މަޖިލީސް އިންތިހާބަށް ފަހު ފެނަކަ އެމްޑީ މުއާޒު މުހައްމަދު ރަޝީދު އާއި، ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ އެމްޑީ އަހުމަދު މުބީން އާއި، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގެ މެނޭޖިން ޑިރެކްޓަރ މުޖުތަބާ ޖަލީލް ވަޒީފާއިން ވަކި ކުރަން މުއިއްޒު ނިންމާފައިވާ ކަމަށް ރައީސް އޮފީހުން މި ކަމުގެ މައުލޫމާތު ދެނަހުރި ފަރާތަކުން ދިޔަވަރަށް މައުލޫމާތު ދެއްވައިފިއެވެ.
މި މީހުން ވަޒީފާއިން ވަކި ކުރުމަށް މުއިއްޒު ނިންމާފައިވަނީ ޕީއެންސީގެ ސިޔާސީ ހަރަކާތް ހިންގުމަށް ބޭނުންވާ މިންވަރަށް މި ކުންފުނިތަކުން ފައިސާ ހަމަ ނުޖެހޭ ކަމަށް މުއިއްޒަށް ޤަބޫލު ކުރެވޭތީ އާއި، މުއިއްޒު އަރިހުގައި މި މަޤާމުތައް މިއަށްވުރެ ސިޔާސީ ގޮތުން މަންފާ ކުރާނޭހެން ހިންގޭނެ ފަރާތްތައް ތިބި ކަމަށް ބަޔަކު މުއިއްޒަށް ވިސްނައި ދީގެން ކަން ވަނީ ކަށަވަރުވެފައެވެ.
އަދި މި ތިން ކުންފުނިން މަޖިލީސް އިންތިހާބަށް ވަޒީފާ ދީފައި ތިބި ފަރާތްތަކަކީ މި އެމްޑީންގެ އަމިއްލަ މަސްލަހަތު އިސްކޮށްގެން ދީފައިވާ ވަޒީފާ ކަމަށާއި، އެމީހުންގެ ބޭނުން މަޖިލީސް އިންތިހާބު ނިމުމުން ނޯންނާނެ ކަމަށާއި، ސިޔާސީ ގޮތުން އެއަށް ވުރެ ނުފޫޒު ގަދަ އަދި މުހިންމު ދާއިރާތައް ބަލާފައި އެ ފަރާތްތަކަށް ވަޒީފާތައް ދިނުން މާ މުހިންމު ކަމަށާއި، އަދި އައިއެމްއެފްގެ ޚަރަދު ކުޑަ ކުރުމުގެ ގައިޑުލައިންގެ ތެރެއިން ވަޒީފާއިން ވަކި ކުރާ މީހުންގެ ތެރޭގައި މި ކުންފުނިތަކުގެ މީހުން ހިމަނައި ވަޒީފާއިން ވަކި ކުރުމަށް ދައްކާ އުޒުރެއް ގޮތުގައި އައި އެމް އެފް ހެދުމަށް ވަނީ މުއިއްޒަށް މަޝްވަރާ އަރުވާފައެވެ.