ޚަބަރު

މުއިއްޒުގެ އެންގުމަށް ތ. ވޭމަންޑޫއިން ދޫކޮށްލި, އަމިއްލަ ކާފަދަ ދަރިއާ ބެހުނު މީހާ ހައްޔަރު ނުކޮށް ބަހައްޓާފަ, އޭނާ ދޫކޮށްފަ ބެހެއްޓުން މުއިއްޒު ކުށްވެރިކޮށްފި! ހުރިހާ ކަމެއްގައިވެސް މުއިއްޒު ދައްކަމުން ދަނީ މުނާފިގުކަމުގެ ސިފަ!

ދިޔަވަރު
މުއިއްޒުގެ އެންގުމަށް ތ. ވޭމަންޑޫއިން ދޫކޮށްލި, އަމިއްލަ ކާފަދަ ދަރިއާ ބެހުނު މީހާ ހައްޔަރު ނުކޮށް ބަހައްޓާފަ, އޭނާ ދޫކޮށްފަ ބެހެއްޓުން މުއިއްޒު ކުށްވެރިކޮށްފި! ހުރިހާ ކަމެއްގައިވެސް މުއިއްޒު ދައްކަމުން ދަނީ މުނާފިގުކަމުގެ ސިފަ!

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ތިމަރަފުށި ދާއިރާއަށް ވާދަކުރަމުންދާ, ރައީސް މުއިއްޒުގެ ތާއީދުއޮތް ތިމަރަފުށީ އަހުމަދު ރިޔާޒަށް ވޯޓު އިތުރުކުރުމުގެ ބޭނުމުގައި, ދޫކޮށްލާފައިވާ, އަމިއްލަ ކާފަދަރިއާއި ބެހުނު, ތ. ވޭމަންޑޫ އަބުދުލްވައްޙާބު އަބުދުالله ރަށުތެރެއަށް ދޫކޮށްފައި ބެހެއްޓުމަށްފަހު, އޭނާ ދޫކޮށްފަ ބެހެއްޓުމަކީ ބަލައިގަންނަ ކަމެއް ނޫންކަމަށް ވިދާޅުވެ މުއިއްޒު ޓުވީޓު ކޮށްފިއެވެ.

އަމިއްލަ ކާފަ ދަރިފުޅަށް ޖިންސީ ގޯނާކޮށްގެން ހައްޔަރުކޮށްފައިހުރި ތ. ވޭމަންޑޫ އަބުދުލްވައްޙާބު އަބުދުالله ދޫކޮށްލާފައިވަނީ ފާއިތުވި ހަފްތާގައެވެ. ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓުން އޭނާ ދޫކޮށްލާފައިވަނީ އަހުމަދު ރިޔާޒަށް ވޯޓު ހޯދުމުގެ ބޭނުމުގައި, ސިޔާސީ ނުފޫޒުންނެވެ. އަދި އޭނާ ދޫކޮށްލުމަށް ސިޔާސީ ނުފޫޒު ފޯރުވާފައިވަނީ ސީދާ ރައީސް މުއިއްޒުކަމަށް އެނގިފައި ވެއެވެ.

ތ. ވޭމަންޑޫ އިން މި މީހާ ހައްޔަރުކުރީ އުމުރުން 13 އަހަރުގެ އަންހެން ކާފަ ދަރިފުޅަށް ޖިންސީ ގޯނާކުރުމުގެ ކުށުގައެވެ. އޭނާ ހައްޔަރު ކުރީ ފާއިތުވި އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ.

އޭނާއާއި ދެކޮޅަށް އާއިލާގެ ގިނަ ބަޔަކު ދީފައިވާ ބަޔާންތައްވެސް މިހާރުވަނީ ސޯޝަލް މީޑިއާގައި އަންމުވެފައެވެ.

މި މީހާގެ މައްޗަށް ދައުވާ ކުރެވި ޝަރީއަތް ހިނގަމުން ދަނިކޮށް ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓުން މި މީހާ ދޫކޮށްލީ ޝަރުތުތަކަކާ އެކު އެވެ. ޝަރުތުތަކަކާއެކު އޭނާ ދޫކޮށްލުމާއެކު އޭނާ ދަނީ އަހުމަދު ރިޔާޒުގެ ކެމްޕޭންގައި ބައިވެރި ވަމުންނެވެ.

އެހެންނަމަވެސް ޖިންސީ ޝިކާރައަށްވި އަންހެން ކުއްޖާ ދިރިއުޅޭ ރަށަށް މި މީހާ ދޫކޮށްލުމާ ގުޅިގެން ސޯޝަލްމީޑިއާގައި އެތައް ބަޔަކު ވަނީ ރުޅިވެރިކަން ފާޅުކޮށްފައެވެ.

