ޚަބަރު

ނަމާދު ކުރަން ބުނާތީ، އޭނާއަށް މަލާމާތް ކުރާ ކަމަށް ބުނެ މުއިއްޒު ދޮގު ހަދައިފި. މި ދޮގު ހެދީ ސިޔާސީ ގޮތުން ދީނީ ކާޑު ކުޅުމަށް. އެމްޑީޕީއިން ނަސޭހަތްތެރި ވަމުން ދަނީ، ފާފައަކަށް ވާތީ ދޮގު ހެދުމުގެ ނުބައި އާދަ މުއިއްޒު ހުއްޓާލަ ދިނުމަށް

ދިޔަވަރު
ނަމާދު ކުރަން ބުނާތީ، އޭނާއަށް މަލާމާތް ކުރާ ކަމަށް ބުނެ މުއިއްޒު ދޮގު ހަދައިފި. މި ދޮގު ހެދީ ސިޔާސީ ގޮތުން ދީނީ ކާޑު ކުޅުމަށް. އެމްޑީޕީއިން ނަސޭހަތްތެރި ވަމުން ދަނީ، ފާފައަކަށް ވާތީ ދޮގު ހެދުމުގެ ނުބައި އާދަ މުއިއްޒު ހުއްޓާލަ ދިނުމަށް

ތިމަންނާ ނަމާދު ކުރަން ޕޯޑިއަމް ތަކުގައި ބުނާތީ އެކަމަށް މަލާމާތް ކުރާ ކަމަށް ބުނެ، މުއިއްޒު ދީނީ ކާޑު ކުޅުމަށް ބޮޑު ދޮގެއް ހަދައިފިއެވެ. ނަމަވެސް އެއްވެސް ޕްލެޓްފޯމެއްގައި އެއްވެސް ބަޔަކު، މުއިއްޒު ނަމާދު ކުރަން ބުނެގެން އެކަމަށް މަލާމާތް ކޮށްފައެއް ނުވެއެވެ. އެމްޑީޕީއިން މަސައްކަތް ކޮށްފައިވަނީ އަދި، ނަސޭހަތްތެރި ވަމުންވެސް ދަނީ، ފާފައަކަށް ވާތީ ދޮގު ހެދުމުގެ ނުބައި އާދަ މުއިއްޒު ހުއްޓާލަ ދިނުމަށެވެ. މި ގޮތުން ދޮގު ހެދުން ހުއްޓާލަ ދިނުމަށް އެމްޑީޕީއިން މުއިއްޒުގެ ކިބައިން ތަކުރާރުކޮށް އެދިފައި ވާއިރު، އެމްޑީޕީގެ އެއްވެސް ފަރާތަކުން ނަމާދާއި ގުޅޭ އެއްވެސް ވާހަކަ އެއް މުއިއްޒު އާއި ގުޅުވައިގެން ނުދައްކައެވެ.

މުއިއްޒު ނަމާދަށް އަރައި، ކުރިމަތީ ގައި ފައިސާ ދީފައި މީހަކު ބައިންދައިގެން މުއިއްޒު ޕްރޮމޯޓް ކުރުމަށް ވީޑިޔޯ ހަދައި، ދީނީ މީހެއް ކަމަށް ދެއްކުމަށް އެކަން ކުރަމުން ދާތީ، އެއީ ދީނުގައި އެކަން އޮންނަ ގޮތް ނޫން ކަމަށާއި، ދެއްކުން ތެރިކަން ތިވަރަށް ނުބެހެއްޓުމަށް އާންމު ރައްޔިތުން ސޯޝަލް މީޑިޔާގައި އެދިފައި ވަނީވެސް، ދެއްކުންތެރި ކަމުގެ ފާފައިން މުއިއްޒުގެ ނަފްސު ސަލާމަތް ކޮށް، ﷲ އެންގެވި މަގުގައި ގައުމުގެ ވެރިމީހާގެ އަމަލުތައް ބެހެއްޓުމަށް އާންމު ރައްޔިތުން ބޭނުންވާތީ ކަމާއި މެދު ޝައްކެއް ނެތެވެ. ނަމަވެސް ހެޔޮކަމަށް ގޮވާލުމުން، އާންމު ރައްޔިތުންނަކީ، އެމްޑީޕީކަމަށް ހަދައި، އޮޅުވާލައިގެން ރޯދަމަހު މީހާ ބޮޑު ދޮގެއް ދީނީ ކާޑު ކުޅުމަށް މުއިއްޒު ހަދާފައިވާތީ މުއިއްޒުގެ އިހްލާސްތެރިކަމެއް އިސްލާމް ދީނާއި މެދު ނެތްކަން ވަނީ އާންމުންނަށް މިހާރު ހާމަވެފައެވެ.

ނަމާދު ދެއްްކުން ތެރިކަމަށް ނުކުޅެއުމަށާއި، ދީނީ ކާޑު ބޭނުން ކުރުމަށް އެހެން މުސްލިމުން ލާދީނީ ނުކުރުމަށާއި، ތިވަރަށް ޤައުމުގެ ވެރިއަކު ދޮގު ހަދާނަމަ، އާންމު ވެގެންވާ ކޯފާއެއް މި ޤައުމަށް އަތުވެދާނެ ކަމަށް ބިރުވެތިވެ ދޮގު ހެދުން ހުއްޓާލުމަށް މުއިއްޒަށް އިހްލާސްތެރިކަމާއި އެކު ދިޔަވަރު ނޫހާއި، އާންމު ރައްޔިތުންގެ ނަމުގައި ދަންނަވަމެވެ.