ކުޑަ ކުދިންނާއި ބެހިގެން ޖަލަށް ލާފައިވާ 4 ފަރާތެއް (މިއީ އަލުގަނޑުމެންނަށް އެނގިފައިވާ މިންވަރު) މުއިއްޒު އަންގައިގެން ކެމްޕެއިނަށް ދޫކޮށް ލުމަށް ފަހު، އެކަން ދިޔަވަރު ނޫހުންނާއި ހަސަން ކުރުސީ އާންމުންގެ ސަމާލު ކަމަށް ގެނައުމުން، ޖިންސީ ގޯނާ ކުރާ މީހުންނަށް މާފު ދިނުން ބަލައި ނުގަނެވޭނެ ކަމަށް މުއިއްޒު ބުނެފިއެވެ.
މުއިއްޒު ދޫ ކޮށްފައިވާ ކުޑަ ކުދިންނާއި ބެހިގެން ހައްޔަރު. ކޮށްފައިވާ ފަރާތްތަކަކީ، ރައީސް ސޯލިހްގެ ސަރުކާރުގައި ރިޔާސީ އިންތިހާބުގައި އެމީހުން ދޫ ނުކޮށްގެން މުއިއްޒަށް ވޯޓު ދީފައިވާ އާއިލާ ތަކެވެ. މުއިއްޒު ވެރިކަމަށް އައީ އެ މީހުން މިނިވަން ވާނެ ކަމަށް އެ އާއިލާތަކަށް ވައުދުވެގެންނެވެ. އެ ވައުދު ނުފުއްދައި، މަޖިލީސް އިންތިހާބަށް ވޯޓު ހޯދުމަށް އައުމުން އެ އާއިލާތަކުން އެކަން ވަނީ މުއިއްޒުގެ ކެންޑިޑޭޓުންނަށް ހަދާން ކޮށްދީފައެވެ.
މި ގޮތުން ވިލިމާލެ ދާއިރާގައިވެސް ކުޑަ ކުއްޖަކާއި ބެހިގެން ހައްޔަރު ކޮށްފައިވާ ފަރާތެއް މުއިއްޒުގެ އަމުރަށް ވަނީ ދޫކޮށްފައެވެ. ފާއިތުވި 5 އަހަރު ޖަލުން ނުނިކުމެވިފައި ތިބި ބަޔަކު މިހާރު ކުއްލިއަކަށް ޖަލުން ނުކުމެގެން އުޅެނީ ތިމަންނާ ކުރި ކަމަކުން ނޫން ކަމަށް ދޭހަ ވާ ގޮތަށް ރައްޔިތުންނަށް އޮޅުވާލުމަށް މުއިއްޒު ވަނީ ސޯޝަލް މީޑިޔާގައި ދޮގު ހަދާފައެވެ.
ކުޑަ ކުދިންނާއި ބެހިގެން ހައްޔަރު ކޮށްފައިވާ ފަރާތްތަކުގެ އެއްވެސް އާއިލާއަކުން، ރައީސް ސޯލިހް އަށް ވޯޓު ދީފައި ނުވެއެވެ. މި ދިޔަ ރިޔާސީ އިންތިހާބަށް އެމީހުން ދޫކޮށްލުމަށް އާއިލާތަކުން ކުރި ޑިމާންޑަށް ރައީސް ސޯލިހް އިޖާބަ ދީފައި ނުވާ އިރު، މުއިއްޒުގެ ފަރާތުން ކުޑަ ކުދިންނާއި ބެހިގެން ހައްޔަރު ކޮށްފައިވާ ފަރާތްތައް މިނިވަން ވާނެ ކަމުގެ އުއްމީދު ދީފައިވެއެވެ.
މުއިއްޒަކީ ވެރިކަމުގެ އާރާއި ބާރު ދެމެހެއްޓުމަށް ކޮންމެ ފަދަ އަނިޔާވެރި އަމަލެއްވެސް ހިންގަފާނެ ފަރާތެކެވެ.
ވޭމަންޑޫގައި 13 އަހަރުގެ ކާފަ ދަރިފުޅާ ބެހުނު ކަމަށް ބުނާ މައްސަލާގައި މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި ހައްޔަރުކުރި، 69 އަހަރުގެ ކާފަ މުއިއްޒުގެ އަމުރަށް ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓުން ވަނީ ދޫކޮށްލައިފަ އެވެ.