ޚަބަރު

ބައި ލައްކަ އަށް ވުރެ ގިނަ މީހުން މަރައި ނައްތާލުމަށް ޒީހާން ގެންގުޅޭ ހައްދުފަހަނައެޅި ފިކުރަކީ މުއިއްޒުގެ ހައްދުފަހަނަ އެޅި ޤައުމިއްޔަތުގެ ފިކުރު!

ދިޔަވަރު
ބައި ލައްކަ އަށް ވުރެ ގިނަ މީހުން މަރައި ނައްތާލުމަށް ޒީހާން ގެންގުޅޭ ހައްދުފަހަނައެޅި ފިކުރަކީ މުއިއްޒުގެ ހައްދުފަހަނަ އެޅި ޤައުމިއްޔަތުގެ ފިކުރު!

ބައި ލައްކައަށް ވުރެ ގިނަ ދިވެހި ރައްޔިތުން ތަމްސީލު ކުރާ އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ފިކުރު ނައްތާލަންޖެހޭ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީގެ ނައިބު ހަސަން ޒިހާން ވިދާޅުވުވި ވިދާޅު ވުމަކީ މުއިއްޒުގެ ޤައުމިއްޔަތުގެ ފިކުރުގެ އަސަރު ކަމުގައި ރައީސް އޮފީހުން ދިޔަވަރަށް މައުލޫމާތު ދިން ފަރާތަކުން ހާމަ ކޮށްފިއެވެ.

ދިވެހިރާއްޖެއަށް ޑިމޮކްރަސީ ތައާރަފު ކުރި ރާއްޖޭގެ ފުރަތަމަ ސިޔާސީ ޕާޓީ ނައްތާލަންޖެހޭ ކަމަށް ޒިހާން ވިދާޅުވީ، އެމްޑީޕީގެ ލޯގޯ ބަދަލުކޮށް ހެލްތު މިނިސްޓަރު އަބްދުﷲ ހަލީލް ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ޖެހި ޕޯސްޓެއް ރިކޯޓު ކުރެއްވުމަށްފަހެވެ.

"… މި ގަމާރު އެމްޑީޕީ ފިކުރު ހަމަ އެއްކޮށް ނައްތާލަންޖެހޭ،" އިނގިރޭސިބަހުން ޒިހާން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވެ އެވެ.

އެމްޑީޕީގެ ފިކުރު ނައްތާލަންޖެހޭ ކަމަށް ޒިހާން ވިދާޅުވީ އެމްޑީޕީއަށް ބޮޑެތި ތުހުމަތުތަކެއް ކުރުމަށްފަހެވެ. ނަމަވެސް އޭނާ ކުރި ތުހުމަތުތައް ކުރަންޖެހުނު ސަބަބެއް ނުވަތަ އޭގެ ހެއްކެއް ޒިހާން ނުދައްކަ އެވެ. ހަމަ އެކަނި ޒީހާނަށް ގެއްލޭ އެއްޗަކީ ޑެޕިއުޓީ މިނިސްޓަރު ކަމެވެ. ޒީހާނަށް އެ މަޤާމު މުއިއްޒު ދީފައިވަނީ އެމްއެންޑީއެފްގެ އޮފިސަރެއް ގޮތުގައި ހުންނަވައި، ޤައުމަށް ޤައްދާރުވެ، ދައުލަތުގެ ސިއްރުތަކެއް އުސޫލުން ބޭރުން ހާމަކޮށް، އެމްއެންޑީއެފްގެ އަހްލާޤީ މިންގަނޑުން ބޭރުވުމުން އެކަމުގެ ހަދިޔާއެއް ގޮތުގައެވެ.

މައި އިދިކޮޅު ފިކުރު ނައްތާލަންޖެހޭ ކަމަށް ޒިހާން ވިދާޅުވިއިރު އެމްޑީޕީއަކީ އެންމެ މެންބަރުން ގިނަ ޕާޓީ އެވެ. އެ ޕާޓީގައި 52،142 މެންބަރުން ތިބި ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ދަފުތަރުން ދައްކަ އެވެ. އެއީ ރާއްޖޭގައި އުޅޭ ދިވެހިންގެ އާބާދީގެ 13 ޕަސެންޓު މީހުންނެވެ. އޭގެ އިތުރުން، ގިނަ ޕާޓީ ހިމެނޭ ރިޔާސީ އިންތިހާބުތައް 2008 ގައި ބާއްވަން ފެށި ފަހުން އެމްޑީޕީން ދެ ފަހަރު ވެރިކަން ކޮށްފައިވެ އެވެ. މި ގޮތުން އެމްޑީޕީ އަށް ތަފާތު އިލެކްޝަން ތަކުގައި އެއްލައްކަ އަށް ވުރެ ގިނަ ވޯޓު ލިބިފައިވާ އިރު، މި އެންމެންނަކީ އެމްޑީޕީގެ ފިކުރުގެ މީހުންނެވެ.

މުއިއްޒުގެ ޤައުމިއްޔަތުގެ ފިކުރުގައި މުއިއްޒުގެ ފިކުރު ނޫން ހުރިހާ ފިކުރަކީ ނައްތާލަން ޖެހޭ ފިކުރުތަކެވެ. އަދި މުއިއްޒުގެ ދޮގާއި އަނިޔާވެރިކަން ރަނގަޅު ކޮށް އެކަންކަމަށް ސަނާ ނުކިޔާ އެންމެންނަކީ ބޮޑެތި ހާއިނުންނެވެ. އަދި އެފަދަ ފަރާތްތަކަށް ޤައުމުގައި ދިރިއުޅުމުގެ ހައްޤު ދޭން ނުޖެހެއެވެ. އަދި އެފިކުރުގެ ތެރެއިން އުފެދިގެން އަންނަ ޒިހާން ފަދަ އަނިޔާވެރި ފަރާތްތައް، އެހެން ފިކުރުތަކުގެ އިންސާނުން މަރާލުމަށް މިފަދައިން ގޮވުމަކީ ވަރަށް ނުރައްކާތެރި ކަމެކެވެ.