ޚަބަރު

ގުޅީފަޅު ހިއްކާ ނިމެންދެން ފުށިދިއްގަރު ފަޅުގެ ބިންހިއްކުން އޮތީ ހުއްޓާލާފަ! 8 މަސްތެރޭ "ރަސްމާލެ" ހިއްކާ ނިންމާނެކަމަށް ވިދާޅުވެ މުއިއްޒު ދެއްކެވީ "ނަނާ ހުވަފެނެއް"!

ދިޔަވަރު
ގުޅީފަޅު ހިއްކާ ނިމެންދެން ފުށިދިއްގަރު ފަޅުގެ ބިންހިއްކުން އޮތީ ހުއްޓާލާފަ! 8 މަސްތެރޭ "ރަސްމާލެ" ހިއްކާ ނިންމާނެކަމަށް ވިދާޅުވެ މުއިއްޒު ދެއްކެވީ "ނަނާ ހުވަފެނެއް"!

ރައީސް މުއިއްޒުގެ ސަރުކާރުން ކުރިޔަށް ގެންދާ، ތަރައްގީގެ އެންމެ ބޮޑު މަޝްރޫއުކަމުގައިވާ ރަސްމާލެ މަޝްރޫޢު މިވަގުތު ހުއްޓިފައިވާކަމަށް އިންފްރާ ސްޓްރަޗަރ މިނިސްޓަރ އަބުދުالله މުއްޡަލިބު އެއްބަސްވެވަޑައިގެންވިއެވެ.

މިއަދު އިންފްރާ ސްޓްރަކްޗަރ މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މުއްޡަލިބު ވިދާޅުވީ އެ މަޝްރޫއުގެ ބިން ހިއްކުމުގެ މަސައްކަތް މިވަގުތު ކުރިޔަށް ނުދާކަމުގައެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މުއްތަލިބު ވިދާޅުވީ އެމަޝްރޫއަކީ އިންފްރާސްޓްރަކްޗަރ މިނިސްޓްރީން ކުރިޔަށް ގެންދާ މަޝްރޫއެއް ނޫންކަމަށާއި، އެމަޝްރޫއު ކުރިޔަށް ދަނީ އެޗްޑީސީއާއި ކޮންޓްރެކްޓަރއަކާދެމު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ކަމުގައެވެ.

ރަސްމާލެ މަޝްރޫއަކީ ދައުލަތުގެ ބަޖެޓު ފާސްކުރިއިރު އުނިކޮށްފައި އޮތް މަޝްރޫއަކަށްވާތީ މިނިސްޓްރީތެރެއިން ހިންގާ މަޝްރޫޢެއް ނޫން މިވަގުތު އެއީ އެޗްޑީސީއާއި ކޮންޓްރެކްޓަރއަކާ ސޮއިކުރެވިގެން.. ދެން އޭގަ މިވަގުތު ސީދާ.. އަނެއް.. ބިން ހިއްކުމުގެ މަސައްކަތެއް ކުރިޔަކަށް ނުދޭ. 

މިއަދި އިންފްރާ މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މުއްތަލިބު ވިދާޅުވިއެވެ.

މުއްތަލިބު މިއަދު އިތުރަށް ވިދާޅުވީރަސްމާލެ މަޝްރޫޢު ފެށީ އަވަހަށް މަސައްކަތް ފެއްޓުމުގެ ބޭނުމުގައި މަޝްރޫޢުގައި ސޮއި ކޮށްގެން ކަމުގައެވެ. އަދި އޭނާ ވިދާޅުވީ ސަރުކާރުން މަޝްރޫއު ކުރިޔަށް ގެންދާ ކުންފުންމަށް އަޕްފްރޮންޓުކޮށް އެއްވެސް ފައިސާއެއް ދީފައި ނުވާނެކަމަށެވެ. އަދި އޭނާ ވިދާޅުވީ މަޝްރޫއު ކުރިޔަށް ދާނީ ކޮންޓްރެކްޓަރއަށް ލިބިފައި އޮތް ބިން ވިއްކައިގެން އެކުންފުނިން ހޯދާ ފައިސާ އެކުންފުނިން ޚަރަދު ކޮށްގެން ކަމުގައެވެ.

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވިތާ މިމަހުގެ 17 ވަނަ ދުވަހަށް 4 މަސް ފުރިގެންދިޔައިރު, ރައީސް މުއްޒު ވެވަޑައިފައިވަނީ ރައްޔިތުން ގުބޯ ހެއްދުމަށްޓަކާ އެންމެ ގިނަ ވައުދުތައް ވީ ރައީސްގެ ގޮތުގައެވެ.

އެހެންނަމަވެސް ހިތާމައަކީ, ރައްޔިތުން ގޮބޯ ހެއްދުމަށްޓަކާ ވީވައުދުތައް ރައްޔިތުންގެ އެންމެ އަސާސީ ވަސީލަތްތަކާއި ގުޅުވާ, ރައްޔިތު މީހާގެ ނިކަމެތިކަމުގެ ނާޖާއިޒު ފައިދާ ރައީސް މުއިއްޒު ނަންގަވަމުން ގެންދަވާތީއެވެ.

