ޚަބަރު

ރައީސް ސޯލިހުގެ އެޑިޓް ކޮށްފައިވާ ވީޑިޔޯއެއް، ދޮގު މައުލޫމާތު ހިމަނައިގެން ޝިއުނާ ރޯދަމަހު، ޓްވީޓް ކުރުމުން އާންމުންގެ ރުޅިވެރިކަން މުއިއްޒަށް އަމާޒު ވެއްޖެ! ވީޑިޔޯ ޓްވީޓް ކުރުމަށް ޝިއުނާ އަށް ފޮނުވީ ރައީސް އޮފީހުން!

ދިޔަވަރު
ރައީސް ސޯލިހުގެ އެޑިޓް ކޮށްފައިވާ ވީޑިޔޯއެއް، ދޮގު މައުލޫމާތު ހިމަނައިގެން ޝިއުނާ ރޯދަމަހު، ޓްވީޓް ކުރުމުން އާންމުންގެ ރުޅިވެރިކަން މުއިއްޒަށް އަމާޒު ވެއްޖެ! ވީޑިޔޯ ޓްވީޓް ކުރުމަށް ޝިއުނާ އަށް ފޮނުވީ ރައީސް އޮފީހުން!

ރައީސް ސޯލިހުގެ އެޑިޓް ކޮށްފައިވާ ވީޑިޔޯއެއް، ދޮގު މައުލޫމާތު ހިމަނައިގެން ޝިއުނާ ރޯދަމަހު ދުވާލު އެއްވެސް ޖެހިލުމެއް ނެތި، ޓްވީޓް ކުރުމުން އާންމުންގެ ރުޅިވެރިކަން މުއިއްޒަށް އަމާޒު ވެއްޖެއެވެ. ވީޑިޔޯ ޓްވީޓް ކުރުމަށް ޝިއުނާ އަށާއި މަލްޝާއަށް ފޮނުވީ ރައީސް އޮފީހުން ކަމަށް މައުލޫމާތު ލިބެއެވެ.

މި އެޑިޓް ކޮށްފައިވާ ވީޑިޔޯ ގައި، ރައީސް ސޯލިހް ވިދާޅުވެފައި ވަނީ އެމަނިކުފާނު މީހުންނަށް ވަޒީފާ ދޭނީ ވެރިކަމުގައި ދެމި އޮތުމަށް އެބަޔަކަށް ވަޒީފާ ދިނުން މުހިންމު ތޯ ބެލުމަށް ފަހު، އޮގޮތަށް ކަމަށެވެ. ނަމަވެސް ސޯޝަލް މީޑިޔާގައި މިހާރު ދައުރުވަމުންދާ އެ ވީޑިޔޯގެ އަސްލު ވީޑިޔޯގައި ރައީސް ސޯލިހް ވިދާޅުވެފައި ވަނީ އެމަނިކުފާނު އެ ގޮތަށް އަމަލެއް ނުކުރައްވާނެ ކަމަށެވެ.

މިހެން އޮތް ކަމެއްގައި، ސީދާ ދޮގު ހަދައިގެން ރައްޔިތުންނަށް އޮޅުވާލުމަށް ވީޑިޔޯ އެޑިޓް ކޮށް މާތް ރަސްކަލާންގެ ދެކެ އެއްވެސް ބިރެއް ނެތި، ޝިއުނާ އާއި، މަލްޝާއާއި މުއިއްޒުގެ މިފަދަ އައުވާނުން ކަމަށް ބެލެވޭ ބަޔަކު މި ޓްވީޓް ކޮށްފައި ވަނީ އެކަމަށް ރައީސް އޮފީހުން އެމީހުން ކުރެ އެދުމުން ކަމަށް މަލްޝާ އެކަމާއި ގުޅިގެން އޭނާގެ ރައްޓެހިންތަކެއް ކައިރީ ބުނެފައި ވެއެވެ.

ދައްކާނެ ވާހަކަ އެއް ނެތި ވެރިކަން ނެގެހެއްޓުމަށް، ކުރެވޭނެ އިތުރު އެއްވެސް ކަމެއް ނެތުމުން މިހާރު މުއިއްޒުގެ އިރުޝާދުގެ ދަށުން ދޮގު މައުލޫމާތު ފެތުރުމަށް މުއިއްޒުގެ ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. މި ގޮތުން، އެމަނިކުފާނު ވަނީ އަމިއްލަ ފުޅަށް ވެސް ރައްޔިތުންނަށް އޮޅުވާލުމަށް ތަކުރާރު ކޮށް ދޮގު ހައްދަވާފައެވެ. އަދި މިހާރު އެމަނިކުފާނުގެ ކެބިނެޓުގައި ތިއްބެވި ވަޒީރުންވެސް ވަނީ އެމަނިކުފާނުގެ އިރުޝާދާއި އެކު ރައްޔިތުންނަށް ބޮޑެތި ބުހުތާނު ދޮގު ހަދަން ފަށާފައެވެ.

މި ގޮތުން ދެ މިނިސްޓަރެއް މަޖިލީހަށް ހާޒިރު ކުރުމުންވެސް ރައްޔިތުންނަށް އޮޅުވާލުމަށް، އަމިއްލަ އަށް ފަލީހަތް ވެދާނެ ކަމަށް ހެދީ ހުސް ދޮގެވެ. ކަންކަމުގެ ހަޤީގަތް ރައްޔިތުންނަށް ފޮރުވުމަށް ދުނިޔޭގައި މިވަރަށް ދޮގު ހަދައި އޮޅުވާލަމުންދާ ސަރުކާރެއް މިފަދަ ޒަމާނެއްގައި އަދި ނާދެއެވެ.