ޚަބަރު

މިނިސްޓަރ ރަމީޒު ތުރުކީއަށް ވަޑައިގެން, ޑްރޯން ޑީލުގެ "ކޮމިޝަން"ގެ ފައިސާ ރާއްޖެ ގެނެސްފި! ޑްރޯން ގަތުމަށް 570 މިލިއަން ރުފިޔާ ކޮންޓިންޖަންސީ ބަޖެޓުން ޚަރަދުކޮށް, 230 މިލިއަން ރުފިޔާ ރައީސް މުއިއްޒު "ކޮމިންޝަން"ގެ ގޮތުގައި ވަނީ ނަންގަވާފަ!

ދިޔަވަރު
މިނިސްޓަރ ރަމީޒު ތުރުކީއަށް ވަޑައިގެން, ޑްރޯން ޑީލުގެ "ކޮމިޝަން"ގެ ފައިސާ ރާއްޖެ ގެނެސްފި! ޑްރޯން ގަތުމަށް 570 މިލިއަން ރުފިޔާ ކޮންޓިންޖަންސީ ބަޖެޓުން ޚަރަދުކޮށް, 230 މިލިއަން ރުފިޔާ ރައީސް މުއިއްޒު "ކޮމިންޝަން"ގެ ގޮތުގައި ވަނީ ނަންގަވާފަ!

ރައީސް އޮފީހުގެ މިނިސްޓަރ ރަމީޒް ތުރުކީއަށް ވަޑައިގެން, ޑްރޯން ގަތުމަށް ސަރުކާރުން ތުރުކީގެ ބޭކަރު ކުންފުންޏާއެކު ވި އެއްބަސްވުމުގެ ދަށުން, ރައީސް މުއިއްޒުއަށް އެކުންފުނިން ދޭން އެއްބަސްވި ކޮމިޝަން ފައިސާ (ކޮރަޕްޝަންގެ އުސޫލުން ސީދާ ރައީސް މުއިއްޒުއަށް ތުރުކީގެ ކުންފުނިން ދޭން އެއްބަސްވި ފައިސާ) ރާއްޖެ ގެނެސްފިއެވެ.

"ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި, ސިޓީ ކައުންސިލްގައިވެސް, އޭރު މުއިއްޒުގެ ކޮރަޕްޝަންގެ ޑީލްތައް އަމަލީގޮތުން ތަންފީޒު ކުރެއްވުމަށް އެންމެ އިސްކޮށް މަސައްކަތް ކުރެއްވި, ރައީސް އޮފީހުގެ މިހާރުގެ މިނިސްޓަރ ރަމީޒު މިފައިސާއާއި ހަވާލުވުމަށް ތުރުކީއަށް ވަޑައިގެންނެވީ މިމަހުގެ 3 ވަނަ ދުވަހުއެވެ. އޭނާ ދަތުރު ކުރައްވާފައިވަނީ އީކޭ-659 ފްލައިޓުންނެވެ. އަދި އޭނާ ކޮމިޝަން ފައިސާއާއެކު ރާއްޖެ ވަޑައިގެންފައިވަނީ މިމަހުގެ 10 ވަނަ ދުވަހު އީކޭ-565 ފްލައިޓުންނެވެ.

ދިޔަވަރު އޮންލައިންއަށް ކަށަވަރު ވެފައިވާ ގޮތުގައި ކޮމިޝަންގެ ގޮތުގައި ޑްރޯން ޑީލުން 15 މިލިއަން ޑޮލަރު (230 މިލިއަން ރުފިޔާ) ރައީސް މުއިއްޒުއަށް ލިބިވަޑައިގަންނަވާނެއެވެ.

މުއިއްޒު ތުރުކީން ޑްރޯން ގަނެފައިވަނީ 37 މިލިއަން ޑޮލަރަށެވެ. އެއީ ދިވެހި ފައިސާއިން ބަލާނަމަ 560 ރުފިޔާއެވެ. ތުރުކީގެ ޕްރައިވެޓް ކުންފުންޏެއް ކަމުގައިވާ ބޭކަރު ކުންފުނިން އުފައްދާ ބޭރަކްތާރު ޓީބީ-2 އަސްކަރީ ޑްރޯން ބައިނަލް އަގުވާމީ ބާޒާރުގައި އެކުންފުނިން ވިއްކާއަގަކީ 2 މިލިއަން ޑޮލަރެވެ.

އެހެންނަމަވެސް ދިވެހި ސަރުކާރުން ބޭރަކްތާރު ޓީބީ-2 އަސްކަރީ 6 ޑްރޯން ގަނެއްފައިވަނީ ކޮންމެ ޑްރޯންއަކަށް 5 މިލިއަން ޑޮލަރު ދައްކާ ގޮތަށް އެއްބަސް ވެގެންނެވެ. އެގޮތުން 6 ޑްރޯން ގަތުމަށް ހަމަޖެހިފައިވާއިރު ކޮންމެ ޑްރޯންއަކުން 3 މިލިއަން ޑޮލަރު ރައީސް މުއިއް ކޮމިޝަންގެ ގޮތުގައި ނަންގަވައިގެންކަމަށް "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދިން, ނަން ހާމަކުރުމަށް ނޭދޭ, ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވެފައި ވެއެވެ.

ތުރުކީގެ ކުންފުންޏަކުން ޑްރޯން ގަތުމަށް 569.8 މިލިއަން ރުފިޔާ ސަރުކާރުން ޚަރަދު ކޮށްފައިވަނީ ކޮންޓިންޖެންސީ ބަޖެޓުންނެވެ. އެހެންނަމަވެސް ކޮންޓިންޖެންސީ ބަޖެޓަކީ, ކާރިސާއެއްގެ ހާލަތުގައި, ނުވަތަ އާދަޔާ ޚިލާފް އެމަޖެންސީ ހާލަތުގައި މެނުވީ, ބަޖެޓް ކޮށްފައި ނުވާ ކަމަކަށް ޚަރަދު ކުރެވޭނެ ބަޖެޓެއް ނޫނެވެ.

ތުރުކީގެ ޕްރައިވެޓް ކުންފުނިން ޑްރޯން ގަތުމަށް ވި އެއްބަސްވުމުގެ ތަފުސީލުތައް ހޯދުމަށް، މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ރާއްޖޭގެ ނޫހަކުން އެދުމުން ޑިފެންސް މިނިސްޓްރީން ވަނީ އެކަމާ ދެކޮޅު ހަދާފަ އެވެ.

އެ މިނިސްޓްރީން ދިން ޖަވާބުގައި ބުނެފައިވަނީ ”ދިފާއީ ބާރަށް އިތުރުކުރެވޭ މިފަދަ އާލަތްތަކުގެ ތަފްސީލުތައް ހާމަކުރުމަކީ ދިވެހި ސިފައިންނާއި ހަވާލުކުރެވިފައިވާ މިދެންނެވި މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސް އެޅިދާނެ ކަމަށްވާތީ، އެ މައުލޫމާތު ހާމަކުރެވެން ނެތް ވާހަކަ ދަންނަވަން“ މިފަދައިންނެވެ.