ޚަބަރު

ދުނިޔޭގެ ހުރިހާ ޤައުމަކުން އެމީހުންގެ މިލިޓަރީ ބާރު ހާމަކޮށް ދައްކާއިރު، ރާއްޖެއިން ޑްރޯން ގަތުމުގެ މުއާމަލާތް ސިއްރު ކުރަމުން ދަނީ، އޭގައި އެކުލެވޭ ކޮރަޕްޝަންގެ ބޮޑުކަމުން

ދިޔަވަރު
ދުނިޔޭގެ ހުރިހާ ޤައުމަކުން އެމީހުންގެ މިލިޓަރީ ބާރު ހާމަކޮށް ދައްކާއިރު، ރާއްޖެއިން ޑްރޯން ގަތުމުގެ މުއާމަލާތް ސިއްރު ކުރަމުން ދަނީ، އޭގައި އެކުލެވޭ ކޮރަޕްޝަންގެ ބޮޑުކަމުން

ދުނިޔޭގެ ހުރިހާ ޤައުމަކުން އެމީހުންގެ މިލިޓަރީ ބާރު ހާމަކޮށް ދައްކާއިރު، ރާއްޖެއިން ޑްރޯން ގަތުމުގެ މުއާމަލާތް ސިއްރު ކުރަމުން ދަނީ، އޭގައި އެކުލެވޭ ކޮރަޕްޝަންގެ ބޮޑުކަމުން ނޫން އިތުރު އެއްވެސް ކަމަކުން ނޫނެވެ. ހަތިޔާރާއި، ޓެކްނޮލަޖީގެ ރޭހެއްގައި ދުނިޔެ އޮތް އިރު، ކޮންމެ ޤައުމަކުން ވެސް މަސައްކަތް ކުރަމުން ދަނީ އެ ޤައުމެއްގެ އެންމެ އިޖާދީ، ނުވަތަ އެ ޤައުމަކުން އެންމެ ފަހުން ގަނެފައިވާ ހަތިޔާރު ދައްކާލުމަށެވެ.

ބައެއް ފަހަރު އެކަން ކުރަނީ، މިލިޓަރީ ބޮޑެތި މުނާސަބަތުތައް ބާއްވައިގެން މުޅި ދުނިޔޭގެ މީޑިޔާ އެތަނަށް ގެނެސްގެން ހެވިކަމާއި ކުޅީގެ ފަރި ހަރަކާތްތަކާއި އެކީއެވެ. އަނެއް ބައި ފަހަރު އެކަން ކުރަނީ، ނެރޭ ނޫސް ބަޔާނަކުންނެވެ.

ޤަތަރުންވެސް ހަމަ ރާއްޖެއިން މިގަތް ޑްރޯންތައް ގަތެވެ. އަދި ގަތަރު ނޫން އެތައް ޤައުމަކުން މި ޑްރޯން ތައް ވަނީ ގަނެފައެވެ. އެއިން އެއްވެސް ޤައުމަކުން މިކަން ސިއްރު ކޮށްފައި ނުވާއިރު، އެކަން ހާމަ ކޮށްފައި ވުމުން، ސަރުކާރުން އެ ޑްރޯން ގަންނަން ހަރަދު ކުރި މިންވަރު އިންތިހާއަށް ބޮޑުވެފައިވާ ކަން ދިވެހި ރައްޔިތުންނަށް އެނގުނެވެ.

އެހެން ނޫނަސް ޑްރޯން ތައް ގަތް އަގު ހާމަ ކުރުމަކީ، ސަރުކާރުގެ މިލިޓަރީ ސިއްރެއް ބަޔަކަށް ހާމަ ވުމެއްވެސް ނޫނެވެ. ރާއްޖޭގައި ދެތިން ހާސް، ޑްރޯން އޮތުމަކީ، ހަނގުރާމަ އެއްގައި، ޗައިނާ ފަދަ ޤައުމެއްގެ އަޅުވެތި ކަމުން ސަލާމަތް ވާނެ ވަރުގެ ބަރު ހަތިޔާރެއް ނޫނެވެ.

ސަރުކާރުން ޑްރޯން ގަތުމުގައި ހިންގައިގެން އުޅޭނީ ކޮރަޕްޝަނެވެ. ހާމަ ނުކުރެވިގެން އުޅޭ ހަމަ އެކަނި ސަބަބަކީ އެއީއެވެ.