ޕީޖީ އޮފީހުން ބުނީ މި މީހާ ދޫކޮށްލި މައްސަލަ ހައިކޯޓުގައި ވަރަށް އަވަހަށް އިސްތިއުނާފް ކުރާނެ ކަމަށެވެ. އެހެންނަމަވެސް އަދިވެސް އެމައްސަލަ އިސްތިއުނާފް ކޮށްފައެއް ނުވެއެވެ.

މުއިއްޒު މިއަދު ކުރެއްވި އެކްސް ޕޯސްޓުގައި ވިދާޅުވީ ކުޑަކުދިީންނަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށް، ނުވަތަ ޙުކުމް ކޮށްފައިވާ މީހުންނަށް މަޢާފުދިނުން، ނުވަތަ ލުއިދީ ދޫކޮށްލުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނޭ ކަމެއްނޫން ކަމަށެވެ.

މިގޮތަށް ނިންމާ ނިންމުންތައް ލަސްނުކޮށް އިސްތިޢުނާފު ކުރުމަށް ސަރުކާރުން ޕީޖީ ގައި މިދަނީ ދަންނަވަމުން. މި ދިވެހި މުޖުތަމަޢަކީ އެފަދަ ނުބައި ފަރާތްތަކުގެ ނުބައި ވަކިތަކުން ސަލާމަތްވެފައިވާ މުޖުތަމަޢަކަށް ހެދުމަށް އެންމެން އެކުގައި މަސަކަތް ކުރަމާތޯ!

މުއިއްޒުގެ އެކްސް ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

އެހެންނަމަވެސް, އަމިއްލަ ކާފަދަރިއަށް ޖިންސީ ގޯނާކުރި މީހާ ފާޅުގައި ކެމްޕޭންގައި ބައިވެރިވުމަށް ފުރުސަތު ފަހިކޮށްދީންގެ, އޭނާ ދޫކުރުމުގައި އަމިއްލަފުޅަށް ސިޔާސީ ނުފޫޒު ފޯރުވާފައި ނުވާނެކަމަށް ދެއްކުމުގެ ގޮތުން މުއިއްޒު ޓުވީޓު ކުރުމުން ފެނިގެންދަނީ މުއިއްޒު ދައްކަވަމުން ގެންދަވާ "މިނާފިގުކަމުގެ" ސިފަ ކަމުގައިވެސް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ސަބަބަކީ, ތ. ވޭމަންޑޫ އަބުދުލްވައްޙާބު އަބުދުاللهގެ މައްޗަށް އޭނާގެ ކާފަދަރިއަށް ޖިންސީ ގޯނާ ކުރިކަމުގެ ސާފު ހެކި ހުރެފަ, އޭނާ ހައްޔަރު ކުރުމަށް އަދިވެސް މުއިއްޒު އަމުރު ކޮށްފައި ނުވާތީއެވެ. މުއިއްޒުގެ ބޭނުމަކީ, އިންތިޚާބުގެ ވޯޓުލާ ނިމެންދެން އޭނާ މުޖުތަމައަށް ދޫކޮށްފައި ބެހެއްޓުމެވެ.

ކުޑަ ކުދިންނާއި ބެހުމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ 5 މީހަކު މުއިއްޒުގެ އަމުރަށް, މަޖިލިސް އިންތިހާބާއި ދިމާކޮށް ވަނީ ދޫކޮށްލާފައެވެ. އޭގެ ތެރޭގައި، އަބްދުﷲ ރިޔާޒްގެ ބޭބެ އަހްމަދު ރިޔާޒު، މަޖިލީސް އިންތިހާބަށް ކުރިމަތި ލާފައިވާ، ތިމަރަފުށީ ދާއިރާ އިން ލިބެން ހުރި ވޯޓު ތަކެއްގެ ބޭނުމުގައި ދޫކޮށްފައިވާ އަބްދުލް ވައްހާބު އަބުދުاللهގެ އިތުރުން, ބާރަށު ދާއިރާއަށް ކުރިމަތިލާ މުއިއްޒުގެ ކެންޑިޑޭޓް އިބްރާހިމް ޝުޖާޢު އަށް ވޯޓު ހޯދުމަށް ވަނީ ކުޑަ ކުއްޖަކު ރޭޕް ކޮށްފައިވާ ފަރާތެއް ދޫ ކޮށްލާފައެވެ.

މީގެ އިތުރުން މާލޭގެ ދާއިރާއަކަށް ނިސްބަތްވާ މުއިއްޒުގެ ކެންޑިޑޭޓަކަށް ވޯޓު ހޯދުމަށް, ކުޑަ ކުއްޖަކާއި ބެހިގެން ހައްޔަރު ކޮށްފައި ވާ ފަރާތެއްވެސް ވަނީ ދޫކޮށްފައެވެ. މީގެ އިތުރަށް އަދި އިތުރު ފަރާތެއްވެސް މަޖިލިސް އިންތިހާބަށް ވޯޓު ހޯދުމަށް މުއިއްޒު ވަނީ ދޫކޮށްލާފައެވެ.