ޗައިނާގެ ޖާސޫސީ 4 އުޅަނދު ރާއްޖޭގެ ސަރަހައްދަށް ގިނަ އަދަދެއް ވަދެ، ރާއްޖޭގެ ބޯޑަރު މަތީ ދާއިމީ ކޮށް މަސް ދުވަހަށް ވުރެ ގިނަ ދުވަސް ވަންދެން އޮތުމަށް ހުއްދު ސަރުކާރުން ދީފައިވަނީ ކީއްވެ ތޯ މަޖިލީހުން މިއަދު ޑިފެންސް މިނިސްޓަރ ގައްސާނާއި ކުރި ސުވާލަށް ޖަވާބު ނުދީ ހެދީ ދޮގެވެ.
ދޮގު ހައްދަވަމުން ގައްސާނު ބުނެފައިވަނީ، ޗައިނާ ސަރުކާރަށް ހުއްދަ ދީފައިވަނީ ކުރީ ސަރުކާރުން އަމަލު ކޮށްފައި އޮތް ގޮތް ބެލުމަށް ފަހުގައި ކަމުގައެވެ. ނަމަވެސް ރައީސް ސޯލިހްގެ ސަރުކާރުގައި ޗައިނާގެ އެއްވެސް ޖާސޫސީ އުޅަނދެއް ރާއްޖެއަށް ބަނދަރު ކޮށްފައެއް ނުވެއެވެ.
މުއިއްޒުގެ ސަރުކާރުން ދަނީ ރައްޔިތުންނަށް ކަންކަން އޮޅުވާލައި، ގިނަ ދޮގުތަކެއް ހަދަމުންނެވެ. އާންމު ގޮތެއްގައި މިހާރު މުއިއްޒަށް ދިވެހި ރައްޔިތުން ކިޔާ އުޅޭ ނަމަކީ ކައްޒާބެއެވެ.