ބޭރު ދުނިޔޭގައި ދިވެހިރާއްޖެ ޓުއަރިޒަމް ޑެސްޓިނޭޝަން އެއްގެ ގޮތުގައި ތަމްސީލް ކުރާ، އެމްއެމްޕީއާރުސީ އެމްޑީ ފާތުމަދު ތައުފީގު ގައިން ތާހިރު ނުވެ، ދަތް ތަކުގައި ކޮބަޑި ޖަހާފައި ހުންނަ ހާލުގައި ބޭރު ދުނިޔޭގައި ރާއްޖެ ތަމްސީލް ކުރަމުން ދާތީ، ފާޑު ކިޔުން އަމާޒު ވެއްޖެއެވެ. ފާތުމަދު ތައުފީގުގެ ސަބަބުން ރާއްޖޭގެ ނަން ބޭރު ދުނިޔޭގައި ކިލަނބުވެ، ދިވެހިންނަކީ މުޑުދާރު ބައެއް ގޮތުގައި ދަނީ ބްރޭންޑް ވަމުންނެވެ.
އެމްއެމްޕީއާރުސީގެ އިސް ފަރާތަކުން ދިޔަވަރު އަށް މައުލޫމާތު ދިން ގޮތުގައި ބޭރުގައި އޮންނަ ރާއްޖެ ތަމްސީލް ކުރާ އިވެންޓް ތަކުގައި ފާތުމަތު ތައުފީގު ބައިވެރިވާއިރު، ޒީނަތްތެރި ވުމުގެ ގޮތުން ކުރަން ޖެހޭ އެންމެ އާދައިގެ މިންވަރުވެސް ފާތުމަދު ތައުފީގު ފުރިހަމަ ކޮށްފައި ނުހުރެއެވެ. މި ގޮތުން، އިސްތިރި ނުކޮށް ހެދުން ލުމާއި، ގައިން ވަސް ދުވުމާއި، އަނގައިން ވަސް ދުވުން ފަދަ ކަންކަން ހިމެނެއެވެ. އަދި ތަކުރާރުކޮށް އެއް ސޫޓެއް ލާކަމުގެ މައުލޫމަތު ވެސް ދިނެވެ.
ފާތުމަތު ތައުފީގުގެ ދަތްޕިލާގައި ކޮބަޑި ޖަހާފައިވާ މިންވަރުން، ދަތްޕިލަ ފާއިތުވި 10 އަހަރު ތެރޭވެސް ސާފު ކޮށްފައި ނުވާކަން އެނގެއެވެ. އެފަދަ ބޭފުޅެއް އަނގަހުޅުވައި، ބޭރުގެ އިއްޒަތްތެރިންނާއި މުއާމަލާތް ކުރާއިރު ފެންނަ މޫނަކީ ކޮބަޑިން ފުރިފައިވާ މޫނެކެވެ. ދިވެހިރާއްޖޭގެ ރީތި މަންޒަރެއް އެފަދަ މޫނަކުން ނުފެނެއެވެ. "ވިޒިޓް މޯލްޑްވިސް" ކިޔާފައި އަނގަ ހުޅުވާލާ އިރު ފެންނަނީ 66 ދޭތެރެއިން ރީދޫ ކޮބަޑި އަރައި ފުރިފާއިވާ މަންޒަރެވެ.
ދިވެހިންނަކީ ޒަމާނުންސުރެ ސާފުތާހިރު ބަޔެކެވެ. ދިވެހިރާއްޖޭގެ ފަތުރުވެރިކަން ބިނާވެފައިވަނީ ދިވެހިންގެ ސާފުތާހިރު ކަމާއި، މެހުމާންދާރީގެ މައްޗަށެވެ. ނަމަވެސް ފަތުރުވެރިކަމުގެ މި ދެރުކުނުގެ ތެރެއިން އެންްމެ މުހިންމު ސާފުތާހިރުކަން ގެއްލި ދިޔުމަކީ، ދިވެހި މުޅި އިންޑަސްޓްރީއަށް ލިބޭ ވަރަށް ބޮޑު ގެއްލުމެކެވެ. ބަންގްލަދޭޝް ފަދަ ޤައުމުތަކުގައި ފަތުރުވެރިކަން ކުރިއަރައި ނުދަނީ އެމީހުންގެ ސާފުތާހިރު ކަމުގެ މިންވަރު ހުންނަ ގޮތުންނެވެ. ރާއްޖެއަކީ ބަންގްލަދޭޝްފަދަ ޤައުމެއްގެ ސިފަ ނޫން އެއްޗެއް ފާތުމަތު ތައުފީގުގެ މޫނަށް ބަލާލުމަކުން ނުފެނެއެވެ.
މި ހުރިހާ ކަމަކާއި އެކު ދިވެހިންނަށް ޖެހިފައިވަނީ ގާބިލު ކަމެއް ނެތް، ބޭރުގެ އިއްޒަތްތެރިއަކާއި ރަނގަޅަށް އިނގިރޭސިން ވާހަކަ ދައްކާލަން ނޭގޭ މީހަކާއެވެ. ދިވެހިރާއްޖޭގެ މޫނު މައްޗަށް މިފަތަ ހުތުރު ކޮބަޑި މުނެއް ޖަހައި، ދިވެހި ފަތުރުވެރިކަމަށް އޮތް ގަދަރާއި އިހްތިރާމް މިފަދަ ނާގާބިލު މީހުން ލައިގެން ގެއްލުވާލީ ސީދާ މުއިއްޒެވެ. މިއީ ދިވެހި ފަތުރުވެރިކަމުގެ އިންޑަސްޓްރީގައި ހުރި އެކަކުވެސް ހަނދާނުން ފުހެވޭނެ ކަމެއް ނޫނެވެ.