ކުޑަ ކުދިންނާއި ބެހުމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ 5 މީހަކު މުއިއްޒުގެ އަމުރަށް އިންތިހާބާއި ދިމާކޮށް ވަނީ ދޫކޮށްލާފައެވެ. މީގެ ތެރޭގައި، އަބްދުﷲ ރިޔާޒްގެ ބޭބެ އަހްމަދު ރިޔާޒު، މަޖިލީސް އިންތިހާބަށް ކުރިމަތި ލާފައިވާ، ތިމަރަފުށީ ދާއިރާ އިން ލިބެން ހުރި ވޯޓު ތަކެއްގެ ބޭނުމުގައި ދޫކޮށްފައިވާ އަބްދުލް ވައްހާބު ކިޔާ ފަރާތަކާއި، ބާރަށު ދާއިރާއަށް ކުރިމަތިލާ މުއިއްޒުގެ ކެންޑިޑޭޓް އިބްރާހިމް ޝުޖާޢު އަށް ވޯޓު ހޯދުމަށް ވަނީ ކުޑަ ކުއްޖަކު ރޭޕް ކޮށްފައިވާ ފަރާތެއް ދޫ ކޮށްލާފައެވެ.
މީގެ އިތުރުން މާލޭގެ ދާއިރާއަކަށް ނިސްބަތްވާ މުއިއްޒުގެ ކެންޑިޑޭޓަކަށް ވޯޓު ހޯދުމަށް ކުޑަ ކުއްޖަކާއި ބެހިގެން ހައްޔަރު ކޮށްފައި ވާ ފަރާތެއް ވަނީ ދޫކޮށްފައެވެ. މީގެ އިތުރަށް އަދި އިތުރު ފަރާތެއްވެސް މަޖިލިސް އިންތިހާބަށް ވޯޓު ހޯދުމަށް މުއިއްޒު ވަނީ ދޫކޮށްލާފައެވެ.
މި އެންމެންނަކީ ރިޔާސީ އިންތިހާބުގައި ދޫކޮށްފި ނަމަ، ރައީސް ސޯލިހް އަށް ވޯޓު ދޭނެ ކަމަށް ބުނެ، އެކަމަށް އެދިގެން އެ އާއިލާތަކުން ގިނަ މަސައްކަތް ތަކެއް ކޮށްފައިވާ ފަރާތްތަކެވެ. ނަމަވެސް ރައީސް ސޯލިހް ވަނީ ކުޑަ ކުދިންނާއި ބެހިގެން ހައްޔަރުގައި މިގޮތަށް ތިބި އެއްވެސް ފަރާތެއް ވޯޓުގެ ދަހިވެތި ކަމުގައި ދޫ ކުރުމަށް ދެކޮޅު ހައްދަވާފައެވެ.
ކުޑަކުދިންނާއި ބެހިފައިވާ ފަރާތްތައް ވޯޓުގެ ދަހިވެތި ކަމުގައި މުއިއްޒު މުޖުތަމަޢު އަށް ދޫކޮށްލުމުން، މިކަމާއި ގުޅިގެން ސޯޝަލް މީޑިޔާގައި މުއިއްޒަކީ "އީވިލް" ނުބައި ނުލަފާ މީހެއް ގޮތުގައި ސިފަ ކޮށްފައިވެއެވެ.
ކުޑަ ކުދިންނަކީ މާތްﷲ ހަޒުރަތުގައި މައުސޫމު ބައެކެވެ. އެމީހުންނަށް ޖިންސީ ގޮތުން އަނިޔާ ކުރުމަކީ ދުނިޔޭގައި ވާ އެންމެ ނުބައި ކުށް ތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. އަދި އެފަދަ ނުބައި ކުށެއް އަދި ފާފައެއް ކޮށްފައިވާ ފަރާތްތަކެއް މުޖުތަމަޢުއަށް މިނިވަން ކޮށް އިތުރު މައުސޫމް ކުޑަ ކުދިންތަކެއް ޝިކާރު ކުރުމަށް މުއިއްޒު ދޫކޮށްލި ދޫކޮށްލުމަކީ އަނިޔާވެރި ވެރިއެއްގެ ފަރާތުން ރާއްޖޭގެ ކުޑަ ކުދިންނަށް، ރައްކާތެރި ކަމެއް ނެތްކަން ޔަގީން ކޮށްދޭ ކަމެކެވެ. ވެރިކަމުގެ ދަހިވެތި ކަމުގައި މުއިއްޒު ނުކުރާނެ ކަމެއް ނެތެވެ.