ޚަބަރު

މިނިވަން ކޮމިޓީއެއްގެ ނަމުގައި އުފެއްދި ހައުސިން ކޮމިޓީއަށް މުއިއްޒު ގޮތް ކިޔުއްވައި ސިޔާސީ ނުފޫޒު ފޯރުއްވަން ފައްޓާވާފައިވާ ކަމަށް ވިދާޅުވެ, އަނީސާ ކޮމިޓީން އިސްތިއުފާ ދެއްވައިފި

ދިޔަވަރު
މިނިވަން ކޮމިޓީއެއްގެ ނަމުގައި އުފެއްދި ހައުސިން ކޮމިޓީއަށް މުއިއްޒު ގޮތް ކިޔުއްވައި ސިޔާސީ ނުފޫޒު ފޯރުއްވަން ފައްޓާވާފައިވާ ކަމަށް ވިދާޅުވެ, އަނީސާ ކޮމިޓީން އިސްތިއުފާ ދެއްވައިފި

‏ބިންވެރިޔ ސްކީމްއާއި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ގޯއްޗާއި ފްލެޓް ދިނުމަށްޓަކާ ލަފާދޭނެ, ”ކަމުވޮށިގެންވާ“ މީހުންގެ ކޮމިޓީއެއް އެކުލަވާލައްވާނެކަމަށް ވިދާޅުވެ, ރައީސް މުއިއްޒުގެ ލަފާގެމަތިން ހައުސިން މިނިސްޓަރ ޑރ. ހައިދަރު އުފެއްދެވި ހައުސިން ކޮމިޓީން އަނީސާ އަހުމަދު އިސްތިއުފާ ދެއްވައިފިއެވެ.

އަނީސާ އެކޮމިޓީން އިސްތިއުފާ ދެއްވިއިރު އޭނާއަކީ އެކޮމިޓީގެ ޗެއަރކަމަށް އައްޔަން ކުރައްވާފައިވާ ބޭފުޅާވެސްމެއެވެ.

އަނީސާގެ ގާތް ފަރާތަކުން "ދިޔަވަރު އޮންލައިން"އަށް ކަށަވަރު ކޮށްދީފައިވާ ގޮތުގައި އަނީސާ ކޮމިޓީން އިސްތިއުފާ ދެއްވީ މިނިވަންކަމާއެކު މަސައްކަތް ކުރެއްވޭ މާހައުލެއް ނެތިގެންނެވެ.

އެގޮތުން ކޮމިޓީން ނިންމާ ނިންމުންތަކަށް ސީދާ ރައީސް މުއިއްޒު ގޮތް ކިޔުއްވާ, އަދި ރައީސް ބޭނުންވާ ގޮތަށް ނޫން އެހެން ގޮތަކަށް އެ ކޮމިޓީން އެއްވެސް ކަމެއް ނިންމުމުގެ ފުރުސަތު ޑރ. ހައިދަރު ކޮމިޓީއަށް ނުދެއްވާކަމަށްވެސް "ދިޔަވަރުَއޮންލައިން" އަށް މައުލޫމާތުދިން އަނީސާގެ ގާތް ފަރާތުން ވިދާޅުވެފައި ވެއެވެ.

އާންމު ރައްޔިތުންނަށް ލިބެންޖެހޭ ފްލެޓާއި ގޯތި ދިނުމުގައި މިނިވަން ކޮމިޓީއެއްގެ މަޝްވަރާ ހޯދުމަށްކަމަށް ބުނެ, ރައީސް މުއިއްޒުގެ ލަފާގެ މަތިން ހައުސިން މިނިސްޓަރ އުފެއްދި އެ ކޮމިޓީގެ މެމްބަރެއްގެ ގޮތުގައި, ދައުލަތުގެ ކުންފުނިތަކުގެ އެމްޑީންގެ ތެރެއިން އެންމެ ކޮރަޕްޓް އެމްޑީގެ ދައްތަ ވެސްވަނީ ކޮމިޓީއަށް ހަމަޖައްސާފައެވެ.

އެގޮތުން އެކޮމިކޮމިޓީގެ އެއް މެމްބަރުގެ ގޮތުގައި ރައީސް މުއިއްޒު ހަމަޖައްސަވާފައިވާ އެއް މެމްބަރަކީ އެޗްޑީސީގެ އެމްޑީ ފަޒުލް ރަޝީދުގެ ދައްތަ ފަޒީނާ ރަޝީދެވެ. ފަޒުލް ރަޝީދަކީ އެޗްޑީސީގެ އެމްޑީކަމާއި ހަވާލުވުމަށްފަހު, އެންމެ ފުރަތަމަވެސް އަމިއްލަ އަނބިމީހާއަށް, ނުއަގުގައި ވަގަށް, 2,000 އަހަ ފޫޓުގެ ބޮޑު ބިމެއް ހުޅުމާލެއިން ދީފައިވާ މީހެކެވެ.

ރައީސް މުއިއްޒު ހައުސިން ކޮމިޓީއަށް އައްޔަން ކުރެއްވި ފަޒީނާ ރަޝީދުވަނީ ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ ޕީޕީއެމް ޕީއެންސީގެ ޕްރައިމަރީގައި ވާދަކޮށް ބަލިވެފައެވެ. އެހެންނަމަވެސް އޭނާއަށް ޕްރައިމަރީ ކާމިޔާބު ކޮށްދިނުމަށްޓަކާ އެދައިރާއަށް ނިސްބަތްވާ 83 ފަރާތަކަށް އެޗްޑީސީންނާއި، އެމްޑަބްލިއުއެސްސީ ކޮރަޕްޝަންގެ އުސޫލުން ވަޒީފާ ހަމަޖައްސައިދީފައިވެސް ވެއެވެ.

‏އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރަކަށް ހަމަޖައްސާފައިވަނީ ފަޒީނާގެ ކޮއްކޮ މުހައްމަދު ފަޒީލް ރަޝީދުއެވެ. އޭނާވަނީ އެ ކުންފުނިން ގިނަ އަދަދެއްގެ ވަޒީފާއާއި އެކި ޕްރޮޖެކްޓްތައް ފަޒީނާއަށް ވޯޓް ދިނުމަށް ޝަރުތުކޮށް, މާފަންނު ދެކުނު ދާއިރާއަށް ނިސްބަތްވާ ފަރާތްތަކަށް ފާއިތުވި ޕްރައިމަރީ ތެރޭގައި ދީފައި ވެއެވެ.

އަދި އޭރު, ދައްތަ ފަޒީނާގެ ކެމްޕޭނަށް ފަންޑު ހޯދުމަށްޓަކައި މަހެއްހާ ދުވަހުގެ ތެރޭގައި ފެން ކުންފުނިން ގިނަ އަދަދެއްގެ ޕްރޮޖެކްޓްތައް ދީގެންނާއި، ހުޅުމާލެއާއި ތިލަފުށިން ގިނަ ބިންތަކެއް ދީގެން ދެބެއިން 18 މިލިއަން ރުފިޔާ ރެއިޒްކޮށްފައި ވެސް ވެއެވެ.

އެޗްޑިސީގެ އެމްޑީ ފަޒުލް ރަޝީދު ފާހަގަވެގެން ގޮސްފައިވަނީ, ރައީސް މުއިއްޒުގެ ސަރުކާރުގެ އެމްޑީންގެ ތެރެއިން އެންމެ ކޮރަޕްޓް އެމްޑީގެ ގޮތުގައެވެ.