ޚަބަރު

އިމިގްރޭޝަނަށް ޒަމާނީ ބަދަލު ގެނައުމުގެ ނަމުގައި, އިމިގްރޭޝަންގެ ކޮންޓްރޯލަރގެ ކެބިން 1.5 މިލިއަން ރުފިޔާ ހޭދަ ކޮށްގެން ހަދަން ފަށައިފި!

ދިޔަވަރު
އިމިގްރޭޝަނަށް ޒަމާނީ ބަދަލު ގެނައުމުގެ ނަމުގައި, އިމިގްރޭޝަންގެ ކޮންޓްރޯލަރގެ ކެބިން 1.5 މިލިއަން ރުފިޔާ ހޭދަ ކޮށްގެން ހަދަން ފަށައިފި!

މޯލްޑިވްސް އިމިގްރޭޝަނުން ދެމުން ގެންދާ ހިދުމަތްތަކަށް މި އަހަރު ތެރޭގައި ޒަމާނީ ބޮޑެތި ލުއިތަކެއް ގެންނަވާ, އިމިގްރޭޝަން ޒަމާނީ ކުރައްވާނެކަމަށް ވިދާޅުވެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން މަސައްކަތް ކުރައްވާ ކެބިން, 1.5 މިލިއަން ރުފިޔަ ހޭދަކޮށްގެން ހަދަން ފަށައިފިއެވެ.

"ދިޔަވަރު އޮންލައިން" އަށް މައުލޫމާތު ދިން އިމިގްރޭޝަންގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި, ކޮންޓްރޯލަރ ޝަމްއާންގެ ކެބިން ހަދަމުންދަނީ އިންޓީރިއަޔ ޑިޒައިންކުރުމަށް ބޭނުންވާ އެންމެ އަނގުބޮޑު ތަކެއްޗާއި ފަރުނީޗަރު ބޭނުން ކޮށްގެން ކަމުގައެވެ. އޮފިޝަލް މައުލޫމާތު ދީފައިވަނީ ޝަމްއާންގެ ކެބިން ހެދުމަށް ކޯޓޭޝަން ހޯދާފައިވަނީ އެންމެ ލަގްޒަރީ ތަކެއްޗާއި ސާމާނު ކެބިން ހެދުމަށް ބޭނުންކުރުމަށް ކަމުގައެވެ.

ޝަމްއާން ބައެެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ މި އަހަރު ތެރޭގައި މި ސަރުކާރުގެ ގިނަ މަޝްރޫއުތަކާ އެކު، އިމިގްރޭޝަނަށްވެސް ޒަމާނާ އެއްގޮތަށް ބޮޑެތި ބަދަލުތަކެއް ގެންނާނެ ކަމަށެވެ.

އެގޮތުން އެ ބަދަލުތަކުގެ ތެރެއިން އިމިގްރޭޝަންއިން އެންމެ ފުރަތަމަވެސް ކުރަންފެށި މަސައްކަތަކަށް ވެގެން މިދިޔައީ ދައުލަތުގެ މާލިއްޔަތުން ބޮޑު އިސްރާފެއް ކޮށްގެން, 1.5 މިލިއަން ރުފިޔާގެ އަގުހުރި ކެބިންއެއް ކޮންޓްރޯލަރ ޝަމްއާންއަށް ތައްޔާރުކޮށް ދިނުމުގެ މަސައްކަތެވެ.

ސަރުކާރުގެ އޮފީޒްތަކުން އާމުވައްޒަފުން ނުނެގުމަށާއި, އަދި މުވައްޒަފުންގެ މުސާރަވެސް ބޮޑު ނުކުރުމަށް ފިނޭންސް މިނިސްޓްރީން އެންގިނަމަވެސް, ސަރުކާރުން ދަނީ ސިޔާސީ ބޭނުނަމަށް ދައުލަތުގެ ބަޖެޓުން ހޭދަކޮށް އިސްރާފް ކުރަމުންނެވެ. އޭގެ ތެރޭގައި ރައީސް މުއިއްޒުއާއި ވަޒީރުން ދައުލަތުގެ މާލިއްޔަތުން ޚަރަދު ކޮށްގެން ރާއްޖެއިން ބޭރަށާއި އެކި ރަށްތަކަށް ދަތުރު ކުރަމުންދާއިރު, ވަޒީރުންނާއި ސިޔާސީ އިން ބޭފުޅުންގެ އަމިއްލަ ޖާހަތު ބޮޑު ކުރުމަށްވެސް, ދައުލަތުގެ މާލިއްޔަތުން ދަނީ ބޮޑެތި ހޭދަތައް ކުރަމުންނެވެ.

މިއީ ކޮރަޕްޝަންގެ އަމަލްތައްކަން ސާބިތުވާން ހުރިނަމަވެސް, އޭސީސީ އޮތީ މިކަންކަންމަށް ދެލޯ މަރާލައިގެންނެވެ.