ޚަބަރު

ތައްޔިބުގެ ވަޒީފާ ގެއްލުމާއެކު, ސިޔާސީ ފަރާތްތަކަށް ގުލާނު ކޮށްދީގެން ދިރިއުޅޭ ލޫކަސްއަށް ލިބެމުންދާ އިނާޔަތް ކެނޑި, ސިމްވާރުގެ ވަޒީފާ ގެއްލިދާނެ ކަމުގެ ބިރު ހީވެއްޖެ!

ދިޔަވަރު
ތައްޔިބުގެ ވަޒީފާ ގެއްލުމާއެކު, ސިޔާސީ ފަރާތްތަކަށް ގުލާނު ކޮށްދީގެން ދިރިއުޅޭ ލޫކަސްއަށް ލިބެމުންދާ އިނާޔަތް ކެނޑި, ސިމްވާރުގެ ވަޒީފާ ގެއްލިދާނެ ކަމުގެ ބިރު ހީވެއްޖެ!

އެމްޑީޕީގެ ވެރިކަމުގައި, ރައީސް އިބުރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ސިޔާސީ ވަޒީފާތަކުގައި ތިބި 3 އެކްޓިވިސްޓުގެ ތެރެއިން, ސްޓެލްކޯއިން ވަޒީފާ ހަމަޖައްސާދިން ތައްޔިބު ޝަހީމަށް ވަޒީފާ ހަމަޖެއްސިތާ މަހެއްހާ ދުވަހުގެ ތެރޭގައި އޭނާ ވަޒީފާއިން ވަކިކުރުމާއެކު, މިސަރުކާރުން މިހާރު އިނާޔަތް ނަގަމުންދާ ލޫކަސް ޖަލީލަށް ލިބެމުންދާ އިނާޔަތް މެނދުކެނޑި, އަދި ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީން ވަޒީފާ ހަމަޖައްސާދީފައިފައިވާ ސިމްވާރުގެ ވަޒީފާ ގެއްލިދާނެކަމުގެ ބިރު ހީވެއްޖެއެވެ.

ކުރީ ސަރުކާރުގެ ޓޫރިޒަމް މިނިސްޓްރީގެ ސިޔާސީ މަގާމެއްް އަދާކުރި ތޮއްޔިބު ޝަހީމަށް މި ސަރުކާރުގެ ސްޓެލްކޯއިން ހަމަޖައްސާ ދިނީ ސާވިސް ސުޕަވައިޒަރުގެ މަގާމުމެވެ. އެހެންނަމަވެސް އޭނާއަށް ވަޒީފާ ދިންތާ މަހެއްހާ ދުވަސް ވީތަނާކަހަލަ ގޮތަކަށް, ސްޓެލްކޯއިންވަނީ އޭނާ މަގާމުން ވަކިކޮށްފައެވެ.

ތައްޔިބު މަގާމުން ވަކިކުރުމާއި ގުޅިގެން މިހާރު އޭނާވަނީ އެ ވަޒީފާ އަލުން ހަމަޖައްސަވާ ދެއްވުމަށް އެދި އާދޭސްކޮށް ރައީސް މުއިއްޒުއަށް ސިޓީއެއް ފޮނުވާފައެވެ. އެސިޓީ ސޯޝަލް މީޑިއާގައިވެސް އާންމުކޮށް, އޭނާ އެދެމުންދަނީ އެވަޒީފާ އަލުން އޭނާއަށް ހަމަޖައްސާ ދިނުމަށެވެ.

ތައްޔިބު ކުއްލި ގޮތަކަށް ވަޒީފާއިން ވަކި ކުރުމާއި ގުޅިގެން, ރިޔާސީ ކޮންމެ ދައުރެއްގައިވެސް ސިޔާސީ މީހުންގެ ގާތުގައި ގުލާނުކޮށްދީގެން ދިރިއުޅުމަށްޓަކާ ފައިސާ ހޯދަމުންދާ ލޫކަސް ޖަލީލްއަށް މި ސަރުކާރުން ލިބެމުންދާ އިނާޔަތް ކަނޑާލާނެކަމުގެ ބިރުވަނީ ހީވެފައެވެ.

ލޫކަސް ޖަލީލު ދިރިއުޅުމަށްޓަކާ ސަރުކާރުން ދަނީ އޭނާއަށް މަހަކު 25,000 ރުފިޔާ ދެމުންނެވެ. އޭނާގެ މަސައްކަތަކަށް ހަމަޖައްސާފައިވަނީ ރައީސް މުއިއްޒުއަށް ސަނާކިޔާ ޓުވީޓް ކުރުމާއި, އޭގެ އިތުރުން އަދުރޭގެ ދަރި, އިބުރާހިމް ފައިސަލް ޕްރޮމޯޓުކޮށް ޓުވީޓު ކުރުމެވެ.

އޭގެ އިތުރުން ރައީސް ސާލިހުގެ ސަރުކާރު ނިމެންދެން ސިޔާސީ ވަޒީފާއެއްގައި ހުރި ސިމްވާރަށްވެސް މިސަރުކާރުން ސްރީލަންކާގެ އެމްބަސީން ވަޒީފާއެއް ހަމަޖައްސާ ދިންނަމަވެސް, ތައްޔިބު ކުއްލިގޮތަކަށް ވަޒީފާއިން ވަކި ކުރުމާއެކު, އޭނާގެ ވަޒީފާވެސް ގެއްލިދާނެކަމުގެ ބިރު ވަނީ މިހާރު ހީވެފައެވެ.

މި ފަރާތްތަކަކީ ކޮންމެ ވެރިކަމެއްގައިވެސް ސިޔާސީ އިސް ބައެއް ފަރާތްތަކަށް ގުލާނުކޮށްދީގެން ލިބޭ ފައިސާ ކޮޅަކުން ދިރިއުޅެމުންދާ މީހުންނެވެ. ރައީސް ޔާމިންގެ ވެރިކަމުގައި މި މީހުން ދިރި އުޅެފައިވަނީ ރައީސް ނަޝީދަށް ސަނާ ކިޔާތީ, އޭރު ރައީސް ނަޝިދު ދިން ފައިސާގެ އެގީތެރިކަމުގައެވެ. އެއަށްފަހު ރައީސް ސާލިހުގެ ވެރިކަމުގައި މި ތިން ފަރާތަށްވެސް ސިޔާސީ ވަޒީފާ ދީފައި ވެއެވެ.

އެހެންނަމަވެސް ރައީސް ސާލިހުގެ ވެރިކަމުގެ ދައުރު ހަމަވަންދެން މުސާރަ ނަގަން ތިބުމަށްފަހު މީގެ ތެރެއިން ލޫކަސްއާއި ސިމްވާރު ވަނީ ވަޒީފާއިން ވަކިވެ ޑިމޮކްރެޓްއާއެކު މަސައްކަތް ކޮށްފައެވެ. އެއަށްފަހު, ރައީސް މުއިއްޒުއަށް ރިޔާސީ އިންތިޚާބު ކާމިޔާބުވުމުން, މިސަރުކާރުގެ ސިޔާސީ އިސް ފަރާތްތަކުގައި އާދޭސްކޮށްގެން މިހާރު ލޫކަސްއާއި ސިމްވާރު ދިރިއުޅެމުންދަނީ މި ސަރުކާރުގެ ސިޔާސީ އިސް ފަރާތްކުން ދޭ ފައިސާއިންނެވެ.