ހުޅުމާލެ ދެވަނަ ފިޔަވަހީގައި 17 އަހަރުގެ އަންހެން ކުއްޖަކަށް ފުލުހުންގެ އޮފިޝަލަކު އަނިޔާކޮށް, ގަޔަށް އަތްލިކަމަށް އެކުއްޖާގެ އާއިލާއިން ތުހުމަތުކުރާ ހާދިސާގެ ބޮޑީކެމެރާ ވީޑީއޯ ފޫޓޭޖް ހާމަކުރަން ފުލުހުން ދެކޮޅު ހަދައިފިއެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި 17 އަހަރުގެ އަންހެން ކުއްޖަކަށް ފުލުހުންގެ އޮފިޝަލަކު އަނިޔާކުރި މައްސަލައެއްގެ ނުރުހުން ރައްޔިތުން ވަނީ ފާޅު ކޮށްފައެވެ. ރޭ ހިނގި މި ހާދިސާގައި އިންސާފު ހޯދުމަށް އާންމު ރައްޔިތުން އަޑު އުފުލަން ފެށުމުން, ފުލުހުންގެ ވަނީ 17 އަހަރުގެ އަންހެން ކުއްޖާގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ބަދަލުގައި ފުލުސް އޮފިޝަލް ހިމާޔަތްކޮށް ހެކި ނައްތާލުމަށް މަސައްކަތް ކޮށްފައެވެ.
އެ މައްސަލާގައި އެ އާއިލާގެ ފަރާތުން، ނުރުހުން ފާޅުކޮށް ފޭސް 2ގެ ފުލުސް އޮފީސް ކައިރީ ވަނީ އިންސާފަށް އެދި އަޑު އުފުލާފައެވެ.
އެހެންނަމަވެސް ފުލުހުން ވަނީ އިންސާފުން ކަން ކުރުމުގެ ބަދަލުގައި، ނިކަމެތި ކުޑަ ކުއްޖާގެ ހައްޤަށް އިތުރަށް އަރައިގަނެ، އެކަމާއި ގުޅުން ހުރި ވީޑިޔޯ ހެކި ނައްތާލަމަށް މަސައްކަތް ކޮށްފައި ކަމަށް އާއިލާއިން ތުހުމަތު ކޮށްފައި ވެއެވެ.
މި ހާދިސާއާއި ގުޅިގެން, މިކަމާއި ގުޅުންހުރި ބޮޑީ ކެމްރާ ވީޑިއޯ ފޫޓޭޖް އާންމު ކުރުމުގެ ބަދަލުގައި, ފުލުސް ތަރުޖަމާން ޝިފާން ކުރެއްވި އެކްސް ޕޯސްޓުގައި ވިދާޅުވެފައިވަނީ, އެއީ ރޭގެ 22:05 ހާއިރު ފުލުހުން ހުޅުމާލެ ފޭސް 2 ގައި ޤާއިމްކޮށްފައިހުރި ވެހިކަލް ޗެކް ޕޮއިންޓަކާއި އަރާ ހަމަވުމުން ސައިކަލު އެކްސެލެރޭޓްކޮށް ޗެކް ޕޮއިންޓްގެ ފަހަތުގައި ތިބި ފުލުހުންގައިން ނައްޓާ ކުރިއަށް ދިއުމަށް އުޅުމުގެ ތެރޭގައި ސައިކަލް ވެއްޓިގެން ހިނގާފައިވާ ހާދިސާއެއް ކަމުގައެވެ. އަދި އޭނާ ވިދާޅުވީ ހުޅުމާލެ ހޮސްޕިޓަލުން އަނިޔާވިފަރާތްތަކަށް ފަރުވާ ރޭގައި ދެވުނު ކަމަށެވެ.
އެހެންނަމަވެސް 17 އަހަރުގެ އަންހެން ކުއްޖާގެ އާއިލާއިން ބުނެފައިވަނީ، ޕޮލިހުން 17 އަހަރުގެ އަންހެއްކުއްޖާގެ ގަޔަށް އަތްލާ، މޫނުމަތީގައި ޖަހާފައިވާ ކަމުގައެވެ.
ފުލުހުން މިހާރު ހުރިހާ ތަނެއްގައިވެސް ހަރަކާތްތެރިވަމުން ދަނީ ބޮޑީ ކެމެރާ ބޭނުން ކޮށްގެންނެވެ. އަދި ފުލުހުން ހިންގާ ހުރިހާ ހަރާތެއްވެސް މިހާރު ހުންނަނީ ފުލުހުންގެ ބޮޑީ ކެމެރާގައި ރެކޯޑު ކުރެވިފައެވެ. އެގޮތުން މިހާދިސާގެވެސް ވީޑިއޯ ފޫޓޭޖް, ފުލުހުންގެ އަތުގައި ހުންނާނެއެވެ.
އެހެންނަމަވެސް މިހަދިސާގައި އަންހެން ކުއްޖާގެ ގަޔަށް އަތްލި ފުލުސްމީހާގެ ބޮޑީ ކެމެރާގެ ވީޑިއޯ ފޫޓޭޖް އާންމު ކުުރުމަށް ދެކޮޅު ހަދާ, ފުލުހުން ދަނީ އަންހެންކުއްޖާގެ ހައްގުތަކަށް އަރައިގަންނަމުންނެވެ.
އިންސާފެއް ނެތް މުއިއްޒުގެ މި ވެރިކަމުގައި ކުޑަކުދިންނަށް އޮތް ހިމާޔަތް ނަގާލައި، ބާރުގެ ބޭނުންކޮށް ރައްޔިތުންނަށް އަނިޔާވެރިވުމަށް އެސްއޯ ފުލުހުންގެ ބޭނުން ކުރަމުންދާކަން ފާހަގަ ކޮށްލެވެއެވެ. މިއީ ފާއިތުވި ވެރިކަމުގައި ފުލުހުން ދުވަހަކުވެސް ވެއްޓިފައިވާ ދަރަޖައެއް ނޫންނެވެ.