އެޑިއުކޭޝަން މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީއަކަށް ދާދިފަހުން އައްޔަންކުރި ޝިފާޒް މުޙައްމަދުއަކީ މާލޭ ގިނަ ސްކޫލުތަކެއްގެ ޕްރިންސިޕަލްކަމުގެ މަގާމަށް ކުރިމަތިލައިގެން ފެއިލްވެފައިވާ މީހެއްކަމަށް "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ލިބިއްޖެއެވެ.
ދިޔަވަރު އޮންލައިންއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޝިފާޒުވަނީ ދާދިފަހުން މާލޭގެ 3 ސްކޫލެއްގެ ޕްރިސިޕަލްކަމަށް ކުރިމަތިލާފައެވެ. އެހެންނަމަވެސް އެއްވެސް ސްކޫލެއްގެ ޕްރިންސިޕަލްކަމަށް އޭނާ އައްޔަން ވެފައި ނުވަނީ އޭނާ އިވޭލުއޭޝަން މަރުހަލާއިންނާއިން ފެއިލް ވެގެންނެވެ.
އަދި އެޑިއުކޭޝަން މިނިސްޓްރީގެ ޕީއެސްގެ މަގާމަށް އިއުލާން ކުރުމުން އޭނާއަށް އެމަގާމް ހަމަޖައްސަން އެޑިއުކޭޝަން މިނިސްޓަރ ޝަފީއު އިވޭލުއޭޝަން ކޮމިޓީ އޭނާ ބޭނުންވާ ގޮތަކަށް އަތުރާ, ޝިފާޒުއަށް މާކްސް ލިބޭގޮތަށް އިވޭލުއޭޝަން ކޮމިޓީއަށް "އަތް ބާނާ" ނުފޫޒު ފޯރުވާފައިވާކަމަށްވެސް "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދިން އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވިއެވެ.
ސަރުކާރުގެ އެކި ވުޒާރާތަކުން ދަނީ އެވުޒާރާއެއްގެ ވަޒީރަކު ބޭނުންވާ ޕާމަނެންޓް ސެކެޓްރީން އެވުޒާރާތަކަށް އައްޔަން ކުރުމަށް މަސައްކަތް ކުރަމުންނެވެ. އޭގެ ބޭނުނަކީ ވަޒީރުން ހިންގާ ކޮރަޕްޝަނާއި ފަސާދައިގެ އަމަލްތަކަށް ބަސްކިއުމުގެ ފުރުސަތު މުވައްޒަފުންނަށް ބަންދު ކުރުން ކަމުގައިވެސް "ދިޔަވަރު އޮންލައިން" އަަށް މައުލޫމާތުދިން އެޑިއުކޭޝަންގެ އިސް އޮފިޝަލް ވިދާޅުވިއެވެ.
ޝިފާޒް އެ މަޤާމަށް އައްޔަން ކުރެއްވީ ކުރިން އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމުގައިހުރި އަހުމަދު އަލީ މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. އޭނާ އިސްތިއުފާ ދެއްވީ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ސަސްޕެންޝަންގައި ހުންނެވުމަށްފަހު، ސަސްޕެންޝަން ހަމަވުމުގެ އެއް މަސް ކުރިންނެވެ.
ސަރުކާރުގެ ވަޒީރުންގެ މައްޗަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތައް ކުރެވިގެން ދިޔަނަމަވެސް, އޭސީސީ އޮތީ ހަނުއެވެ.