ޚަބަރު

އެމްޕީއެލް އިން ދައުލަތުގެ ޚަރަދުގައި އަދުރޭ އަށް ކެމްޕެއިން ހަރަކާތެއް ބާއްވަދީފި

ދިޔަވަރު
އެމްޕީއެލް އިން ދައުލަތުގެ ޚަރަދުގައި އަދުރޭ އަށް ކެމްޕެއިން ހަރަކާތެއް ބާއްވަދީފި

ލ. ގާދޫގައި އެމްޕީއެލް އިން ދައުލަތުގެ ޚަރަދުގައި އަދުރޭ އަށް ކެމްޕެއިން ހަރަކާތެއް ބާއްވަ ދީފިއެވެ. ގާދޫގައި މެރިޓައިމް ހަބެއް އަޅާނެ ކަމުގެ ޔަގީން ކަން ދީ، ރައްޔިތުން ހެއްދުމަށް އެ އަތޮޅު ފޮނަދޫގައި އިއްޔެ ބޭއްވި މި ކެމްޕެއިން ހަރަކާތުގައި އެންމެ އިސްވެ އިންނެވީވެސް އެ ދާއިރާއަށް ވާދަ ކުރައްވާ ކެންޑިޑޭޓު އަބްދުއްރަހީމް އަބްދުﷲ (ޓިނު އަދުރޭ) އެވެ.

މުއިއްޒުގެ ސަރުކާރުން ދަނީ ދައުލަތުގެ ފައިސާއިން، ކެމްޕޭން ކުރަމުންނެވެ. މިއީ ކޮރަޕްޝަނެވެ. އަދި ދައުލަތުގެ ފައިސާއާއި ވަސީލަތްތައް އެއްވެސް ސަރުކާރަކުން ނަހަމަ ގޮތުގައި ބޭނުން ނުހިފާ ވަރަށް މުއުއްޒުގެ ސަރުކާރުން ދަނީ ބޭނުން ކުރަމުންނެވެ.

އެމްޕީއެލް އިން ބުނީ އެ ބައްދަލުވުމަކީ ހަބުގެ މައުލޫމާތު ރައްޔިތުންނަށް ދޭން ބޭއްވި ބައްދަލުވުމެއް ކަމަށެވެ. އަދުރޭ އާއި އެކު ފޮނަދޫ ދާއިރާއަށް ފަސް ކެންޑިޑޭޓަކު ވާދަ ކުރެ އެވެ. އެއީ އިދިކޮޅު އެމްޑީޕީގެ ހުސެއިން އަބޫބަކުރާއި ދަ ޑިމޮކްރެޓްސްގެ އަޒްލިފާ ޔޫސުފާއި އަމިއްލަ ގޮތުން ވާދަ ކުރާ އިބްރާހިމް އަނީސް އާއި އައިމިނަތު ޝާކިރާ އެވެ. 

ގާދޫއަކީ ހިމާޔަތްކޮށްފައި އޮންނަ ރަށެކެވެ. އެ ރަށުގައި ބަނދަރު އަޅަން ނިންމުމުން ތިމާވެށީގެ ދިފާއުގައި މަސައްކަތް ކުރާ ޖަމިއްޔާތަކުން ވަނީ ކަންބޮޑުވުން ވެސް ފާޅުކޮށްފަ އެވެ.