ޚަބަރު

ރޯދަ ނިމެންދެން އިމާމް ލަތީފުގެ ދެ ދަރިން (ސާޖިދާ އަށް ދައްތަ ކިޔާ ދެ ކުދިންނަށް) ނޫނީ އިސްލާމީ މަރުކަޒުގައި ތަރާވީހު ނުކުރެވޭ ގޮތް ސާޖިދާގެ އެދުމަށް ހަދައިފި!

ދިޔަވަރު
ރޯދަ ނިމެންދެން އިމާމް ލަތީފުގެ ދެ ދަރިން (ސާޖިދާ އަށް ދައްތަ ކިޔާ ދެ ކުދިންނަށް) ނޫނީ އިސްލާމީ މަރުކަޒުގައި ތަރާވީހު ނުކުރެވޭ ގޮތް ސާޖިދާގެ އެދުމަށް ހަދައިފި!

މިރެއިން ފެށިގެން ރޯދަ މަސް ނިމެންދެން އިސްލާމީ މަރުކަޒުގައި އިމާމުވެ ތަރާވީހު ނަމާދު ކުރާނީ އެ މަރުކަޒުގެ އިމާމް ޝެއިހް މުހައްމަދު ލަތީފްގެ ދެ ދަރިން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ. 

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިރެއިން ފެށިގެން މަރުކަޒުގައި ތަރާވީހު ކުރާނީ ސަލްމާން މުހައްމަދު ލަތީފާއި ސުލްތާން މުހައްމަދު ލަތީފު ކަމަށެވެ. އެއީ ސާޖިދާއަށް ދައްތަ ކިޔާ ދެކުދިންނެވެ.

ސަރުކާރުން މި މީހުންގެ ބައްޕަ ލަތީފު އަށް މިނިސްޓަރު ފެންވަރުގައި ބޮޑު މުސާރަ ދޭއިރު، މި މީހުންގެ ދަރީންނަށް ނައިބު މިނިސްޓަރުންގެ ފެންވަރުގައި އިމާމު ކަން ކުރުމަށް ފުރުޞަތު ދީފައިވާ އިރު، މިއީ ޤުރުއާން ކިޔަވެމުގައި ކުށް ގިނަ ކޮށް ކިޔަވާ ބަޔެކެވެ. ނެޕޮޓިޒަމް އޮތޭ ކިޔައިގެން އެމްޑީޕީ ސަރުކާރަށް އަސްވާޑު ލައްވައި ރިޔާސީ ބަހުސްގައި ހަޖޫ ޖަހުވައި، ވެރިކަން ލިބުމުން މުޅި އާއިލާ އާއި ރައްޓެހިންނަށް މަގާމު ބަހައި، އާއިލާ މީހަކަށް ނޫނީ އިސްލާމީ މަރުކަޒުގައި ތަރާވީހް ނުކުރެވޭ ވަރަށް މުއިއްޒުގެ ހާލަތު މިވަނީ ގޮސްފައެވެ.