ޚަބަރު

މަޖިލީސް އިންތިހާބަށް 150 އަށް ވުރެ ގިނަ ރަށަށް މުއިއްޒު ވަޑައިގަތުމަށް 90 މިލިއަން ރުފިޔާ ދައުލަތުން ޚަރަދު ކޮށްފި! މިއީ ސޯލިހްގެ ސަރުކާރުގައި ދުވަހަކުވެސް ކުރެއްވި ކަމެއް ނޫން! ދައުލަތުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުން ކުރުމަކީ ބޮޑު ފާފައެއް!

ދިޔަވަރު
މަޖިލީސް އިންތިހާބަށް 150 އަށް ވުރެ ގިނަ ރަށަށް މުއިއްޒު ވަޑައިގަތުމަށް 90 މިލިއަން ރުފިޔާ ދައުލަތުން ޚަރަދު ކޮށްފި! މިއީ ސޯލިހްގެ ސަރުކާރުގައި ދުވަހަކުވެސް ކުރެއްވި ކަމެއް ނޫން! ދައުލަތުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުން ކުރުމަކީ ބޮޑު ފާފައެއް!

މަޖިލީސް އިންތިހާބަށް ކެމްޕެއިން ކުރުމަށް ދައުލަތުގެ ޚަރަދުގައި 150 އަށް ވުރެ ގިނަ ރަށަށް ވަޑައިގަތުމަށް 90 މިލިއަން ރުފިޔާ ޚަރަދު ކުރައްވައިފިއެވެ. މިއީ ރައީސް ސޯލިހްގެ ސަރުކާރުގައި ދުވަހަކުވެސް އެމަނިކުފާނު ކުރެއްވި ކަމެއް ނޫނެވެ. ރައްޔިތުންގެ ގާތަށް ހާލުބަލަން ދަތުރު ކުރައްވަނީ ކަމަށް ބުނެ އޮޅުވާލައިގެން އެއްވެސް އިންތިހާބަކަށް ކެމްޕެއިން ކުރުމަށް ދައުލަތުގެ ފައިސާ، ރައީސް ސޯލިހް މިގޮތަށް ނަހަމަ ގޮތުގައި ބޭނުން ކޮށްފައެއް ނުވެއެވެ.

ރައީސް ސޯލިހް މިގޮތަށް އަމަލު ކުރައްވާފައި ނުވާއިރު، ރައީސް މުއިއްޒު އަކީ އިސްލާމް ދީން ނަގަހައްޓާ ފަރާތެއް ކަމަށް ދައްކައިގެން ވެރިކަމަށް އައިސް، ކަނޑައެޅިގެން ދައުލަތުގެ ފައިސާ ހަރާމް ގޮތުގައި އަމިއްލަ ބޭނުމަށް ބޭނުން ކުރުމަކީ މާﷲ ނަހީ ކުރައްވާފައިވާ ބޮޑު ފާފައެކެވެ. ރައީސް ސޯލިހް އަށް ދައުލަތުގެ ފައިސާ އެގޮތަށް ބޭނުންފުޅު ކުރެއްވުމަށް ކެރިވަޑައި ނުގަތީ އެފަދަ ފާފައަކަށް އަރައިގަތުމަށް ބޭނުންފުޅު ނުވާތީއެވެ. ނަމަވެސް، އެއްވެސް ބިރެއް ނެތި މުއިއްޒު ދަނީ މި ބަރަކާތްތެރި މަސްސަރުގައި ވެސް، ރައްޔިތުންގެ ފައިސާއިން ކެމްޕެއިނަށް ޚަރަދު ކުރައްވަމުންނެވެ.

މި ދަތުރުގައި ވެރިކަން ކުރާ ޕީއެންސީގެ ކެންޑިޑޭޓުންނާއި 'ސަރުކާރުގެ' އެހެނިހެން ކެންޑިޑޭޓުންނަށް މުއިއްޒ ކެމްޕޭން ކުރައްވައެވެ. އަދި އެފަރާތްތަކަށް ވޯޓު ލުމަށް އެދި ރަށްރަށުގައި ވާހަކަވެސް ވަނީ ދައްކާފައެވެ.