ކުރީ ސަރުކާރަށް ވުރެ އިތުރަށް 177.40 މިލިއަން ރުފިރާ 14 މާރޗް 2024 ގެ ނިޔަލަށް މި ސަރުކާރުން ސިޔާސީ ފަރާތްތަކުގެ މުސާރައަށް ޚަރަދު ކޮށްފައި ވާކަމަށް މި މަހު ފިނޭންސް މިނިސްޓްރީ އިން ނެރެފައިވާ މާލީ ހިސާބު ތަކުން ދައްކައިފިއެވެ.
ރައީސް ސޯލިހް ގެ ސަރުކާރު ކޯލިޝަނަކުން އުފެދިފައި ވާއިރު، ވަޒީފާގެ ބޭނުން ޖެހިފައި ޖޭޕީ، އެމްއާރުއެމް، އަދާލަތު، އެމްޑީޕީ ގެ އެތައް ބަޔަކު ތިއްބެވެ. 4 ޕާޓީއިން ސިޔާސީ މަގާމުތަކަށް މީހުން އިސް ނުކުރާ ވަރަށް، އެންމެ ޕާޓީއަކުން ވަޒީފާތަކަށް މީހުން އިސްކޮށް، އެތައް ސަތޭކަ މަގާމެ ޑެޕިއުޓީ އަދި ސްޓޭޓް މިނިސްޓަރ ފެންވަރުގައި އުފައްދައި ނާގާބިލު މީހުން އައްޔަން ކޮށް، ދިވެހިންގެ ޓެކްސް ފައިސާއިން 177 މިލިއަން ރުފިޔާ، ޖެނުއަރީ 2024 އިން ފެށިގެން މި މާރޗް މަހުގެ 14 އާއި ހަމަ އަށް މި ސަރުކާރަށް ވަނީ ކުރީ ސަރުކާރަށްވުރެ އިތުރަށް މި މުއްދަތުގައި ޚަރަދު ކޮށްފައެވެ.
މަދު ޚަރަދަކުން، މަދު ބަޔަކު ސިޔާސީ މަގާމު ތަކަށް އައްޔަން ކޮށްގެން، ކުރީ ސަރުކާރުން ވަނީ 5 އަހަރުގެ ދައުރެއް ފުރިހަމަ ކޮށްފައެވެ. ދައުލަތް ހިންގުމުގައި އެއްވެސް ނިކަމެތި ކަމެއް ކުރިމަތި ވެފައި ނުވެއެވެ.
މުއިއްޒު ސަރުކާރުގައި އައްޔަން ކޮށްފައިވާ ސިޔާސީ މަގާމުތައް ގިނަވެ، މަސައްކަތް ކުރަން ނުކުމެ ތިބޭނެ ތަނެއް ނެތި، އޮފީސް ތަކުގެ ކޯރިޑޯ ފުރި، ކާޑު ޖަހާލުމަށް ފަހު، އެތައް ސްޓޭޓް މިނިސްޓަރުންނެއް މިހާރުވެސް ގެއަށް ގޮސް ތިބޭ ކަމުގައި ރައީސް އޮފީހުން ދިޔަވަރަށް މައުލޫމާތު ދެއްވި ފަރާތަކުން ކިޔައި ދިނެވެ.
މީގެ އިތުރުން މުއިއްޒު އައްޔަން ކުރި ސިޔާސީ މަގާމުތަކުގައި ތިބި ފަރާތްތައް ތިބޭނެ ތަނެއް ނެތިގެން ސަރުކާރުން ވަނީ މިހާރު އިތުރު އިމާރާތެއް އެޅުމަށްވެސް ނިންމާފައެވެ. މިކަމުގެ މަސައްކަތް ފަށަން ތައްޔާރު ވެފައި ވާކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރ ވަނީ ހާމަ ކޮށްފައެވެ.
މި ހުރިހާ ސިޔާސީ ފަރާތްތައް ނެތަސް ދައުލަތުގެ މުއައްސަސާތައް ހިނގާނެއެވެ. މި ހުރިހާ ސިޔާސީ މަގާމުތަކެއް އުފައްދަމުން ދަނީ ވެރިކަން ބަލިކަށިވާތީއެވެ. ވެރިކަން ނެގެހެއްޓުމަށް ކުރާނެ އިތުރު ކަމެއް ނެތުމުން، ވަޒީފާގެ ބިރު ދެއްކައިގެން ވެރިކަން ކުރުމަށް ގިނަބަޔަކު ވަޒީފާއަށް ނެގުމީ މުއިއްޒުގެ ނާގާބިލުކަން އިންތިހާއަށް ފެނިގެން ދާ ކަމެކެވެ.