ޚަބަރު

ޕީއެންސީގެ ވައިކަރަދޫ ކެނޑިޑޭޓް އެދާއިރާގެ އެމްޑީޕީގެ މެމްބަރަކަށް މަރުގެ އިންޒާރު ދީފި! ފުލުހުން އަޅައެއް ނުލި!

ދިޔަވަރު
ޕީއެންސީގެ ވައިކަރަދޫ ކެނޑިޑޭޓް އެދާއިރާގެ އެމްޑީޕީގެ މެމްބަރަކަށް މަރުގެ އިންޒާރު ދީފި! ފުލުހުން އަޅައެއް ނުލި!

ޕީއެންސީގެ ޓިކެޓްގައި ވައިކަރަދޫ ދާއިރާއަށް ވާދަކުރާ މުހައްމަދު ޝަމްއޫނު އެދާއިރާގެ އެމްޑީޕީގެ ޒުވާނަކަށް މަރުގެ އިންޒާރު ދީފިއެވެ.

ވައިކަރަދޫއަށް ނިސްބަތްވާ ޒުވާނެއް ކަމުގައިވާ އަލީ އާސިމް އޭނާގެ ފޭސްބުކުގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ވައިކަރަދޫ ދައިރާއަށް ކުރިމަތި ލާފައިވާ ޝަމްއޫންވަނީ އޭނާގެ ބޭބެ (އާސިފް) މަރާލާނެކަމަށް ބުނެ އެ މެސެޖު އޭނާ ބޭބެއަށް ފޯރުކޮށް ދިނުމަށް އޭނާގުތުގައި ބުނެފައެވެ.

އަލީ އާސިމް އޭނާގެ ފޭސްބުކުގައި ލިޔެފައިވަނީ, އެމްޓީސީސީއަށް ގުޅާފަ އޭނާގެ ބޭބެ ވަޒީފާއިންވެސް ވަކިކުރެވިދާނެކަމަށް ޝަމްޢޫން ބުނެފައި ވެއެވެ. އެހެންނަމަވެސް އެކަން ކުރަން ބޭނުން ނުވާކަމަށް ބުނެ, އޭނާ ބޭނުންވަނީ އޭނާގެ ބޭބެ މަރާލަންކަމަށް ބުނެގައިވާކަމަށްވެސް އަލީ އާސިމް ލިޔެފައި ވެއެވެ. އަދި ޝަމްއޫން މަޖިލީހަށް ހޮވުނަސް, ނުހޮވުނަސް އެކަން ކުރާނެކަމަށް ޝްމްއޫން ބުނެފައިވާކަމަށް އަލީ އާސިމް ލިޔެފައި ވެއެވެ.

މަ ބޭނުންނަމަ ޒިޔާދު (އެމްޓީސީސީގެ ސީއީއޯ)އަށް ގުޅާފަ އާސިފް ވަޒީފާއިން މިއަދުވެސް ވަކި ކުރެވިދާނެ, ނަމަވެސް ނުކުރާނަން. ސަބަބަކީ މަ ބޭނުންވަނީ މި އިންތިޚާބު ނިމުމުން, މަ ހޮވުނަސް ނުހޮވުނަސް އޭނަ ޝިފްޓް ޑިލީޓް ކޮށްލަން. ސާފުކޮށް މި ބުނަނީ މަރާލާނަން, ކަލޭމެންނަށް އަދި މަމީ ކާކުކަން ނޭނގިގެން ތިއުޅެނީ.

އަލީ އާސިމްގެ ބޭބެ އާސިފްއަށް ބިރު ދެއްކުމުގެ އިންޒާރު ދެމުން ޝަމްއޫން ބުނެފައި ވެއެވެ.

ކުރިޔަށް އޮތް މަޖިލިސް އިންތިޚާބުގައި ޕީއެންސީގެ ޓިކެޓްގައި ވާދަކުރާ ޝަމްއޫންއަކީ ވައްކަމާއި ޑްރަގް ވިއްކުމުގެ ރެކޯޑް އޮންނަ މީހެކެވެ.

އެގޮތުން ވައްކަމުގެ ކުށް ސާބިތުވެ އޭނާ ޖަލުހުކުމެއް ތަންފީޒު ކޮށްފައި ވެއެވެ. އޭނާ ވައްކަން ކޮށްގެން ޖަލަށް ލާފައިވަނީ 2007 ވަނަ އަހަރު ސަލްޓަންްސް އޮފްދަ ސީސްގެ މެރިން ޓެކްސީސްގެ ތަތްގަޑެއް ޖަހައިގެން ކުލިކް ކޮމްޕިއުޓާސްއިން ދެ ލެޕްޓޮޕް މަކަރާއި ހީލަތުން ނެގުމުގެ ކުށުގައެވެ. އެ މަސައްލާގައި އޭނާގެ މައްޗަށް ހުކުމް ކޮށްފައިވަނީ 9 މަހާއި 18 ދުވަހަށް އޭނާ ޖަލަށް ލުމަށެވެ.

އޭގެ އިތުރުންވެސް ޝަމްއޫންއަކީ މަސްތުވާތަކެތި ވިއްކުމުގެ ކުށް ސާބިތުވެ ޖަލަށް ލާފައިވާ މީހެކެވެ. އޭނާ މިނިވަން ކޮށްފައިވަނީ ރައީސް ޔާމިންގެ ވެރިކަމުގައި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ދިމާކޮށެވެ.

އޭނާއަކީ ގިނަ ކުށްތަކުގެ ރެކޯޑް އޮންނަ ފަރާތެކެވެ. އެގޮތުން ތިރީގައި މިވަނީ އޭނާގެ މައްޗަށް މިހާތަނަށް ތަންފީޒު ކޮށްފައި އިތުރު ބައެއް ހުކުމްތަކުގެ ބައެއް ތަފްސީލެވެ.

  1. އަމުރަށް ނުކިޔަމަންތެރިވުން: 150 ރުފިޔާއިން ޖުރިނަމާ ކުރުން
  2. އެކްސިޑެންވުމުން ކަމާބެހެ ފާރާތްތަކަށް ނާންގާ ހުރުން (ފިލައިގެން ދިއުން): 3 މަސްދުވަހަށް ގޭބަންދު ކުރުން
  3. ދޮގު ހެކި ދިނުން: 4 މަސްދުވަހަށް އަރުވާލުން

ޕީއެންސީގެ ޓިކެޓްގައި ކުރިޔަށް އޮތް މަޖިލިސް އިންތިޚާބަށް ގޭންގް ސްޓާރުންނާއި, ޖިނާއީ ބޮޑެތި ކުށްތައް ކޮށްފައިވާ މީހުން ވާދަކުރަމުންދާކަން ފާހަގަ ކޮށްލެވެއެވެ.

ޕީއެންސީގެ ކެނޑިޑޭޓް އެމްޑީޕީގެ ޒުވާނަކަށް މަރުގެ އިންޒާރު ދިން މައްސަލާގައި ފުލުހުން އަދި އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.