ޚަބަރު

އެޗްޑީސީގެ ޕޯޓަލްގެ އެކްސެސް ފަޒުލްގެ އިތުރުން އޭނާއާއި ގާތް ތިން މުވައްޒަފެއްގެ އަތުގައި އެކަނި އޮންނަ ގޮތަށް ހަމަޖައްސައިފި! ބޭނުމަކީ މުވައްޒަފުންނަށް ސިއްރުން ފަޒުލް ބޭނުންވާ ގޮތަށް ބޮޑެތި ކޮރަޕްޝަން ހިންގުން!

ދިޔަވަރު
އެޗްޑީސީގެ ޕޯޓަލްގެ އެކްސެސް ފަޒުލްގެ އިތުރުން އޭނާއާއި ގާތް ތިން މުވައްޒަފެއްގެ އަތުގައި އެކަނި އޮންނަ ގޮތަށް ހަމަޖައްސައިފި! ބޭނުމަކީ މުވައްޒަފުންނަށް ސިއްރުން ފަޒުލް ބޭނުންވާ ގޮތަށް ބޮޑެތި ކޮރަޕްޝަން ހިންގުން!

އެޗްޑީސީގެ ޕޯޓަލްގެ އެކްސެސްގައި ފަޒުލްގެ އިތުރުން އޭނާއާއި ގާތް, އެކުންފުނީގެ ތިން މުވައްޒަފެއްގެ އަތުގައި އެކަނި އޮންނަ ގޮތަށް ހަމަޖައްސައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި, އެޗްޑީސީގެ ޕޯޓަލްގެ އެކްސެސް ލިމިޓް ކޮށްފައިވަނީ, ފަޒުލްގެ އަންހެނުންނަށް ހުޅުމާލެއިން ބޮޑު ބިމެއް ވަގަށް ދިން މައްސަލައާއި ގުޅިގެން އެކުންފުނީގައި ފަޒުލް ހިންގަމުންދާ ތަހުގީގުގެ އިތުރުން, މުވައްޒަފުންނަށް ސިއްރުން ފަޒުލް ބޭނުންވާ ގޮތަށް އެކުންފުނީގައި ބޮޑެތި ކޮރަޕްޝަން ހިންގުމަށް މަގުފަހި ކުރުމުގެ ގޮތުންނެވެ.

"ދިޔަވަރު އޮންލައިން" މައުލޫމާތު ދިން އެޗްޑީސީގެ އިސް އޮފިޝަލަކު ވިދާޅުވީ, އެޗްޑީސީގެ ޕޯޓަލްގެ އެކްސެސް ލިމިޓް ކުރުމަށްފަހު, ފަޒުލްވަނީ, ސަރުކާރު ބަދަލުވިއިރު, ނުވިކި އިންކަމަށް އެޗްޑީސީގެ ޕޯޓަލްއިން ފެންނަން އިން 20 ޕްލޮޓް މިހާރު ޕޯޓަލްއިން ނަގާ, ހުރިހާ ބިންތަކެއް ވިކިފައިވާކަމަށް ހަދާފައެއެވެ.

އެގޮތުން މިހާރު އެޗްޑީސީގެ ޕޯޓަލްއިން އެއްވެސް ބިމެއް ގަނެވެން އިންކަމަކަށް ނުދައްކައެވެ.

އަދި އޭގެ އިތުރުން ބައެއް ފަރާތްތަކަށް ބިޑްގެ އުސޫލުން ކާމިޔާބުވެފައި ހުރި ބިންތައްވެސް ފަޒުލްވަނީ ވަކިވަރަކަށް ފައިސާ ދައްކާފަ ހުއްޓާ އެތަންތަންވެސް އަތުލާ އެތަންތަން ގަންނަން ފައިސާ ދެއްކި މީހުންނަށް ފައިސާ އަނބުރާ ނުދީ ބިންވެސް އަތުލާފައިކަމަށްވެސް "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދިން އޮފިޝަލް ވިދާޅުވިއެވެ.

ވެރިކަމަށް 4 މަސްވެގެން ދާއިރު އަދިވެސް އެއިން އެއްވެސް ފައިސާއެއް އެމީސް މީހުންނަށް ނުދީ ފަޒުލް ދަނީ އޭނަގެ އަންހެނުންނާއި އާއިލާ މީހުންގެ ނަމުގަ ދޮގު މުއްދަތަށް ބަހާލައިގެން ފައިސާ ދައްކާގޮތަށް ބިންތައް އެމީހުންނަށް ދެމުން.

އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅިވީ އެކުންފުނީގެ ޕޯޓަލްގެ އެކްސެސް ލިމިޓް ކުރި މިއުސޫލުން ވައްކަންތައް ކުރުމުގެ މަގުސަދުގައި ކަމުގައެވެ.

އެޗްޑީސީގެ އެމްޑީ ފަޒުލް ރަޝީދުގެ އޭނާގެ އަންހެނުންނަށް ހުޅުމާލެއިން ނުއަގުގަ, ވަގަށް ބިން ދިންކަން ލީކު ކުރިކަމުގެ ތުހުމަތުގައި އެކުންފުނީގެ ފިނޭންސް އަދި ސޭލްސްގައި މަސައްކަތް ކުރާ 5 މުވައްޒަފަކު ވަޒީފާއިންވެސް ވަކިކޮށް, މި ރޯދަމަހު އެ މުވައްޒަފުން މަގުމަތި ކޮށްލާފައެވެ.

"ދިވަޔަރު އޮންލައިން"އަށް މައުލޫމާތު ދިން އެޗްޑީސީގެ އޮފިޝަލް ވިދާޅުވީ ފަޒުލް އަދިވެސް ގެންދަނީ އޭނާގެ އަންހެނުންނަށް ދިން ބިމާއި ގުޅޭ ލިޔެކިޔުންތައް ސިއްރު ކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުން ކަމުގައެވެ. އޭގެ ތެރޭގައި އޭނާގެ އަންހެނުންނަށް ނުއަގުގައި, ވަގަށް ބިން ދިނުމަށް ސޮއިކޮށްފައިވާ އެއްބަސްވުމާއި, އަދި އަންހެނުންނަށް ބިން ކަށަވަރުކުރުމަށް ފަޒުލް ކުންފުނީގެ ބޯޑަށް ހުށަހެޅި ލިޔެކިޔުންތަކާއި އަދި އެނޫންވެސް ބިން ދިނުމާއި ގުޅުންހުރި ފައިސާގެ މުއާމަލާތްތައް ހިމެނޭ ލިޔެކިޔުންތައް ހިމެނޭކަމަށްވެސް "ދިވަޔަރު އޮންލައިން"އާއި ވާހަކަ ދައްކަވަމުން އެޗްޑީސީގެ އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވީ ވަކި ކުރި މުވައްޒަފުންނަކީ އެ މައްސަލައާއި އެއްވެސް ގުޅުމެއް ނެތް މުވައްޒަފުން ކަމުގައެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ލިޔެކިޔުންތަކުން އެނގެންހުރި ގޮތުގައި ފަޒުލް އޭނާގެ އަންހެނުން ޒުލްފީނާ ރަޝީދަށް ދީފައިވަނީ 2,146 އަކަފޫޓުގެ ބޮޑު ބިމެކެވެ.

މި ބިމުގެ އަސްލު އަގަށް ބަލާއިރު 5 އަހަރު ދުވަހުގެ ތެރޭގައި 11،705،442.84 ރުފިޔާ ފަޒުލްގެ އަންހެނުން އެޗްޑީސީއަށް ދައްކަން ޖެހޭނެއެވެ. އެގޮތުން 60 މަހަށް (5 އަހަރަށް) ބަހާލުމުން މަހަކަށް އެޗްޑިސީއަށް ދައްކަން ޖެހޭ އަދަދުގެ ގޮތުގައި ޖެހޭނީ މަހަކަށް 242،977 ރުފިޔާއެވެ.

އެހެންނަމަވެސް ފަޒުލްވަނީ މިއަގުން %20 އުނިކޮށް, އޭނާގެ އަންހެނުން މަހަކަށް އެޗްޑީސީއަށް ދައްކަންޖެހޭ އަދަދަކީ 185،336.18 ރުފިޔާ ކަމުގައި ހަމަޖައްސާ ދީފައެވެ.

