައީސް ޔާމިންގެ ނަންޖެހި ހުސް ގޮނޑި ދައްކައިގެން, މަކަރާއި ހީލަތުން ވެރިކަމަށް ވަޑައިގެންނެވި ބޭފުޅެކެވެ.