މަސްދޯނިތަކަށް ސިފައިން އެެރީ އޮޅުމަކުން ކަމަށް ޑިފެންސް މިނިސްޓަރު ގައްސާން ބުނެ މަޖިލީހުގައި ދޮގު ހަދައިފިއެވެ. ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދުގެ ތެރެއަށް އިންޑިއާގެ ކޯސްޓްގާޑްގެ ސިފައިން ވަދެ، ދިވެހި މަސްދޯނިތަކަށް ހަތިޔާރާއެކު އެރީ "މިސް ކޮމިއުނިކޭޝަންއެއްގެ ސަަބަބުން" ކަމަށް އިންޑިއާއިން ބުނެފައިވާ ކަމަށާއި އެކަން ގަބޫލުކުރައްވާ ކަމަށް ޑިފެންސް މިނިސްޓަރު ގައްސާން މައުމޫނު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ގައްސާން ވިދާޅުވީ އެކަން ހިނގީ އެގޮތަށް ކަމަށް ގަބޫލު ކުރައްވަނީ، "އެކުވެރި ގައުމަކުން ރަސްމީކޮށް ދީފައި އޮތް ޖަވާބަކީ އެއީ ކަމަށް ވާތީ" ކަމަށެވެ. ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއް ރަހީމް އަބްދުއް ލަތީފު އެ ދުވަސްވަރު އިންޑިއާއަށް ކުރެއްވި ދަތުރުގައި އެގައުމުގެ ސިޔާސަތު ކަނޑައަޅާ ފެންވަރުގެ ބޭފުޅުން ދެއްވި ޖަވާބަކީ ވެސް އެއީ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ ދުވަސްކޮޅެއް ކުރިން، އެމްޑީޕީގެ ކުރީގެ ޗެއަރ ޕާސަން އަދި ކުރީގެ ޑިފެންސް މިނިސްޓަރ ވަނީ ދޯނި ތަކަށް އަރަން ޖެހުނީ، އިންޑިޔާ އާއި ރާއްޖެއާއި ދެމެދު ކޮމިއުނިކޭޓް ކުރުމަށް ކަނޑައަޅާފައިވާ ލައިނަށް ގުޅައިގެން އެމްއެންޑީއެފް އިން ޖަވާބު ނުދިނުމުގެ ސަބަބުންނެވެ. އިންޑިޔާއިން އަރާފައިވާ ދޯނިތަކަކީ ބައިނަލްއަޤްވާމީ ކަނޑުގައި ޤާނޫނާއި ޚިލާފަށް އެ ސަރަހައްދުގައި ދޯންޏެއް އަމަލެއް ހިންގަމުން ދިޔަ ކަމުގެ ރިޕޯޓްތަކެއް އިންޑިޔާ ސިފައިންނަށް ލިބިގެން އިންޑިޔާގެ ކޯސްޓުގާޑުން އެ ދޯނި ތައް ހުރި ސަރަހައްދަށް ދަތުރުކޮށް، ވާސިލްވި އިރު ރާއްޖޭގެ އިމުގެ ތެރެއަށް މި ދޯނިތައް ވަދެފައިވުމުން، ރާއްޖޭއާއި އިންޑިޔާއާއި ގުޅުވައިދޭ ލައިނަށް ގުޅައި މަސައްކަތް ކޮށް ނުގުޅުމުން ހިނގާފައިވާ ކަމެކެވެ. މި ތަނުން ކުށް ހިންގާފައި ވާ ކަމަށް ބެލެވޭ ދޯންޏަކީ މުއިއްޒުގެ އިތުރުން، ޓޮމް އާއި ގުޅުން އޮތް ދޯންޏެކެވެ ތަކެކެވެ. އަދި މި ދޯނިން ހިންގަމުން ދިޔަ ޤާނޫނާއި ޚިލާފު ކަންކަމުގެ ހެކި އެ ދޯނިން ވަނީ އިންޑިޔާ މަނަވަރު ކައިރިވި އިރު ނައްތާލާފައި އެވެ.
ހެކި ދޯނިން ހެކި ނައްތާލުމަށް ފަހު، މި ދޯނި ވަނީ ސަލާމަތް ވުމަށް، ވިކްޓިމް ކާޑު ކުޅެފައެވެ. ސަރުކާރުން މިވާހަކަ ނުދައްކައި އޮއްބާލާފައި ވަނީ މި ޙަޤީގަތް ސިއްރު ކުރުމަށެވެ.
މި ހުރިހާ ތަފްސީލެއް އެމްއެންޑީއެފް އަށް ލިބިފައި ހުރެ، ޕީޕީއެމްގެ ވަކި ބަޔަކު ހިމާޔަތް ކުރުމަށް، މަޖިލީހުގެ ތަޅުމުގައި މިއަދު ޑިފެންސް މިނިސްޓަރ ވަނީ ދޮގު ހަދާފައެވެ.