އެޗްޑީސީގެ ބައެއް މުވައްޒަފުން “ދިޔަވަރު އޮންލައިން”އަށް ކިޔައިދިން ގޮތުގައި, ބޯޑަށް ހުށަހެޅުމަށް, %20ގެ ޑިސްކައުންޓުގައި ޕޭމަންޓް ޕްލޭން ހެދުމަށް އެޗްޑީސީގެ މުވައްޒަފުންނަށް ފަޒުލްވަނީ މަޖުބޫރު ކޮށްފައެވެ. މުވައްޒަފުންނަށް ފަޒުލް މަޖުބޫރުކޮށްފައިވަނީ އެގޮތަށް ޕޭމަންޓް ޕްލޭން ތައްޔާރު ނުކޮށްފިނަމަ, އެ މުވައްޒަފުން ސިޓީ ކައުންސިލަސް ބަދަލުކުރާނެކަމުގެ އިންޒާރު ދީގެންކަމަށްވެސް އެޗްޑީސީގެ ކަމާއި ގުޅުންހުރި މުވައްޒަފުން “ދިޔަވަރު އޮންލައިން”އަށް ކިޔައިދީފައި ވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަގުހެޔޮކޮށް ފަޒުލްގެ އަނބިކަބަލުންނަށް ބިން ދިނުމަށް, އެޗްޑީސީގެ މުވައްޒަފުންނަށް މަޖުބޫރުކޮށްގެން ހެދި ޕޭމަންޓް ޕްލޭން މިހާރު އެޗްޑީސީގެ ބޯޑުންވަނީ ފާސްވެސް ކޮށްފައެވެ. އަދި މި ޕޭމަންޓް ޕްލޭންގެ އެއްބަސްވުމުގައި ފަޒުލްގެ އަނބިކަބަލުން ވަނީ ސޮއިވެސް ކޮށްފައެވެ.

ފަޒުލްގެ އަނިކަނބަލުންނަށް ބިމެއް ދޫކޮށްފައިވަނީ ސިވިލް ކޯޓުން ނިންމާފައިވާ ނިންމުމަކާއި ގުޅުވައިގެންނެވެ. އެހެންނަމަވެސް ސިވިލް ކޯޓުގެ ހުކުމުގައި, ނުއަގުގައި އެޗްޑީސީން ބިމެއް ދޭންޖެހޭނެކަމަށް ބަޔާން ކޮށްފައެއް ނުވެއެވެ.

އަދި ދައުލަތާ ދެކޮޅަށް ކޯޓުން ނިންމާ ނިންމުންތަކަށް ދައުލަތުން އަމަލުކުރަންޖެހޭ އުސޫލަކީ އިސްތިއުނާފީ ހުރިހާ މަރުހަލާތަކެއް ކަޑައްތު ކުރުމުންކަމަށް ވީނަމަވެސް, ފަޒުލްވަނީ މިމައްސަލަ އިސްތިއުނާފީ ކޯޓުތަކަށް އެޗްޑީސީން ގެންދިއުން މަނާކޮށްފައެވެ.

ފަޒުލް އެޗްޑީސީގެ ލޯޔަރުންނަށް މަޖުބޫރުކޮށްގެން, މައްސަލަ އިސްތިއުފް ވިޔަނުދިނީ, އޭނާގެ އަންހެނުންނަށް ނުއަގުގައި, ދައުލަތަށް ގެއްލުންވާގޮތަށް ބިން ދިނުމުގެ ބޭނުމުގައިކަމަށް “ދިޔަވަރު އޮންލައިން”އާއި ވާހަކަ ދެއްކެވި އެޗްޑީސީގެ އޮފިޝަލް ވިދާޅުވިއެވެ.

އެޗްޑީސީގެ އެމްޑީކަމަށް ރައީސް މުއިއްޒު އައްޔަން ކޮށްފައިވާ ފަޒުލް ރަޝީދަކީ ދައުލަތުގެ ކުންފުނިތަކުގެ އެމްޑީންގެ ތެރެއިން އެންމެ ކޮރަޕްޓް އެމްޑީއެެވެ. އެގޮތުން އޭނާވަނީ ދާދިފަހުން ބޭއްވުނު ޕީއެންސީގެ ޕްރައިމަރީގައި އޭނާގެ ދައްތައަށް ޕްރައިމަރީ ކާމިޔާބުކޮށްދިނުމަށް އެޗްޑީސީން ގިނަ އަދަދެއްގެ ވަޒީފާތައްވެސް ދީފައެވެ.

އަދި އޭނާ ގެންދަވަނީ އެޗްޑީސީގެ އެމްޑީގެ މަގާމުގެ ހައިސިއްޔަތުން ރައީސުލްޖުމޫރިއްޔާއަށް ލިބޭ މުސާރައަށްވުރެ ބޮޑު މުސާރައެއް ނަގަމުންނެވެ.