އިޒްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުން ގެންދާ ހަމަލާތައް ވަގުތުން ހުއްޓާލަން ގޮވާލާ, އދ. ގެ ސަލާމަތީ މަޖިލީހުންފާސްކުރި ގަރާރާ އެއްގޮތަށް އަމަލު ކުރުމަށް އިސްރާއީލަށް ގޮވާލާ ރައީސް މުއިއްޒު ކުރެއްވި ޓުވީޓުގައި އިސްރާއީލު ސިފައިން ޣައްޒާއަށް ދެމުންދާ ޢުދުވާނީ ހަމަލާތަކަކީ "ގަތުލު އާންމެއްގެ" ގޮތުގައި ސިފަކުރައްވަން ފަސް ޖެހިއްޖެއެވެ.
އިސްރާއިލުން، ފަލަސްތީނުގެ ޣައްޒާ ދެމުން ގެންދާ ހަމަލާތައް މިހާރުން މިހާރަށް ހުއްޓައިލަން ގޮވައިލައި ގަރާރެއް އދ.ގެ ސަލަމާތީ މަޖިލީހުން ރޭ ވަނީ ފާސްކޮށްފިއެވެ.
އެގޮތުން ރައީސް މުއިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި (ޓުވީޓުގައި) ވިދާޅުވީ އިޒްރާއީލުންޣާޒާއަށް ދެމުންދާ ހަމަލާތައް ހުއްޓާލަން ފާސްކުރުމަކީ ވަރަށް ދިގު އިންތިޒާރެއްގެ ނިމުން ކަމަށާ ގަރާރު ފުރިހަމައަށް ތަންފީޒުކޮށް، އެ ގަރާރަށް އިޒްރޭލުން ފުރިހަމައަށް ތަބާވާން ގޮވާލައްވާ ކަމަށެވެ.
އަދި ރައީސް މުއިއްޒު ވިދާޅުވީ މިގޮތުގައި ދެމިތިބެ، ބައިނަލްއަގުވާމީ މުޖުތަމައުން މަސައްކަތްކުރަންވީ "ގަތުލު އާންމެއްކަމަށް ބެލެވޭ" މި ހަމަލާތަކަށް ދާއިމީ ނިމުމެއް ގެންނަންޖެހޭ ކަމުގައެވެ.
(an immediate end to the perpetuation of genocidal acts) ރައީސް މުއިއްޒުގެ އިނގިރޭސިބަހުން ކުރެއްވި މިޓުވީޓުގައި ހިމެނޭ އިބާރާތުގައި ވިދާޅުވެފައިވާ "genocidal acts" ގެ ދިވެހި ތަރުޖަމާއަކީ, "ގަތުލު އާންމެއް ކަމަށް ބެލެވޭ ކަންކަން" މިއެވެ.
ރައީސް މުއިއްޒު ފާހަގަ ކުރެވިފައިވަނީ ދިވެހި ރައްޔިތުންނަށް މުޅިން ތަފާތު މޫނެއް ދައްކަވައިގެން, އެމެރިކާ ރުއްސުމަށް, ފަލަސްތީނުގެ ހައްގުގައި ވަކާލާތު ކުރުމަށް ފަސްޖެހެންމުދާ ބޭފުޅެއްގެ ގޮތުގައެވެ. އެގޮތުން ރާއްޖެއިން ބޭރުގައި ބޭއްވުނު ފޯރަމްތަކަށް ވަޑައިގެން, އެ ފޯރުމްތަކުގައި ވާހަކަ ދައްކަވަމުން މުއިއްޒު ފަލަސްތީނުގެ ހައްގުގައި ވަކާލާތު ކޮށްފައި ނުވާކަން ފާހަގަ ކޮށްލެވެއެވެ.
އަދި ރައީސްކަމުގެ ހުވާ ކުރެއްވުމަށްފަހު ރައްޔިތުންނާއި މުޚާތަބްކޮށް ދެއްވި ތަގުރީރުގައިވެސް ފަލަސްތީނުގެ ނަންވެސް މުއިއްޒު ވިދާޅުވެފައެއް ނުވެއެވެ. ބެލެވޭ ގޮތުގައި އެ ޚިތާބުގައި މުއިއްޒު ފަލަސްތީނުގެ ނަން ވިދާޅުވެފައި ވުނަވަނީ އެ ރަސްމިއްޔާތުގައި ބޭރުގެ ގައުމުތަކުގެ ޑެލިގޭޓުން ވަޑައިގެން ތިއްބެވި ރަސްމިއްޔާތަކަށް ވާތީއެވެ.
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން ޔަހޫދީން ރާއްޖެއަށް އައުން މަނާކުރަންޖެހޭ ކަމަށް ވިދާޅުވި ނަމަވެސް, ވެރިކަމަށް ވަޑައިގެންނެވުމަށްފަހު ވަނީ އިސްރޭލު މީހުންގެ ޕާސްޕޯޓުތައްވެސް ރާއްޖޭގައި މަނާކުރުމަށް ދެކޮޅު ހައްދަވާފައެވެ. އަދި އިސްރާއީލު މީހުންގެ ޕާސްޕޯޓުތައް މަނާކުރުމަށް ރައްޔިތުން މަޖިލީހުން ގޮވާލާފައިވާތާ އެތައް މަހެއް ވެގެން ދާއިރުވެސް, ފޮރިން މިނިސްޓްރިން އެމައްސަލާގައި ޖަވާބުދާރީވުމަށް, އެކި އުޒުރުތައް ދައްކައިގެން މަޖިލީހަށްވެސް ހާޒިރުވެފައެއް ނުވެއެވެ.