އެގޮތުން 8 މަސްތެރޭ ހިއްކާ ނިންމާނެކަމަށް ބުނި ފުށިދިއްގަރު ފަޅު ހިއްކުމުގެ މަޝްރޫޢު ހުއްޓިފައި އޮތްއިރު, މަޝްރޫޢު ފެށިގޮތަށް ފުށިދިއްގަރު ފަޅުން ހިއްކާފައިވަނީ ކުޑަތަންކޮޅެކެވެ. އަދި ކުރިޔަށް އޮތް 4 މަސްތެރޭ 1،153 ހެކްޓަރުގެ ބޮޑު ބިމެއް ރައީސް މުއިއްޒުގެ ވައުދާއެއްގޮތަށް ހިއްކާނޭ ގޮތަކީ ކޮބައިތޯ ސަރުކާރުން އަދިވެސް ސާފުކޮށްދީފައެއް ނުވެއެވެ.

”ދިޔަވަރު އޮންލައިން“އަށް މައުލުމާތު ލިބިފައިވާ ގޮތުގައި, ސަރުކާރުން ކުރިއަށް ގެންދާ ފްލެގްޝިޕް ޕްރޮޖެކްޓްގެ ގޮތުގައި ދައްކަމުން އަންނަ ރަސް މާލޭ ހިއްކުން ފެށޭނެ ދުވަހެއް އެނގޭކަށްވެސް ނެތެވެ.

އެގޮތުން, އަވަސް އަރުވާލައިގެން ލަންކާގެ މަހުޖަނެއް ކަމަށްވާ ރާޖޫގެ ކުންފުންޏަށް މާލެ އަށް ވުރެ އެތައް ގުނައެއް ބޮޑު ބިމެއް ހިލޭ ދޫކޮށްލާ ގޮތަށް ހިއްކަން ފެށި ރަސްމާލޭގެ މިހާތަނަށް ހިއްކިފައި ވަނީ އަށް ހެކްޓަރުގެ ބިންކޮޅެކެވެ. އޭގެ ފަހުން މިހާރު އެ ތަނުގައި އެއްވެސް މަސައްކަތެއް ނުކޮށް, ޕްރޮޖެކްޓް ހުއްޓިފައި އޮންނަތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ.

ފާއިތުވި ޑިސެމްބަރުމަހުގެ 18 ވަނަ ދުވަހު ފުށި ދިއްގަރު ފަޅި ހިއްކުމުގެ މަޝްރޫޢު ފައްޓަވާ ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ އެފަޅުން ހިއްކަން ފެށީ 1،153 ހެކްޓަރުގެ ބިމެއް ކަމަށެވެ. އަދި ހިއްކުމުގެ މަޝްރޫޢު 8 މަސްތެރޭ ހިއްކާ ނިމާނެކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވެފައި ވެއެވެ.

މިއަދު މި ފަށާ ގޮތަށް… 8 މަސް ތެރޭ އަޅުގަނޑުމެންނަށް ހިއްކާ ނިންމާލެވޭނެ މި ދެންނެވި ވަރުގެ ސަރަހައްދެއް.

ރައީސް މުއިއްޒު ވިދާޅުވެފައިވެ އެވެ.

މާލެ ސަރަޙައްދުގެ ތޮއްޖެހުމާއި، މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަން ޙައްލުކުރުމަކީ މި ސަރުކާރުގެ އެންމެ މުހިންމު އެއް ވަޢުދެވެ. މިކަމުގައި މުއިއްޒު ގެންގުޅުއްވާ އެންމެ ބޮޑު ތަޞައްވުރަކީ މާލޭ ކައިރީގައި އޮތް ފުށިދިއްގަރު ފަޅު ހިއްކައި އާބާދުކުރުމެވެ.

މިގޮތުން، 1153 ހެކްޓަރުގެ ބިން (ހުޅުމާލޭގެ ގާތްގަޑަކަށް ތިން ގުނަ ބޮޑު ސަރަޙައްދެއް) ފުށިދިއްގަރު ފަޅުން ހިއްކާނެކަމަށް މުއިއްޒު ވިދާޅުވެފައި ވެއެވެ. މިއީ މިހާތަނަށް ރާއްޖޭގައި ހިންގާ އެންމެ ބޮޑު ބިން ހިއްކުމުގެ މަޝްރޫޢެވެ. އަދި މި މަޝްރޫޢު ނިމިގެން ދާއިރު ގޯއްޗާއި ފްލެޓް ހިމެނޭގޮތަށް 65,000 ހައުސިންގ ޔުނިޓް ތަރައްޤީ ކުރުމަށް ސަރުކާރުން ރާވާފައިވެއެވެ.

އެހެންނަމަވެސް މިމަސައްކަތް ކުރިޔަށް ގެންދިއުމަށް ރާވާފައިވަނީ، ހުޅުމާލޭން 10 ހެކްޓަރުގެ ބިމާއި ފުށިދިއްގަރުފަޅުން ހިއްކާ ބިމުން 60 ހެކްޓަރު ސްރީލަންކާގެ ސީއެމްސީއަށް 99 އަހަރަށް ދީގެން ކަމަށް އެޗްޑީސީން ބުނެފައި ވެއެވެ.